ކޮރަޕްޝަންގެ މައްސަލަތައް ބަލަން އުފައްދާފައިވާ ރިޔާސީ ކޮމިޝަނާ ދެކޮޅަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެއްގައި އެ ކޮމިޝަނުން ކޯޓަށް ހާޒިރުވާން އަންގައިފި އެވެ.
17 ޖުލައި 2019
ކޮރަޕްޝަންގެ މައްސަލަތައް ބަލަން އުފައްދާފައިވާ ރިޔާސީ ކޮމިޝަނާ ދެކޮޅަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެއްގައި އެ ކޮމިޝަނުން ކޯޓަށް ހާޒިރުވާން އަންގައިފި އެވެ.
ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަންގެ މައްޗަށް ބީއެމްއެލް އިން ދައުވާކޮށްފައި ވަނީ ކޮން ކަމަކާ ގުޅިގެން ކަމެއް ސާފުވާ ގޮތެއް ނުވި އެވެ. ނަމަވެސް ތަހުގީގުގެ ބޭނުމަކަށް، ދެ ބޭންކް އެކައުންޓެއްގެ މައުލޫމާތު ހޯދަން ކޮމިޝަނުން އެދިފައިވާ ކަމަށާއި އެކަމަކު ހައި ކޯޓުން ކޮށްފައިވާ ހުކުމަކާ ގުޅިގެން މި މަހުގެ 7 ގެ ފަހުން މައުލޫމާތު ނުދޭ ކަމަށް ބީއެމްއެލް އިން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި އިއްޔެ ބުނެފައިވެ އެވެ. ނަމަވެސް އޭގެ ކުރިން ތަހުގީގީ އިދާރާތަކަށް ބޭންކުން މައުލޫމާތު ދީފައިވެ އެވެ.
ބޭންކިން ގާނޫނާ އެއްގޮތަށް، ތަހުގީގީ އިދާރާތަކަށް އެއްބާރުލުން ދޭނެ ކަމަށާއި، މައްސަލައާ ގުޅުން ހުރި ހުރިހާ ފަރާތެއްގެ މަސްލަހަތު ހިމާޔަތްކުރެވޭނެ ގޮތަކަށް ގާނޫނީ ހައްލެއް ހޯދަން މަސައްކަތްކުރަމުން އަންނަ ކަމަށް ބޭންކުން މަޖިލީހުގެ ކޮމިޓީގައި އިއްޔެ ބުންޏެވެ.
ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަންގައި މި މައްސަލަ ތާވަލްކޮށްފައިވަނީ މާދަމާގެ މެންދުރު ފަހު 1:00 އަށެވެ.
ބީއެމްއެލް އިން ތަހުގީގަށް މައުލޫމާތު ނުދޭ ކަމަށް ބުނެ މަޖިލީހުގެ ކޮމިޓީގައި ސުވާލު އަމާޒުވީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ ތަހުގީގާ ގުޅިގެންނެވެ. އެ ޚިޔާނާތުގައި ބީއެމްއެލް އިން އިހުމާލުވެފައިވާ ކަމަށް ކުރާ ތުހުމަތުތަކަށް އެ ބޭންކުން އިންކާރުކުރެ އެވެ. ބޭންކުން ބުނަމުން އަންނަނީ ހުރިހާ ކަމެއް ވެސް ކޮށްފައި ވާނީ ގާނޫނުތަކާއި ގަވައިދުތަކާއި ބޭންކުގެ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ.
ބީއެމްއެލްއިން ކުރާ ދައުވާގެ އަޑުއެހުންތައް ނިންމާލައިފި
ބީއެމްއެލުން މުވައްޒަފުންގެ ހައްގުގައި އަމުރަކަށް!
ޗެންޕިއަންސް ލީގުގައި ދަނޑަށް އެރުމުގެ ފުރުސަތު
ބީއެމްއެލް އެޕާއި ޕޯޓަލްއިން ފިތުރު ޒަކާތް ދެއްކޭނެ
ބީއެމްއެލް "ރަން ފުރުސަތު" އިތުރު ތިން ފިހާރައެއްގައި
ސިކުންތުކޮޅެއްގެ ތެރޭގައި ބީއެމްއެލްގެ ކޮންމެ ހިދުމަތެއް
ކުޅުދުއްފުށީގައި ޑޮލަރު އޭޓީއެމްގެ ހިދުމަތް ފަށައިފި
އެސްޓީއޯއާ ގުޅިގެން ބީއެމްއެލްގެ ހާއްސަ ޕްރޮމޯޝަނެއް
ދ. އަތޮޅު ހުރިހާ ރަށަކުން މިހާރު އޭޓީއެމްގެ ހިދުމަތް
ރިނބުދޫގައި ބީއެމްއެލްއިން އޭޓީއެމްގެ ހިދުމަތް ފަށައިފި