ސައުދީ އަރަބިއްޔާއިން ރާއްޖެ އަށް ކަނޑައަޅާފައިވާ 1000 މީހުންގެ ހައްޖު ކޯޓާއިން 550 ޖާގަ ހައްޖު ކޯޕަރޭޝަނަށް ދީފައިވާއިރު، އޭގެ ތެރެއިން 80 ޖާގަ އިސްލާމިކް މިނިސްޓްރީން ނަގައިފި އެވެ.
01 ޖުލައި 2019
ސައުދީ އަރަބިއްޔާއިން ރާއްޖެ އަށް ކަނޑައަޅާފައިވާ 1000 މީހުންގެ ހައްޖު ކޯޓާއިން 550 ޖާގަ ހައްޖު ކޯޕަރޭޝަނަށް ދީފައިވާއިރު، އޭގެ ތެރެއިން 80 ޖާގަ އިސްލާމިކް މިނިސްޓްރީން ނަގައިފި އެވެ.
ހައްޖު ކޯޕަރޭޝަނުން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެތަނަށް ކަނޑައަޅާފައިވާ ކޯޓާގެ ތެރެއިން 80 ޖާގަ މިނިސްޓްރީގެ ބޭނުމަށް ނަގާފައިވާ ކަމަށެވެ. މިއީ "ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިއުމާ ބެހޭ އުސޫލު"ގެ ދަށުން އެ މިނިސްޓްރީން ރިޒާވްކޮށްފައިވާ ޖާގަތަކެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
އެ ކުންފުނިން ބުނި ގޮތުގައި ބާކީ އޮތް 470 ޖާގައިން އެ ތަނުގެ މަސައްކަތްތެރިންނަށާއި ފަންނުވެރިންނަށް 31 ޖާގަ ނަގާފައިވާ ކަމަށެވެ. އަދި މިހާތަނަށް 514 މީހަކަށް ހައްޖަށް ދާން ދައުވަތު ދީފައިވާ ކަމަށާއި އެހެން ނަމަވެސް ހައްޖަށް ދާން އެއްބަސްވެފައި ވަނީ 439 މީހުން ކަމަށް އެތަނުން ބުންޏެވެ. އަދި އެކި ސަބަބުތަކާ ހުރެ 75 މީހަކު އެ ދައުވަތު ގަބޫލުނުކުރާ ކަމަށް ވެސް އެތަނުން ބުންޏެވެ.
ހައްޖަށް ދިއުމުގެ ފުރުސަތު ލިބޭނީ ހައްޖުގެ ޖުމްލަ ހަރަދުގެ 75 ޕަސެންޓު ދައްކާފައިވާ އެ ތަނުގެ މެމްބަރުންނަށެވެ. އަދި އެ މީހުން ހޮވަނީ ފައިސާ ދައްކާފައިވާ ތަރުތީބަށް ބަލައިގެން ކަމަށް އެތަނުން ބުންޏެވެ. ހައްޖަށް ދާން ދައުވަތު ދީފައިވާ މީހުންގެ ލިސްޓު އެ ކުންފުނީގެ ވެބްސައިޓުން ފެންނާނެ އެވެ.
ހައްޖަށް ދާން އެތައް ބަޔަކު ފައިސާދައްކާފައިވާ އިރު ސަރުކާރުގެ ބޭނުމަށް މިދިޔަ ސަރުކާރުން ވެސް ޖާގަތަކެއް ނެގި އެވެ. މި ސަރުކާރުގައި މަސައްކަތްކުރާ ބައެއް މީހުން އޭރު އެކަމަށް ފާޑުކިޔާފައި ވެ އެވެ.
ހައްޖަށް ދިޔަ 80 އަހަރުގެ ދިވެއްސަކު ނިޔާވެއްޖެ
ކިޔަވާ ކުދިން، ހާޖީންނަށް އެހީތެރިވުމުގެ ހުއްދަ ދީފި
އިތުރު ކޯޓާ ލިބިއްޖެ ނަމަ ކިއޫ ކުޑަކުރަން ގްރޫޕްތަކަށް
ބަލި މީހުންނަށް ހާއްސަ ހައްޖުގެ ޖާގަތަކަށް ހުޅުވާލައިފި
ބާކީ ކޯޓާތަކުން ހައްޖު ކޯޕަރޭޝަނަށް އިތުރު ޖާގަ
ދިވެހި ހައްޖުވެރިން ފުރަންފަށާނީ އަންނަ މަހު 12 ގައި
އެނގި ތިބެ އުސޫލާ ހިލާފުވާން މަގުފަހި ކުރަނީ!
ދިވެހި ހައްޖާޖީން ފުރަން ފަށައިފި
ހައްޖަށް ގެންދިއުމަށް އިތުރު ކޯޓާ އަދި ހަމައެއްނުޖެހޭ
ދިވެހި ހައްޖުވެރިން ފުރަން ފަށައިފި