އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ނަންތަކާ މެދު އާއްމުންގެ ހިޔާލު ހޯދަން ރައްޔިތުންގެ މަޖިލީހުން މިއަދު ހުޅުވާލައިފި އެވެ.
28 އޯގަސްޓް 2019
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ނަންތަކާ މެދު އާއްމުންގެ ހިޔާލު ހޯދަން ރައްޔިތުންގެ މަޖިލީހުން މިއަދު ހުޅުވާލައިފި އެވެ.
އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ކުރިމަތިލެއްވީ ނުވަ ބޭފުޅުންނެވެ. އެ ނަންތައް މަޖިލީހަށް ފޮނުއްވި އިރު ރައީސް އިސްކަން ދެއްވި ތަރުތީބުގައި ހަތަރު ބޭފުޅަކު ހިމެނިވަޑައިގަންނަވަ އެވެ.
1- ހުސެއިން ފިޔާޒް މޫސާ، އަތަމާގެ ތ. ވިލުފުށި
2- އަހުމަދު ފަޔާޒް ހަސަން، މ. ހަޒާރީވިލާ
3- އަހުމަދު އާހިދު ރަޝީދު، ހ. ގުރުވަ
4- ފާތުމަތު ސައުޝަން، މ. ވެންކޫވަ
ހަތަރު ބޭފުޅަކަށް ރައީސް ތާއީދު ކުރެއްވި ނަމަވެސް އިންފޮމޭޝަން ކޮމިޝަނަރު ކަމަށް މަޖިލިހުން ކަނޑައަޅަން ޖެހޭނީ އެންމެ ބޭފުޅެކެވެ.
މަޖިލީހުން މިއަދު ކުރި އިއުލާނެއްގައިވާ ގޮތުގައި އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަންކުރަން ރައީސް ފޮނުއްވި ނަންތަކާ މެދު އާއްމުންގެ ޝަކުވާއެއް ހިމެނޭތޯ ބަލަން ފުރުސަތު ހުޅުވާލީ މަޖިލީހުގެ ގަވާއިދުގެ 201 ވަނަ މާއްދާގެ ދަށުންނެވެ. މި ބޭފުޅުންނާ މެދު ޝަކުވާއެއް އޮތް ނަމަ ލިއުމުން މަޖިލީހުގެ އިދާރާ އަށް ހުށަހަޅަން ވަނީ އެދިފަ އެވެ.
އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ފަޔާޒަކީ މިހާރު ވިލާ ކޮލެޖްގެ ޑެޕިއުޓީ ވައިސް ރެކްޓަ އެވެ. އޭނާ ވަނީ އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސްކަން ވެސް ކުރައްވައިފަ އެވެ. ފިޔާޒް ވަނީ ރާއްޖެ ޓީވީގެ ސީއޯއޯ ކަން ތިން އަހަރަށް ވުރެ ގިނަ ދުވަހު ކުރައްވައިފަ އެވެ. ދުވަހު ނޫސް "ހަވީރު" ގައި ވެސް މަސައްކަތް ކުރެއްވި ފިޔާޒް ވަނީ ނޫސްވެރިކަމުގައި 18 އަހަރު ހޭދަކުރައްވައިފަ އެވެ. އޭނާގެ ނޫސްވެރިކަމުގެ ހަޔާން ފެއްޓެވީ ކުރީގެ އާފަތިސް ނޫހުންނެވެ.
އިންފޮމޭޝަން ކޮމިޝަނަރަކީ މީގެ ފަސް އަހަރު ކުރިން ފާސްކުރި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ މަގާމެކެވެ. އިންފޮމޭޝަން ކޮމިޝަރުގެ އޮފީހަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އުފެއްދި އޮފީހެކެވެ.
ފިޔާޒް އައްޔަން ކުރަން މަޖިލިހުން ރުހުން ދީފި
މީޑިއާ ބިލް ދިރާސާކުރުން ސިއްރުކުރުމުން މުޒާހަރާކުރަނީ
މީޑިއާ ބިލް ދިރާސާކުރާ ކޮމިޓީ ސިއްރުކޮށްފި
މީޑިއާ ބިލް ބޭރުކޮށްލަން އެދި ނޫސްވެރިންގެ ޕެޓިޝަނެއް
މީޑިއާ ބިލުގެ ރިކޮމެންޑޭޝަނަށް 4މަސް ދޭން އެދިއްޖެ
ނޫސްވެރިންނަށް އިންޒާރުދޭ މައްސަލަ ކޮމިޓީން ބަލަނީ
މީޑިއާ ކައުންސިލާއި ބްރޯޑްކޮމް އެއްކޮށްލުމާ ދެކޮޅު
މީޑީއާތަކުން ގޮވާލީ އިސްލާހުނުކޮށް، ބިލް ބޭރުކުރަން
މީޑިއާ ބިލް: ނަޝީދަށް ފެނުނީ ޕާޓީތައް ބައްދަލުވާން!
ނޫސްވެރިންގެ ހިމާޔަތަށް ބިލުގައި އެއްވެސް ކަމެއް ނެތް