07 ޖުލައި 2019
ރާއްޖެ އިން މި އަހަރު މީހުން ހައްޖަށް ގެންދިއުމަށް ސައުދީ އަރަބިއްޔާ އިން ދިން ދެ ވަނަ ކޯޓާއިން 500 ޖާގަ ހައްޖު ކޯޕަރޭޝަން ދީފި އެވެ.
ރާއްޖެ އިން މި އަހަރު މީހުން ހައްޖަށް ގެންދިއުމަށް ސައުދީ އަރަބިއްޔާ އިން ދިން ދެ ވަނަ ކޯޓާއިން 500 ޖާގަ ހައްޖު ކޯޕަރޭޝަން ދީފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ކޯޓާ ބެހުމުގައި އެންމެ ފުރަތަމަ ބެލީ ހައްޖު ކޯޕަރޭޝަނަށް އެންމެ ގިނައިން މީހުން ގެންދެވޭނީ ކިހާ އަދަދެއްގެ މީހުންތޯ ކަމަށެވެ. އަދި ވަގުތާއި ހާލަތަށް ބަލައި އެ ކޯޕަރޭޝަނުން ނެގީ 500 ކޯޓާ ކަމަށް އެތަނުން ބުންޏެވެ.
އެ މިނިސްޓްރީން ބުނިގޮތުގައި ބާކީ 500 ކޯޓާ މިހާރު ވަނީ ހައްޖަށް ގެންދާ އެހެން ކުންފުނިތަކުގެ މެދުގައި ހަމަހަމަ ކަމާއެކު ބަހާލައިފަ އެވެ.
- ހައްޖު ކޯޕަރޭޝަން: 500 ޖާގަ
- އެކްރޯ ޕްރައިވެޓް ލިމިޓެޑް: 10 ޖާގަ
- އަލް ހަރަމައިން ހައްޖު އެންޑް އުމްރާ: 71 ޖާގަ
- ތަޒްކިޔާ ޕްރައިވެޓް ލިމިޓެޑް: 140 ޖާގަ
- މިނާ ހައްޖު އެންޑް އުމްރާ: 279 ޖާގަ
އިސްލާމިކް މިނިސްޓްރީން ބުނީ ވަގުތުގެ ގޮތުން އިންތިޒާމްތައް ހަމަޖައްސަން އުނދަގޫ ކަމަށް ބުނެ ޒައީ ގުރޫޕުން އިތުރު ކޯޓާ ނުނަގަން ނިންމާފައިވާ ކަމަށެވެ. އެހެންވެ، އެ ގުރޫޕުން މި އަހަރު މީހުން ހައްޖަށް ގެންދަނީ، ކުރީގެ ކޯޓާއިން ލިބުނު 90 ޖާގައަށެވެ.
އެ މިނިސްޓްރީން ބުނީ ބައެއް ކުންފުނިތަކުން ގިނަ ކޯޓާ ދިނުމަށް އެދި ސިޓީ ހުށަހެޅި ނަމަވެސް، އެ އަދަދަށް މީހުން ގެންދެވެން ނެތް ކަމަށް ފަހު ވަގުތު އަންގާފައިވާ ކަމަށެވެ. ކުންފުނިތަކަށް އިތުރު ކޯޓާ ދީފައިވަނީ، އެ ކުންފުނިތަކުން ހުށަހަޅާފައިވާ އަގުގައި ހައްޖަށް މީހުން ގެންދިޔުމަށާއި ޕްރޮޕޯސަލްގައި ބުނެފައިވާ ހުރިހާ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށެވެ.
ހައްޖު ކޯޕަރޭޝަނަށް ލިބުނު ކޯޓާގެ ތެރެއިން 500 މީހުން ގެންދިޔުމަށް މިހާރު ވަނީ އިއުލާންކޮށްފަ އެވެ.
ހައްޖުގެ އަގަށްވާ ފައިސާގެ 75 ޕަސެންޓް ދައްކައިގެން، އެ ކޯޕަރޭޝަނުގެ ދަށުން އަޅުކަން ފުރިހަމަ ކުރުމަށް 2،000 އަށް ވުރެ ގިނަ މީހުން މިހާރު ވެސް ވަނީ ނަން ނޯޓުކޮށްފަ އެވެ. އޭގެ ތެރެއިން 377 މީހަކަށް، އާ ކޯޓާގެ ދަށުން ފުރުސަތު ދީފައިވާއިރު ކުރިއަށް އޮތްތަނުގައި އިތުރު މީހުންނަށް ވެސް ފުރުސަތު ދޭނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުންޏެވެ.
ހައްޖަށް ދިޔުމަށް ސައުދީ އަރަބިއްޔާއިން އެންމެ ފުރަތަމަ ދިން 1000 މީހުންގެ ކޯޓާއިން ހައްޖު ކޯޕަރޭޝަނަށް ދީފައިވަނީ 550 ޖާގަ އެވެ. އަދި އޭގެ ތެރެއިން 80 ޖާގަ އިސްލާމިކް މިނިސްޓްރީން ވަނީ ރިޒާވްކޮށްފަ އެވެ. މަލީޝާ ޖަމާއަތަށް ފައިސާ ދައްކައި ހައްޖަށް ނުދެވުނު މީހުން، ދައުލަތުން ހައްޖަށް ގެންދިޔުމަށް ނިންމާފައިވަނީ އެ ޖާގައިގެ ތެރެއިންނެވެ.
ހައްޖު ކޯޓާގެ 870 ޖާގަ ކޯޕަރޭޝަނާއި ގުރޫޕުތަކަށް
ހައްޖު ކޯޓާ ރިޒާވްކުރީ އޭސީސީގެ އެންގުމާ ޚިލާފަށް!
ހައްޖަށް ގެންދާ އަގު ހަމަޔަކަށް އަޅުވާނަން: ފައިސަލް
މިފަހަރު ވެސް އޮޅުވާލުން، މިއީ ދެން ބޮޑުވަރު!
ހައްޖު ކޯޓާ ދިން ގޮތުން އޭސީސީ އަނެއްކާ ކަންބޮޑުވެއްޖެ
ހައްޖަށް ގެންދިޔުމަށް ހަ ކުންފުންޏަކަށް ހުއްދަ ދީފި
އިތުރު ކޯޓާ ލިބިއްޖެ ނަމަ ކިއޫ ކުޑަކުރަން ގްރޫޕްތަކަށް
ހައްޖު ކޯޓާ ހައްޖު ކޯޕަރޭޝަނަށް އެކަނި ދެނީ
ދިވެހި ހައްޖުވެރިން ފުރަންފަށާނީ އަންނަ މަހު 12 ގައި
ހައްޖު ކޯޓާގެ ބާކީ 130 ޖާގައި ތަފުސީލެއް ނުދިން!