Roadha Mihaaru
ރަހީނުކުރި ބިދޭސީއަކު އަމިއްލައަށް ސަލާމަތްވެއްޖެ

ބިދޭސީއަކު ރަހީނުކޮށްގެން ގެންގުޅެނިކޮށް އަމިއްލަ އަށް ސަލާމަތްވެއްޖެ

30 ސެޕްޓެމްބަރ 2019

މާލޭގައި ބަންގްލަދޭޝްގެ މީހަކު ރަހީނު ކުރުމުން ފުލުހުން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އޭނާ އަމިއްލަ އަށް ސަލާމަތްވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މާލޭގައި ބަންގްލަދޭޝްގެ މީހަކު ރަހީނު ކުރުމުން ފުލުހުން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އޭނާ އަމިއްލަ އަށް ސަލާމަތްވެއްޖެ އެވެ.

ފުލުހުން ބުނީ މިދިޔަ ހޮނިހިރު ދުވަހު މާލޭގައި ބަންގްލަދޭޝްގެ ފިރިހެނަކު ރަހީނު ކުރިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމުން އޭނާ ހޯދުމުގެ މަސައްކަތް ފެށި ކަމަށާއި އެކަމަކު ރަހީނު ކުރި މީހުންގެ ކިބައިން އޭނާ އިއްޔެ އަމިއްލަ އަށް ސަލާމަތް ވެފައިވާ ކަމަށެވެ.

ފުލުހުން ބުނިގޮތުގައި، ރަހީނުކުރި މީހުންގެ ކިބައިން ސަލާމަތް ވުމުން، އެ މީހުންނަށް ފިލައިގެން ގޮސް އެ މީހާ ވަނީ ފުލުސް އޮފީހަށް ހާޒިރުވެ، އެކަން ހިނގި ގޮތް ތަފްސީލުކޮށް ކިޔައި ދީފަ އެވެ. އެކަމަކު، އެކަމާ ގުޅޭ ގޮތުން ފުލުހުން އަދި އިތުރު ތަފުސީލެއް މީޑިއާ އަށް ހާމައެއް ނުކުރެ އެވެ.

އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި އެކަމަކު މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުންޏެވެ.