ވޮޝިންޓަން (ޖުލައި 27) - މެކްސިކޯ ބޯޑަރުގައި ރާނާ ބޮޑު ފާރަށް ޚަރަދު ކުރުމަށް ޕެންޓަގަންގެ ބަޖެޓުން 2.5 ބިލިއަން ޑޮލަރު ރައީސް ޑޮނަލްޑް ޓްރަމްޕަށް ބޭނުން ކުރުމުގެ ހުއްދަ އެ ގައުމުގެ ސުޕްރީމް ކޯޓުން ދީފި އެވެ.
27 ޖުލައި 2019
ވޮޝިންޓަން (ޖުލައި 27) - މެކްސިކޯ ބޯޑަރުގައި ރާނާ ބޮޑު ފާރަށް ޚަރަދު ކުރުމަށް ޕެންޓަގަންގެ ބަޖެޓުން 2.5 ބިލިއަން ޑޮލަރު ރައީސް ޑޮނަލްޑް ޓްރަމްޕަށް ބޭނުން ކުރުމުގެ ހުއްދަ އެ ގައުމުގެ ސުޕްރީމް ކޯޓުން ދީފި އެވެ.
ޕެންޓަގަންގެ ފައިސާ ފާރު ރޭނުމަށް ޓްރަމްޕް ބޭނުން ކުރުން މަނާކޮށް ކެލިފޯނިއާގެ ފަނޑިޔާރަކު ނެރެފައިވާ އަމުރު ބާތިލްކުރީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ 5-4 ވޯޓުންނެވެ. ކެލިފޯނިއާގެ ފަނޑިޔާރު ވިދާޅުވެފައި ވަނީ ފާރު ރޭނުމަށް ޚަރަދު ކުރުމުގެ ހުއްދަ ކޮންގްރެސް އިން ދީފައި ނުވާ ކަމަށެވެ.
މެކްސިކޯ އާއި އެމެރިކާ ވަކިކުރަން ބޮޑު ފާރެއް ރޭނުމަކީ ޓްރަމްޕުގެ 2016 ވަނަ އަހަރުގެ ކެމްޕޭން ވައުދެކެވެ. އެކަމަކު އެ ފާރު ރޭނުމަށް ޑިމޮކްރެޓިކުން ދެކޮޅު ހަދަ އެވެ.
ޓްރަމްޕް ވިދާޅުވެފައި ވަނީ ބޯޑަރުގައި ފާރެއް ރާނަނީ ގަވާއިދާޚިލާފަށް އެމެރިކާ އަށް އެތެރެވާ މީހުން ހުއްޓުވުމަށް ކަމަށެވެ. އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ބުނެފައި ވަނީ ގަވާއިދާޚިލާފަށް އެ ގައުމަށް އެތެރެވާން އުޅެނިކޮށް ހުޅަނގު ދެކުނު ބޯޑަރުން މިދިޔަ މަހު 104،344 މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ އޭގެ ކުރީ މަހަށް ވުރެ 28 ޕަސެންޓް މަދު އަދަދެއް ކަމަށް ބުނެފައިވެ އެވެ.
ގައުމީ ސަލާމަތާ ގުޅޭ ކަމެއް ކަމަށް ވިދާޅުވެ މި އަހަރު ކުރީކޮޅު ޓްރަމްޕް ވަނީ ކޮންގްރެސް ބައިޕާސްކޮށް، ފާރު ރޭނުމަށް 6.7 ބިލިއަން ޑޮލަރު ބޭނުން ކަމަށް ވިދާޅުވެ އިމަޖެންސީ ހިންގަވައިފަ އެވެ. މެކްސިކޯގެ 2،000 މޭލު (3،200 ކިލޯ މީޓަރު) ގެ ބޯޑަރުގައި ފާރު ރޭނުމަށް 23 ބިލިއަން ޑޮލަރު ބޭނުންވާނެ ކަމަށް އެސްޓިމޭޓްތަކުން ދައްކަ އެވެ.
ޑިމޮކްރެޓިކުން ބުނެފައި ވަނީ ގާނޫނު އަސާސީގައި ދީފައިވާ ބާރުތައް ނަހަމަ ގޮތުގައި ޓްރަމްޕް ބޭނުން ކުރައްވަމުންދާ ކަމަށެވެ.
ޓްރަމްޕް އެންމެ ފަހުން ސުޕްރީމް ކޯޓުގައި ކާމިޔާބު ހޯދައިފި
އެމެރިކާގެ ސުޕްރީމް ކޯޓަށް ފަނޑިޔާރަކު ހޯދަނީ
މުސްލިމުން އެމެރިކާއަށް ދިއުން މަނާކުރާ ނިންމުމަށް ތާއީދު
އެމެރިކާ ޑަބްލިޔުއެޗްއޯއިން ވަކިވެ ބޮޑެތި ނިންމުންތަކެއް
ބަލައިގަންނާނީ 'ދެ ޖިންސު' އެކަނި: ޓްރަމްޕް
ޓްރަމްޕް އެނބުރި ވެރިކަމަށް
ޓްރަމްޕުގެ ވައުދާއެކު އެމެރިކާއަށް ޓިކްޓޮކް އަލުން ދީފި
މަހުޖަނުންގެ ނުފޫޒުން ގައުމު ސަލާމަތްކުރާތި: ބައިޑެން
ޓްރަމްޕް: އަލިފާން ނިއްވާނުލެވޭ، މިއީ ކޮން ބައެއް؟
ޓްރަމްޕަށް ސާބިތުވި ކުށަށް އަދަބު ނުދޭން ހުކުމްކޮށްފި