Roadha Mihaaru

ބަންގްލަދޭޝް ސެމީގެ އުއްމީދު އާކޮށްފި

ސައުތުހެމްޓަން (ޖޫން 25) – މުބާރާތުން ކަޓާފައިވާ އަފްގާނިސްތާން އަތުން 62 ލަނޑުން މޮޅުވެ ކްރިކެޓް ވޯލްޑް ކަޕުގެ ސެމީ ފައިނަލުގެ އުއްމީދު ބަންގްލަދޭޝް އިން އާކޮށްފި އެވެ.

ބަންގްލަދޭޝް ސެމީގެ އުއްމީދު އާކޮށްފި
މުހައްމަދު ހަމްދޫން
މުހައްމަދު ހަމްދޫން

25 ޖޫން 2019

ސައުތުހެމްޓަން (ޖޫން 25) – މުބާރާތުން ކަޓާފައިވާ އަފްގާނިސްތާން އަތުން 62 ލަނޑުން މޮޅުވެ ކްރިކެޓް ވޯލްޑް ކަޕުގެ ސެމީ ފައިނަލުގެ އުއްމީދު ބަންގްލަދޭޝް އިން އާކޮށްފި އެވެ.

ޖުމްލަ 10 ޓީމު ވާދަކުރާ މުބާރާތުގެ ގަދަ ހަތަރު ޓީމަށް ސެމީ ފައިނަލުން ފުރުސަތު ލިބޭއިރު ބަންގްލަދޭޝް މިވަގުތު އޮތީ ހަތް ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ. ތާވަލުގެ އެއް ވަނައިގައި 11 ޕޮއިންޓާ އެކު ނިއު ޒީލެންޑް އޮތްއިރު ދެ ވަނައިގައި 10 ޕޮއިންޓާ އެކު އޮތީ އޮސްޓްރޭލިއާ އެވެ. އަދި ތިން ވަނައިގައި ނުވަ ޕޮއިންޓާ އެކު އިންޑިއާ އޮތްއިރު ހަތަރު ވަނައިގައި އަށް ޕޮއިންޓާ އެކު އިންގްލެންޑެވެ. ޕޮއިންޓެއް ނުލިބި ފުލުގައި އޮތް އަފްގާނިސްތާނުގެ އިތުރުން ތިން ޕޮއިންޓާ އެކު ނުވަ ވަނައިގައި އޮތް ދެކުނު އެފްރިކާ ވަނީ މުބާރާތުން ކަޓައިފަ އެވެ.

ސައުތުހެމްޓަންގެ ރޯސް ބޯލް ސްޓޭޑިއަމުގައި ކުޅުނު މެޗުގައި ބަންގްލަދޭޝް ކުޅެން އަރައި 50 އޯވަރުގެ ތެރޭގައި ހަތް ކުޅުންތެރިން ނުބައިވެގެން 262 ލަނޑު ހެދި އެވެ. އަފްގާނިސްތާނަށް 47 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 200 ލަނޑެވެ.

މި މެޗުގައި ބަންގްލަދޭޝުން އެންމެ ރަނގަޅަށް ކުޅުނީ 87 ބޯޅައިން 83 ލަނޑު ހެދި މުޝްފިގުރް ރަހީމާއި 69 ބޯޅައިން 51 ލަނޑު ހެދި ޝަކީބް އަލް ހަސަން އެވެ. އަފްގާނިސްތާނުގެ މުޖީބުއްރަހްމާން ވަނީ 10 އޯވަރުގެ ތެރޭ ތިން ވިކެޓް ނަގައިފަ އެވެ.

އަފްގާނިސްތާނުގެ އިނިގްސްގައި އެންމެ ރަނގަޅަށް ކުޅުނީ 51 ބޯޅައިން 49 ލަނޑު ހެދި ސަމީއުﷲ ޝިންވާރީ އާއި 75 ބޯޅައިން 47 ލަނޑު ހެދި ކެޕްޓަން ގުލާބިދިން ނާއިބެވެ. ބަންގްލަދޭޝްގެ ޝަކީބް އަލް ހަސަން ވަނީ 10 އޯވަރުގެ ތެރޭ ފަސް ވިކެޓް ނަގައިފަ އެވެ.