09 ޖޫން 2019
މާދަމާ ރޭ ކުޅެން ހަމަޖެހިފައިވާ ޓީސީ ސްޕޯޓްސް ކްލަބާއި ށ. ފޯކައިދޫގެ ޗެރިޓީ ޝީލްޑް ފުޓްބޯޅަ މެޗު އަންގާރަ ދުވަހުގެރެ ރެޔަށް ފަސްކޮށްފި އެވެ.
މާދަމާ ރޭ ކުޅެން ހަމަޖެހިފައިވާ ޓީސީ ސްޕޯޓްސް ކްލަބާއި ށ. ފޯކައިދޫގެ ޗެރިޓީ ޝީލްޑް ފުޓްބޯޅަ މެޗު އަންގާރަ ދުވަހުގެރެ ރެޔަށް ފަސްކޮށްފި އެވެ.
އެފްއޭއެމުން ބުނީ ސީޒަން ހުޅުވަން ކުޅޭ މި މެޗުގެ ދެ ވަނަ ލެގު ފަސްކުރީ މޫސުން ގޯސްވުމުގެ ސަބަބުން ފޯކައިދޫ ޓީމަށް މާލެ ދަތުރުކުރުމަށް އުނދަގޫތަކެއް ހުރުމުގެ ސަބަބުން ކަމަށެވެ.
ފޯކައިދޫ ޓީމުގެ ޖެނެރެލް ސެކްރެޓަރީ މުހައްމަދު ރާޝިދު "މިހާރަ"ށް ބުނީ މޫސުން ގޯސްވެފައިވާތީ މިއަދު ފޯކައިދޫ ޓީމުގެ ބައެއް ކުޅުންތެރިންނަށް ދެވޭނެ މަގެއް ނެތް ކަމަށެވެ.
"ވައި ގަދަވެ މޫސުން ގޯސްކޮށް އޮތީމަ ދަތުރުކުރެވޭނެ ގޮތެއް ނެތް. މިއަދު ހެނދުނު ހަނިމާދޫން މާލެ އަށް ދާ ގޮތަށް އޮތީ. ޓީމުގެ އޮފިޝަލުންނާއި ކުޅުންތެރިންގެ ތެރެއިން 18 މީހުން މިހާރު ގޮސްފި ހަނިމާދު އަށް. އެކަމަކު އަދިވެސް 15 މީހުންނަށް (އޮފިޝަލުންނާއި ކުޅުންތެރިން) ދެވޭނެ ގޮތެއް ނެތް. ހަނިމާދުއާ ހަމައަށް ލޯންޗެއްގެ އިންތިޒާމު ވެސް ހަމަޖައްސަން އުނދަގޫ މޫސުން އޮތްގޮތުން،" ރާޝިދު ބުންޏެވެ.
ހުކުރު ދުވަހު ފޯކައިދޫގައި ކުޅުނު ފުރަތަމަ ލެގު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. އެހެންވެ މާލޭގައި ކުޅޭ ދެ ވަނަ ލެގުން މޮޅުވާ ޓީމަކަށް ޗެރިޓީ ޝީލްޑް ލިބޭނެ އެވެ. މެޗު 1-1 އިން އެއްވަރުވެއްޖެ ނަމަ ނަތީޖާ ނެރެން އިތުރު ވަގުތު ކުޅޭނެ އެވެ. ލަނޑެއް ނުޖެހި އެއްވަރުވިޔަސް ކުރި ލިބޭނީ ޓީސީ އަށެވެ. އެ ނޫން ކޮންމެ ނަތީޖާއަކުން އެއްވަރުވެއްޖެ ނަމަ ކުރި ލިބޭނީ ފޯކައިދޫ އަށެވެ.
ހޯމް އެންޑް އަވޭ ސިސްޓަމަށް ދިވެހި ފުޓްބޯޅަ ބަދަލުކުރުމަކީ އެފްއޭއެމްގެ ދުރު ވިސްނުމުގެ ޕްލޭނުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ޗެރިޓީ ޝީލްޑް މެޗު ދެ ލެގަށް ބަދަލުކުރުމަކީ އޭގެ ފެށުމެއް ކަމަށް ދާދި ފަހުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ވިދާޅުވެފަ އެވެ.
ފޯކައިދޫ ބަލިކޮށް ޓީސީން ޝީލްޑް ކާމިޔާބުކޮށްފި
ފޯކައިދޫ އާއި ޓީސީ ތާރީހީ މެޗަކަށް
މެޗު ކެންސަލްކުރީ ގައުމީ ޓީމާއި ކްލަބްތަކަށް ވިސްނާފައި
200 މިލިއަނުން އިސްރާފު، މި ނޫން ގޮތެއް ހޯދަންޖެހޭ
19 އަހަރުން ދަށުގެ ޗެމްޕިއަންކަން ޓީސީ އަށް
ދިވެހި ފުޓްބޯޅަ ދިރިދިރި އެބައޮތް: އާފީ
ޔޫތު ޗެމްޕިއަންޝިޕް: ސަސް، ޓީސީގެ ފައިނަލް މާދަމާ ރޭ
މާޒިޔާ އިން ޓީސީ ބަލިކޮށް، ފަހު މެޗު ގަދަ ހިފުމަކަށް
ތިންވަނަ މަގާމާ އެކު ސަސް އަށް ލީގު ނިމިއްޖެ
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު