Roadha Mihaaru
ފިލްމު އެވޯޑްސް: 12 ފީޗާ އާއި ކުރު ފިލްމެއް

ދިވެހި ފިލްމު އެވޯޑްސް: 12 ފީޗާ އާއި ކުރު ފިލްމެއް

15 އޮކްޓޯބަރ 2019

އަންނަ މަހު ބާއްވާ 9 ވަނަ ދިވެހި ފިލްމު އެވޯޑްސް އަށް ފިލްމުތައް ހުށަހަޅަން ހުޅުވާލައި ސުންގަޑި ހަމަވި އިރު، ހުށަހަޅާފައި ވަނީ 12 ފީޗާ އާއި ކުރު އެއް ފިލްމު ކަމަށް ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އިން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަންނަ މަހު ބާއްވާ 9 ވަނަ ދިވެހި ފިލްމު އެވޯޑްސް އަށް ފިލްމުތައް ހުށަހަޅަން ހުޅުވާލައި ސުންގަޑި ހަމަވި އިރު، ހުށަހަޅާފައި ވަނީ 12 ފީޗާ އާއި ކުރު އެއް ފިލްމު ކަމަށް ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އިން ބުނެފި އެވެ.

މި އަހަރުގެ ފެސްޓިވަލް ބާއްވަނީ 2017-2018 ގައި ރިލީޒްކުރި ފިލްމުތައް ބައިވެރިކޮށްގެންނެވެ.

މި ފަހަރު އެވޯޑަށް ހުށަހަޅާފައިވާ ފީޗާ ފިލްމުތަކަކީ ދެވަންސޫރަ (2018)، ވަކިން ލޯބިން (2018)، ރޭވުމުން (2018)، ތިޔަ ލޯތްބާ ދުރަށް (2018)، މަލިކާ (2017)، ނޯޓީ 40 (2017)، ބޮސް (2017)، މީ ލޯތްބަކީ (2017)، ހައްދު (2017)، ވިޝްކާ (2017)، ނޭދެން ވަކިވާކަށް (2017) އަދި އިލް ނޮއިސް (2017) އެވެ.

ކުރު ފިލްމު ކެޓަގަރީ އަށް ހުށަހެޅި ހަމައެކަނި ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި "ކަނޑު އިބިލީސް" އެވެ.

އަންނަ މަހު ދިވެހި ފިލްމީ އެވޯޑްސް ހަފުލާ ބާއްވަން ނިންމި ނަމަވެސް، ވަކި ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

ކުރިން ގައުމީ ފިލްމު އެވޯޑްސްގެ ނަމުގައި ބާއްވަމުން އައި އެވޯޑްސްގެ ނަން ބަދަލުކޮށް 2017 ގައި ބޭއްވި 8 ވަނަ ދިވެހި ފިލްމު އެވޯޑްސްގެ އެންމެ މޮޅު ފިލްމަކީ ޑާކް ރެއިން އެންޓަޓައިންމަންޓްގެ "ވާށޭ މަށާއެކީ" އެވެ.