Roadha Mihaaru
ފަތިސް 05:06
އިރުއަރާ 06:20
މެންދުރު 12:24
އަސްރު 15:43
މަގްރިބް 18:21
ޢިޝާ 19:35
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
ދީނަށް ފުރައްސާރަ ކުރުމާ ދެކޮޅަށް ގާނޫނެއް ހަދަނީ

އިސްލާމް ދީނަށް ފުރައްސާރަ ކުރުމާ ދެކޮޅަށް ގާނޫނެއް ހަދަނީ

05 އޮކްޓޯބަރ 2019

ރާއްޖޭގައި އިސްލާމް ދީނާ ދެކޮޅަށް ފުރައްސާރަކުރާ މީހުންނާ މެދު ފިޔަވަޅު އެޅުމަށް ބިލެއް ހަދައި ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖޭގައި އިސްލާމް ދީނާ ދެކޮޅަށް ފުރައްސާރަކުރާ މީހުންނާ މެދު ފިޔަވަޅު އެޅުމަށް ބިލެއް ހަދައި ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ އިސްލާމް ދީނަށް ފުރައްސާރަ ކުރާ މީހުން ހުއްޓުވުމުގެ ބިލެއް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅަން މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ނިންމަވާފައިވާ ކަމަށެވެ. އެކަމަކު، އެކަމާ ގުޅޭ ތަފްސީލެއް މީޑިއާ އޮފިޝަލް ނުދެއްވަ އެވެ.

މީޑިއާ އޮފިޝަލް ހަމައެކަނި ވިދާޅުވި ގޮތުގައި މިނިސްޓަރު އެގޮތަށް ނިންމެވީ އިސްލާމް ދީނަށް ފުރައްސާރަކުރުން ރާއްޖޭގައި އިތުރުވާތީ އެފަދަ މައްސަލަތަކުގައި އެކުގައި މަސައްކަތް ކުރެއްވުމަށް ދީނީ އިލްމުވެރިންތަކެއް މިނިސްޓްރީއާ އެކުގައި ބޭއްވި ބައްދަލުވުމަށް ފަހު އެވެ.

އިސްލާމް ދީނަށް ފުރައްސާރަ ކުރުމާ ދެކޮޅަށް ގާނޫނެއް ހެދުމުގެ މަސައްކަތް ފެށީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓެއްގައި، ކީރިތި ރަސޫލާ އަށާއި އިސްލާމް ދީނަށް ފުރައްސާރަވާ ގޮތަށް ލިޔެފައި ވާތީ ގިނަ ބަޔަކު އެކަމާ ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ.

"ޕްރިލިމިނަރީ އެސްސެމެންޓް އޮން ރެޑިކަލައިޒެޝަން އިން ދަ މޯލްޑިވްސް"ގެ ނަމުގައި އެމްޑީއެން އިން ނެރުނު ރިޕޯޓުގައި، އިސްލާމްދީނާ ދެކޮޅު ވާހަކަތަކެއް ލިޔެފައިވެ އެވެ. ރާއްޖޭގެ ތައުލީމީ ނިޒާމުގައި ކިޔަވައިދޭ ފޮތްތަކުގައި ހަރުކަށި ވިސްނުމަށް ބާރުއަޅާ ވާހަކަ ހުރި ކަމަށް ބުނެ، ކީރިތި ގުރުއާނުގެ ނައްސުން އައިސްފައިވާ ބައެެއް ކަންތައްތަކާއި ހަދީސްތަކުގައިވާ ބައެއް ކަންކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ގުރުއާނުުގެ ނައްސުން އައިސްފައިވާ ކަންތައްތަކާ ދެކޮޅަށް ލިޔެފައިވާ އެއް ވާހަކަ އަކީ ރަސޫލާގެ އިސްރާ އާއި މިއުރާޖްގެ ދަތުރުފުޅަކީ ސައިންޓިފިކް ގޮތުން ގަބޫލު ނުކުރެވޭނެ ވާހަަކައެއް ކަމަށް ބުނެފައި ވުމެވެ. ދީނުގެ އަސާސްތަކާއި އަގީދާ އާއި މުސްލިމުން ގަބޫލުކުރާ ބައެއް ކަންކަމާ މެދު ސުވާލު އުފައްދައި ހަޖޫ ޖަހާފައިވެ އެވެ.

އެމްޑީއެންއިން ވަނީ އެ ރިޕޯޓާ ގުޅިގެން މައާފަށް އެދިފަ އެވެ. ނަމަވެސް ފަހުންވެސް އަންނަނީ އެކަމުގެ ދިފާއުގައި ވާހަކަ ދައްކަމުންނެވެ.

ދީނަށް ފުރައްސާރަކޮށް ދަށު ދަރަޖައިގެ ބަހުރުވައިން މިފަދަ ރިޕޯޓެއް އާންމުކުރުމަކީ ރާއްޖޭގެ ގާނޫނުތަކުން ފިޔަވަޅު އެޅޭނެ ކުށެއް ކަން ގިނަބަޔަކު ދަނީ ހާމަކުރަމުންނެވެ. މިއީ ދިވެހި މުޖުތަމައު ދުވަހަކު ވެސް ބަލައި ގަންނާނެ ކަމެއް ނޫންކަން އެތައް ބަޔަކު ދަނީ ބުނަމުންނެވެ.

އެމްޑީއެންގެ އަމަލު ކުށްވެރިކޮށް އެ މައްސަލަ ބަލައި ދިނުމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީޕީ ފިޔަވާ އެހެން ޕާޓީތަކުން ވަނީ ގޮވާލައިފަ އެވެ. އަދި އިސްލާމިކް މިނިސްޓްރީން ވަނީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފަ އެވެ.