08 ނޮވެމްބަރ 2019
މެންޗެސްޓާ (ނޮވެމްބަރު 8) - ޔުއެފާ ޔޫރޮޕާ ލީގުގައި ރޭ ކުޅުނު މެޗުން 3-0 އިން ޕާޓިޒަން ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުން މުބާރާތުގެ ދެ ވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.
މެންޗެސްޓާ (ނޮވެމްބަރު 8) - ޔުއެފާ ޔޫރޮޕާ ލީގުގައި ރޭ ކުޅުނު މެޗުން 3-0 އިން ޕާޓިޒަން ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުން މުބާރާތުގެ ދެ ވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.
ޔުނައިޓެޑްގެ އިތުރުން ދެ ވަނަ ބުރުން ޖާގަ ހޯދީ މުބާރާތުގެ އެންމެ ކާމިޔާބު އެއް ޓީމު ސެވިއްޔާ އާއި ބަސެލް، ސެލްޓިކް އަދި އެސްޕަންޔޯލް އެވެ.
ގްރޫޕް އެލްގެ އެއް ވަނައިގައި ޔުނައިޓެޑް އޮތީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހޯދައިގެންނެވެ. މި ގްރޫޕްގެ ދެ ވަނައިގައި އޮތީ ރޭ އަސްތާނާ އަތުން 5-0 އިން މޮޅުވި ނެދަލެންޑްސްގެ އޭޒެޑް އަލްކްމާރް އެވެ. އޭޒެޑް އަށް ހަތަރު މެޗުން ވަނީ އަށް ޕޮއިންޓް ލިބިފަ އެވެ. ޔުނައިޓެޑް އަނެއް ބުރަށް ކޮލިފައިވީ ތިން ވަނައިގައި އޮތް ޕާޓިޒަން ދެން އޮތް ދެ މެޗުން މޮޅުވިޔަސް ޔުނައިޓެޑަށް ވުރެން ކުރިން ނުނިންމޭނެތީވެ އެވެ. ޕާޓިޒަން އަށް ހަތަރު މެޗުން ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. އެންމެ ފުލުގައި އޮތް އަސްތާނާ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.
ޔުނައިޓެޑްގެ ދަނޑުގައި ރޭ ޕާޓިޒަންއާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމަށް ލީޑުނަގައިދިނީ ޒުވާން ފޯވާޑް މޭސަން ގްރީންވުޑް އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން އެންތަނީ މާޝިއަލް ޔުނައިޓެޑަށް ލީޑުފުޅާކޮށްދިންއިރު، ދެ ވަނަ ހާފުގެ ކުރީކޮޅުގައި ޔުނައިޓެޑްގެ ތިން ވަނަ ގޯލު ޖެހީ މާކަސް ރެޝްފޯޑް އެވެ.
ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނީ ބާކީ ދެ މެޗު އޮއްވައި އަނެއް ބުރުގެ ޖާގަ ޔަގީންކުރެވުމަކީ ލިބުނު ފަސޭހައެއް ކަމަށާއި ޕްރެޝަރެއް ނެތި ދެ މެޗު ކުޅެލަން ލިބުމުން ހަމަޖެހިލައިގެން ކުރިއަށްދެވޭނެ މަގެއް ތަނަވަސްވެއްޖެކަމަށެވެ.
ސެލްޓިކުން ދެ ވަނަ ބުރުގެ ޖާގަ ހޯދީ ރޭ ރަށުންބޭރުގައި ލާޒިއޯ 2-1 އިން ބަލިކުރުމަށް ފަހު އެވެ. ޕްރިމިއާ ލީގުގެ ވުލްވްސް އިން ވަނީ ރޭ 1-0 އިން ސްލޯވަން ބްރަޓިސްލާވާ ބަލިކޮށް ދެ ވަނަ ބުރުގެ ފުރުސަތު ބޮޑުކޮށްފަ އެވެ. އަދި ސްޓީވެން ޖެރާޑްގެ ރޭންޖާސް ވެސް ވަނީ ޕޯޓޯ އަތުން 2-0 އިން މޮޅުވެ ދެ ވަނަ ބުރުގެ ޖާގައަކާ ގާތަށް ޖެހިލައިފަ އެވެ.
މޮރޮކޯގެ އައްނަސީރީގެ ގޯލުތަކުން ޔުނައިޓެޑް ކަޓުވާލައިފި
ފަހު ވަގުތު ސެވިއްޔާ އިން ޔުނައިޓެޑާ އެއްވަރުކޮށްފި
ޔުނައިޓެޑް ކަޓުވާލައި ސެވިއްޔާ ފައިނަލަށް
ޓެން ހާގް ސަޕޯޓަރުންނަށް: މަސައްކަތަށް އިތުބާރުކުރޭ
ޔޫރަޕްގެ ކުޅުން ސިޓީ އާއި ޔުނައިޓެޑަށް މަނާކޮށްފާނެ
ބޮޑު ހިތްދަތިކަން ސެވިއްޔާއަށް، އެއަށްފަހު ޔުނައިޓެޑަށް
ޔޫރަޕާއި ދެކުނު އެމެރިކާ ގުޅިގެން ކްލަބް މެޗެއް ތައާރަފް ކޮށްފި
ޔޫރޮޕާ ލީގު ޗެމްޕިއަންކަން ސެވިއްޔާ ހޯދައިފި
ޔުނައިޓެޑް ޗެމްޕިއަންސް ލީގަށް، ލިވަޕޫލް ކުޅޭނީ ޔޫރޮޕާ
މޮރީނިއޯ ރޯމާ ގޮވައިގެން ޔޫރޮޕާ ލީގު ފައިނަލަށް