Roadha Mihaaru
ދިއްލީ އަކީ ގޭސް ޗެމްބަރެއް، މިލިއަން މާސްކް ބަހައިފި

ދިއްލީ އަކީ ގޭސް ޗެމްބަރެއް، އެތައް މިލިއަން މާސްކެއް ބަހައިފި

02 ނޮވެމްބަރ 2019

ނިއު ދިއްލީ (ނޮވެމްބަރު 2) - އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ވައި ނުސާފުވެ ނުރައްކާތެރި މިންވަރަކަށް ވައި ތަޣައްޔަރުވުމުން އެ ސިޓީއަކީ "ގޭސް ޗެމްބަރެއް" ގެ ގޮތުގައި ޗީފް މިނިސްޓަރު އަރްވިންދު ކެޖްރިވާލް ސިފަ ކުރައްވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ނިއު ދިއްލީ (ނޮވެމްބަރު 2) - އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ވައި ނުސާފުވެ ނުރައްކާތެރި މިންވަރަކަށް ވައި ތަޣައްޔަރުވުމުން އެ ސިޓީއަކީ "ގޭސް ޗެމްބަރެއް" ގެ ގޮތުގައި ޗީފް މިނިސްޓަރު އަރްވިންދު ކެޖްރިވާލް ސިފަ ކުރައްވައިފި އެވެ.

ދިއްލީގައި ޕަބްލިކް ހެލްތު އިމަޖެންސީ އިއުލާން ކުރެއްވުމަށް ފަހު މިހާރު ވަނީ ސްކޫލްތަކުގައި ފަސް މިލިއަން މާސްކް ބަހައިފަ އެވެ. ސްކޫލްތައް ވަނީ އަންގާރަ ދުވަހާ ހަމައަށް ބަންދުކޮށްފަ އެވެ. ކޮންސްޓްރަކްޝަން ހުރިހާ މަސައްކަތެއް ހުއްޓުވާފައިވާ އިރު ބަޑިބޭހުގެ ކުޅިވަރުތައް ވެސް ވަނީ މަނާކޮށްފަ އެވެ. ޓްރެފިކް ޕޮލިއުޝަން ދަށްކުރުމުގެ ގޮތުން، ހޯމަ ދުވަހުން ފެށިގެން ދިއްލީގެ މަގުތަކުގައި ދުއްވޭނީ، ކަނޑައަޅާ ދުވަސްތަކެއްގައި ހިރި ނުވަތަ އޮނަހިރި އަދަދުގެ ނަމްބަރު ޕްލޭޓް ހުރި ކާރުތަކެވެ.

ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު ޑިސެމްބަރުގައި ދިއްލީގެ ވައި ވަރަށް ބޮޑަށް ތަޣައްޔަރުވޭ. --ފޮޓޯ: ގެޓީ އިމޭޖަސް

ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު ޑިސެމްބަރުގައި ދިއްލީގެ ވައި ވަރަށް ބޮޑަށް ތަޣައްޔަރުވޭ. --ފޮޓޯ: ގެޓީ އިމޭޖަސް

ދިއްލީގެ ވައިގެ ނުސާފުކަން މިހާރު ހުރީ ޑަބްލިއުއެޗްއޯ އިން ހުއްދަ ކުރާ މިންވަރަށް ވުރެ 20 ގުނަ އަށް ވުރެ ގޯސްކޮށެވެ. ދިއްލީގެ އެޓްމޮސްފެރިކް ޕާޓިކިއުލާ މެޓާ (ޕީއެމް2.5) ހުރީ ކިއުބިކް މީޓަރަކަށް 533 މައިކްރޯގްރާމްގަ އެވެ. ސައްވީސް ގަޑިއިރަކަށް ބަލާ ނަމަ ޕީއެމް2.5 ލެވެލް ކިއުބިކް މީޓަރަކަށް 25 މައިކްރޯގްރާމަށް ވުރެ މަތިވެގެން ނުވާނެ އެވެ.

ދިއްލީގެ ޗީފް މިނިސްޓަރުގެ ޓްވީޓް.

ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު އަދި ޑިސެމްބަރު މަހު ދިއްލީގެ ވައި ނުސާފުވުމުގެ މައިގަނޑު އެއް ސަބަބަކީ އަވަށްޓެރި ޕަންޖާބު ސްޓޭޓާއި ހަރިޔާނާގެ ދަނޑުވެރިން ދަނޑުތައް ސާފު ކުރަން އެންދުމުގެ ސަބަބުން އަރާ ދުމުންނެވެ. ދިވާލީގެ ބަޑިބޭހުގެ ކުޅިވަރާ އެކު ވައި ތަޣައްޔަރުވުން އިތުރަށް ގޯސްވެ އެވެ. މީގެ އިތުރުން ކޮންސްޓްރަކްޝަން ސައިޓުތަކުން އަރާ ހިރަފުހާއި ވެހިކަލްތަކާއި ފެކްޓަރީތަކުގެ ދުމުން ވެސް ދިއްލީގެ ވައި ވަރަށް ބޮޑަށް ނުސާފުވެ އެވެ.