ގާހިރާ (އޮގަސްޓް 30) - ފަލަ މީހުންނާ ގުޅޭ ގޮތުން މިސްރުގެ ޓީވީ ޕްރެޒެންޓަރަކު ކުރި ކޮމެންޓާ ގުޅިގެން އޭނާ ޓީވީތަކަށް އެރުން މަނާކޮށްފި އެވެ.
30 އޯގަސްޓް 2019
ގާހިރާ (އޮގަސްޓް 30) - ފަލަ މީހުންނާ ގުޅޭ ގޮތުން މިސްރުގެ ޓީވީ ޕްރެޒެންޓަރަކު ކުރި ކޮމެންޓާ ގުޅިގެން އޭނާ ޓީވީތަކަށް އެރުން މަނާކޮށްފި އެވެ.
މިސްރުގެ މީޑިއާ ރިގިއުލޭޓް ކުރާ ފަރާތުން ބުނީ ޕްރެޒެންްޓަރު ރީހާމް ސައިދު ވަނީ މިސްރުގެ އަންހެނުންނަށް މަލާމާތް ރައްދުވާ ގޮތަށް ވާހަކަ ދައްކާފައި ކަމަށެވެ. ރީހާމްގެ ޝޯގައި އޭނާ ބުނެފައި ވަނީ މިސްރުގައި ތިބި ފަލަ މީހުންނަކީ އެ މީހުންގެ އާއިލާ އާއި ދައުލަތަށް ޖެހިފައިވާ ބުރައެއް ކަމަށެވެ. އަލް ހަޔާތު ޓީވީގެ ޝޯގައި އޭނާ އަދި ބުނެފައި ވަނީ ފަލަ އަންހެނުން ވަނީ އެ މީހުންގެ "ހަށިގަނޑުގައިވާ ވިހަތަކުގެ ސަބަބުން" އަންހެންވަންތަކަމާއި އުފާވެރިކަން ގެއްލިފައި ކަމަށެވެ. ފަލަ އަންހެނުންނަށް ފިރިހެނުން ގަޔާ ނުވާ ކަމަށާއި ފަލަ އަނބިން ދޫކޮށް ފިރިހެން ދާ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.
ރީހާމް ދެއްކި ވާހަކަތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ވެސް ވަނީ އޭނާ އަށް ވަރަށް ބޮޑަށް ފާޑުކިޔަން ފަށައިފަ އެވެ.
ރީހާމްގެ ކޮމެންޓްތައް ވަނީ އޭނާ ދިފާއުކޮށްފަ އެވެ. ވޭތުވެދިޔަ 12 އަހަރު އޭނާ ވަނީ ފަލަ މީހުންނަށް އެހީވުމުގައި ޚިދުމަތްކޮށްފައި ކަމަށް ވެސް ބުނެފައިވެ އެވެ. ނަމަވެސް މަގާމުން އިސްތިއުފާ ދޭކަން ވަނީ އިއުލާންކޮށްފަ އެވެ.
ރީހާމް މިމޭރުމުން ވާހަކަ ދެއްކިއިރު މިސްރުގެ ރައީސް އަބްދުލް ފައްތާހު ސީސީ މިދިޔަ އަހަރު ވަނީ މިސްރުގެ މީހުން ބަރުދަން ލުއިކުރުމަށް އެދިވަޑައިގެންފަ އެވެ.
މިސްރު ޓީވީގެ ބައެއް ޕްރެޒެންޓަރުން ހިކެން އަންގައިފި
ޣައްޒާ ސަމިޓުގެ ލީޑަރުން ނަތަންޔާހޫއަށް ނޫނެކޭ ބުނެފި
ޣައްޒާގެ ސުލްހަޔަށް ހަތަރު ގައުމަކުން ޖާމިނުވެއްޖެ
ޣައްޒާ ސަމިޓަށް ވަޑައިގަތް ތިން ބޭފުޅަކު އަވަހާރަވެއްޖެ
ހަމާސް-އިޒްރޭލު ނުސީދާ މަޝްވަރާތައް ފަށައިފި
އޮރެންޖާއި އާފަލުގެ ބޮޑުއަގު ޑޮލަރާ ގުޅެނީ ކިހާވަރަކަށް
ހަމަލާތައް ހުއްޓަން ހަމާސް އަށް އާ ހުށަހެޅުމެއް
ޣައްޒާގެ ސުލްހައިގެ މަޝްވަރާ އަލުން ފެށޭތޯ ބަލަނީ
މިސްރުން ޣައްޒާގެ އެހީއަށް ހުރަހެއް ނާޅަން: ސީސީ
ޣައްޒާގެ ހަމަލާ ހުއްޓުވޭނީ ޓްރަމްޕަށް: ސީސީ