ފިނޭންސް މިނިސްޓްރީގެ އާ ބިލްޑިންގް އެޅުމަށްޓަކައި އެތަނުގައި ހުރި ކުރީގެ އިމާރާތްތައް ތަޅާލަން ނިންމާފައިވާތީ، އެތަނުގެ ކައިރީގައި ހުރި، ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމްތައް ނަގަން ނިންމައިފި އެވެ.
20 ސެޕްޓެމްބަރ 2016
ފިނޭންސް މިނިސްޓްރީގެ އާ ބިލްޑިންގް އެޅުމަށްޓަކައި އެތަނުގައި ހުރި ކުރީގެ އިމާރާތްތައް ތަޅާލަން ނިންމާފައިވާތީ، އެތަނުގެ ކައިރީގައި ހުރި، ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމްތައް ނަގަން ނިންމައިފި އެވެ.
ބީއެމްއެލް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ފިނޭންސް މިނިސްޓްރީ ހިންގާ ތަނުގައި ގާއިމުކޮށްފައިވާ ސެލްފް ސާވިސް ބޭންކިން ސެންޓަރު އަންނަ ބުރާސްފަތި ދުވަހުގެ ރޭ 10:00ން ފެށިގެން ބަންދުކުރަން ނިންމާފައިވާ ކަމަށެވެ. އަމީނީމަގުގައި ހުރި މި އޭޓީއެމްތައް ނެގި ނަމަވެސް މާލޭގައި ހިންގާ އެހެން ސެލްފް ސާވިސް ސެންޓަރުތަކުން ހިދުމަތްތައް މެދުނުކެނޑި ލިބޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.
ހަތަރު އޭޓީއެމްއާ އެކު މިދިޔަ އަހަރުގެ ޖޫން މަހު ހުޅުވި ސެލްފް ސާވިސް ބޭންކިން ސެންޓަރު ބަންދުކުރަން ބީއެމްއެލް އިން ނިންމިއިރު، އެހެން ތަނަކަށް އެ އޭޓީއެމްތައް ބަދަލުކުރަން އެ ބޭނުންކުން އިން ނުނިންމަ އެވެ.
ފިނޭންސް މިނިސްޓްރީ ކުރިން ހިންގި ބާ އިމާރާތާއި ހެލްތު މިނިސްޓްރީ ކުރިން ހިންގި އިމާރާތް ތަޅާލުމަށްފަހު އެތަނުގައި 25 ބުރީގެ އޮފީސް ކޮމްޕްލެކްސްއެއް އަޅަން 23 މިލިއަން ޑޮލަރަށް މެލޭޝިއާގެ ކުންފުންޏަކާ ސަރުކާރުން ވަނީ މިއަހަރުގެ ކުރީކޮޅު ހަވާލުކޮށްފަ އެވެ. އަދި އެ މަސައްކަތްކުރުމުގެ ގޮތުން އެތަނުގައި ހިންގި ފިނޭންސްގެ އެކި ސެކްޝަންތަކާއި އެންސްޕާ އަދި އާސަންދަ އޮފީސް ވެސް ވަނީ އެހެން ތަންތަނަށް ބަދަލުކޮށްފަ އެވެ.
ބޭންކިންގެ އުސޫލާ ހިލާފަށް ލޯނެއް ނުދެން: ބީއެމްއެލް
ބީއެމްއެލްގެ އަގުވަޒަންކޮށް ބައިނަލްއަގްވާމީ އެވޯޑެއް
ބްރާންޗުތަކުގެ މުވައްޒަފުން ފައިނޭންޝަލްއެޑްވައިޒަރުންނަށް
ހަނިމާދޫ އެއާޕޯޓަށް ޑޮލަރު އޭޓީއެމަކާއި ޑޮލަރު ކައުންޓަރެއް
"206 މަޝްރޫއަށް ލޯނު ދޫކުރާނީ އުސޫލުގެ ތެރެއިން"
ރަށްރަށުގައި 82 އޭޓީއެމް، 313މިލިއަންގެ މުއާމަލާތް
ފ.އަތޮޅު ހުރިހާ ރަށަކަށް ބީއެމްއެލް އޭޓީއެމް ހިދުމަތް
ގދ. އަތޮޅުގެ ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމް
ނޮޅިވަރަންފަރުގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވައިފި
ބީއެމްއެލް އޭޓީއެމްގެ ހިދުމަތް އއ ގެ ހުރިހާ ރަށަކަށް