"ގަރާޖަށް ސައިކަލު ލައިގެން މުޅި ސައިކަލު ހަލާކުވެއްޖެ. އޭގައި ހުރި ހުރިހާ އިސްކުރެއްގެ ބޯ ނައްޓާލަައިފައި ހުރީ. މިއީ ރަނގަޅު ޓޫލް ނެތިގެން ވާ ކަމެކޯ."
"ގަރާޖަށް ސައިކަލު ލައިގެން މުޅި ސައިކަލު ހަލާކުވެއްޖެ. އޭގައި ހުރި ހުރިހާ އިސްކުރެއްގެ ބޯ ނައްޓާލަައިފައި ހުރީ. މިއީ ރަނގަޅު ޓޫލް ނެތިގެން ވާ ކަމެކޯ."
މިއީ ބައެއް މީހުންގެ ޝަކުވާއެކެވެ. ބޭނުންކުރާ ބައެއް ޓޫލްތަކުގެ ސަބަބުން، އަގުބޮޑު މުދަލަށް ގެއްލުންވާކަށް އެކަކު ވެސް ނޭދޭނެ އެވެ. މިކަމާ މިހާރު އެހާ ވަރަށް ހާސްވާކަށް ނުޖެހެ އެވެ.
އެޕޯލޯ އިން ރާއްޖެއަށް އެތެރެކޮށް ވިއްކަމުން އަންނަ ކިންގްޓޮނީ ބްރޭންޑުގެ ޓޫލްތަކަށް ދުނިޔޭގެ އެތައް ބައެއްގެ އިތުބާރު ވަނީ ލިބިފަ އެވެ. ގިނަ ބަޔަކު "މަސައްކަތުގެ ބައިވެރިޔާ" ގެ ގޮތުގައި ސިފަކުރާ މި ޓޫލްތައް އުފައްދާފައި ވަނީ ހާއްސަ މައުދަނަކުންނެވެ. އިންޓަނޭޝަނަލް ސްޓޭންޑާޑަށް ތައްޔާރުކުރާ މި ޓޫލްތައް ގިނަ ދުވަހަށް ގެންގުޅެވެ އެވެ.
ކިންގްޓޮނީ ޓޫލްތައް ތައްޔާރުކޮށްފައިވަނީ ގިނަ ދުވަހަށް ބޭނުންކުރެވޭ ގޮތަށް - ފޮޓޯ: ހުސައިން ވަހީދު/ މިހާރު
ކިންގްޓޮނީ ބްރޭންޑް ރާއްޖޭގައި އަދި ބޭނުންކުރަނީ މަދުން ނަމަވެސް މިއީ ދުނިޔޭގެ ރޭސިން ކާރުތައް ފަރުމާކުރާ ފަރާތްތަކާއި ތަފާތު އުޅަނދުތައް ރޫޅުމާއި ރޭވުމުގެ ކަންތައްތައް ކުރާ ގަރާޖުތަކަށް އާ ބްރޭންޑެއް ނޫނެވެ. ޓައިވާނާއި ޗައިނާ އާއި ފްރާންސާއި ބެލްޖިއަމާއި ސްޕެއިން އާއި ޕޮލެންޑް ފަދަ ގައުމުތަކުގައި ކިންގްޓޮނީ އުޅެނީ އެންމެ ކުރީ ސަފުގަ އެވެ.
ކިންގްޓޮނީގެ ޓޫލްތައް ބޭނުންކުރާ ތަންތަނުން އެ ހިޔާރު ކުރަނީ އެއަށް ހާއްސަ ރެކުތައް ހުންނަ ގޮތުންނެވެ. އެ ރެކްތައް ހަދާފައި ހުންނަނީ ކުދި ޖާގަތަކަށް ފިޓުވާނެހެންނެވެ. އަދި އެއްވެސް އާލާތެއް ނުފެނިގެން އުޅެން ނުޖެހޭ ފަދަ ތަރުތީބަކުންނެވެ. ރާއްޖޭގައި ކުދި ތަންތަންކޮޅުގައި ގަރާޖުތައް ހިންގާއިރު ޓޫލްތައް އެތަން މިތަނަށް އުކާލާފައި ބެހެއްޓުމުގެ ބަދަލުގައި މި ހާއްސަ ރެކު ބޭނުންކުރެވިދާނެ އެވެ.
ކިންގްޓޮނީގެ ޓޫލްތައް ބަހައްޓާ ހާއްސަ ރެކްތަކެއް: ކުޑަ ޖާގަތަކަށް ވެސް ފިޓްކޮށްލެވޭ - ފޮޓޯ: ހުސައިން ވަހީދު/ މިހާރު
ދެން އޮތީ ރާއްޖޭގެ އެންމެ ބޮޑު ދެ ސިނާއަތުގެ ވާހަކަ އެވެ. ޓޫރިޒަމާއި މަސްވެރިކަމުގައި ބޭނުންކުރާ އުޅަނދުތަކަށް ވެސް ކިންގްޓޮނީ ވެގެންދާނީ ވަރަށް ފުރިހަމަ ބްރޭންޑަކަށެވެ. ކޮލިޓީ ދަށް ޓޫލުތައް ބޭނުންކޮށްގެން އުޅަނދުފަހަރަށް ދިމާވާ ކޮންމެ ގެއްލުމަކާ އެކު ހަރަދު އިތުރުވެ އެވެ. ނުވަތަ ބޭނުންވާ އާލާތެއް ނުފެނިގެން ހޭދަވާ ކޮންމެ މިނެޓަކީ ވެސް ހަރަދެއް ކަމަށް ބެލިދާނެ އެވެ. އެހެންކަމުން ކޮލިޓީ ރަނގަޅު އަދި ގެންގުޅެން ފަސޭހަ ޓޫލްތަކެއް ހޯދައިގެން މަސައްކަތްކުރުން މުހިންމެވެ.
އެޕޯލޯ ކުންފުނިން ކިންގްޓޮނީ ބްރޭންޑްގެ ޓޫލްތައް ވިއްކަން ފަށާފައިވަނީ އަމިއްލަ ތަޖުރިބާއާ އެކުގަ އެވެ. ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ސްޓީވްޑޯރިންގެ ހިދުމަތް ދެމުން އަންނަ ކުންފުންޏަކަށް އެޕޯލޯ ވެފައިވާއިރު ދޯނިފަހަރާއި ބާޖުތަކުގެ އިންޖީނުތަކަށް ދިމަވާ މައްސަލަތަކަށް ހައްލު ލިބިފައި ވަނީ ކިންގްޓޮނީގެ ސަބަބުންނެވެ. އަދި މި ބްރޭންޑް ބޭނުން ކުރުމުގެ ސަބަބުން އެޕޯލޯއަށް ލިބުނު ކުރިއެރުން އެހެން ކުންފުނިތަކަށް ވެސް ލިބުމަކީ އެޕޯލޯގެ އަމާޒެކެވެ.
ކިންގްޓޮނީއަކީ ދުނިޔޭގެ އެތައް ގައުމެއްގައި މަޝްހޫރު ބްރޭންޑެއް -- ފޮޓޯ: ހުސައިން ވަހީދު/ މިހާރު
ކިންގްޓޮނީ ބްރޭންޑުގެ ޓޫލްތައް ބޭނުންކުރަން ވެސް އެހާ ފަސޭހަ އެވެ. ބައެއް ފަހަރު ޓޫލްތަކާ އެކު ލިބޭ މެނުއަލް ކިޔުމުން ވެސް ހަދަން ޖެހޭ ގޮތް ނޭނގި ދެ އެވެ. ނަމަވެސް ކިންގްޓޮނީގެ ޓޫލްތައް ބޭނުންކުރާނެ ގޮތް ޔޫޓިއުބް މެދުވެރިކޮށް ވީޑިއޯގެ ޒަރީއާއިން ބަލައިލެވޭނެ އެވެ. އެހެންކަމުން މިއީ ރާއްޖޭގެ ގަރާޖުތަކުގައި މަސައްކަތް ކުރާ ބިދޭސީންނަށް ވަރަށް ބޭނުންތެރި ބްރޭންޑެކެވެ.
އިމާރާތްތަކުގެ ފުރިހަމަކަމަށް "ޝެރާ" ބޯޑު
އައިވްސް: ހާޑްވެއާ ވިޔަފާރީގައި ބޮޑު ކުރިއެރުމެއް
ތަދުތަކަށް ދޭ ރޭޑިއޯ ފްރީކުއެންސީ ފަރުވާ ޕެއިން ކްލިނިކުގައި
ސަމަންގެ ސުޕަމާކެޓު ހުޅުވަނީ، ބާޒާރު ކުރުމަށް ބަދަލެއް
ބޮޑު ތިން ބޭންޑެެއް އެއް ސްޓޭޖަކަށް!
ފެއްސާއި ރަތާއިނުލުގެ ހިނިތުންވުން، ބާޒާރު ކުރާނަންތަ؟
މަސައްކަތް ހަލުވިކުރުމަށް އޭއައި ޓްރާންސްކްރިޕްޝަން
ރިއަލް އެސްޓޭޓްގައި އިންވެސްޓް ކުރުމުގެ ފުރުސަތު
ޒަމާނީ ސުޕަމާކެޓެއް ކަސްޓަމަރުން އެދޭ ހުރިހާ ސިފަތަކެއް
ޒަމާނާ އެއްވަރަށް ސުޕަމާކެޓުތައް ބަދަލުވެއްޖެތަ؟