15 އޮކްޓޯބަރ 2019
އަންނަ ހަފުތާގެ އަންގާރަ ދުވަހުގެ ރޭ އޮލިމްޕަހުގައި ޕްރިމިއާކުރަން ނިންމައި، ޓިކެޓް ވެސް ވިއްކަމުން ދިޔަ، އަލީ ސީޒަންގެ އާ ފިލްމު "އަނދރިކަން" އެޅުވުން ކެންސަލްކޮށްފި އެވެ.
އަންނަ ހަފުތާގެ އަންގާރަ ދުވަހުގެ ރޭ އޮލިމްޕަހުގައި ޕްރިމިއާކުރަން ނިންމައި، ޓިކެޓް ވެސް ވިއްކަމުން ދިޔަ، އަލީ ސީޒަންގެ އާ ފިލްމު "އަނދރިކަން" އެޅުވުން ކެންސަލްކޮށްފި އެވެ.
ސީޒަން ބުނީ ފިލްމު ކުރިން ތާވަލުކުރި ތާރީހުގައި ނާޅުވަން ނިންމީ ފިލްމުގެ ފައިލަށް ދިމާވި މައްސަލައަކާ ހެދި ކަމަށެވެ. އަދި އެ މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ބުންޏެވެ.
އޭނާ ބުނީ ފިލްމު އަޅުވާނެ ތާރީހެއް އަލުން ހޯދަން އޮލިމްޕަހާ އެކު މަޝްވަރާކުރަމުން އަންނަ ކަމަށާއި ތާރީހު ފައިނަލްވިހާ އަވަހަކަށް އިއުލާންކުރާނެ ކަމަށެވެ.
"އެހެންވެ ޓިކެޓް ނެގި މީހުންނަށް ރިފަންޑްކޮށްދިނުން ކުރިއަށްދާނެ. އަދި މިކަމާ ގުޅޭ އިތުރު މައުލޫމާތު ފިލްމުގެ ހޮޓްލައިނަށް ގުޅުމުން ލިބޭނެ،" ސީޒަން ބުންޏެވެ.
"އަނދިރިކަން" އަކީ ސީޒަން ޑައިރެކްޓްކޮށް، ބަތަލުގެ ރޯލް ވެސް ކުޅޭ ފިލްމެކެވެ. މީގެ ބަތަލާއިންނަކީ ޝީލާ ނަޖީބާއި އައިމިނަތު ރިޝްފާ އެވެ.
އަހުމަދު ޒަރީރުގެ ސްކްރިންޕްލޭއަކަށް ހަދާފައިވާ ފިލްމު ޕްރޮޑިއުސްކޮށްފައި ވަނީ ސީޒަންގެ އެސް ޕްރޮޑަކްޝަނާއި ކެމެރާން އަބްދުﷲ ޝިވާޒް (މާސްކޭ) ގެ މާސްކޭ ސްޓޫޑިއޯ ގުޅިގެންނެވެ.
"އަނދިރިކަން" ގެ ޝޯތައް ވަގުތީ ގޮތުން ހުއްޓާލައިފި
"އަނދިރިކަން" ގެ ޕްރިމިއާ މިރޭ
"އަނދިރިކަން" ގެ ޓިކެޓް ވިއްކަން ފަށަައިފި
"އަނދިރިކަން" ގެ ޓްރެއިލާ ދައްކާލައިފި
ސީޒަންގެ "އަނދިރިކަން" މާޗް 4 ގައި
"އަނދިރިކަން" ގެ ޓިކެޓް އަންގާރަ ދުވަހުން ފެށިގެން
"އަނދިރިކަން" އަންނަ މަހު 22 ގައި
ސީޒަންގެ "އަނދިރިކަން" އޮކްޓޯބަރުގައި
ސީޒަންގެ "ލޯބިވެވިއްޖެ" ގެ ލޯގޯ ޓީޒާއެއް
ސީޒަންގެ "އަނދިރިކަން" މަޑުއްވަރީގައި