17 ނޮވެމްބަރ 2019
ގިނަ އަދަދެއްގެ ޔޮޓް ފަހަރު ކުރިން ބަނދަރު ކުރާ ހއ. އުލިގަމަށް ޔޮޓް އައުން ސަރުކާރުގެ ގަވައިދުތަކާއި އުސޫލުތަކުގެ ސަބަބުން ވަރަށް ބޮޑަށް މަދުވެފައިވާ މައްސަލަ ހައްލުކުރުމުގެ ވައުދު ސަރުކާރުން ފުއްދުން ލަސްވާތީ ޔޮޓް ފަހަރުގެ އެޖެންޓުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ގިނަ އަދަދެއްގެ ޔޮޓް ފަހަރު ކުރިން ބަނދަރު ކުރާ ހއ. އުލިގަމަށް ޔޮޓް އައުން ސަރުކާރުގެ ގަވައިދުތަކާއި އުސޫލުތަކުގެ ސަބަބުން ވަރަށް ބޮޑަށް މަދުވެފައިވާ މައްސަލަ ހައްލުކުރުމުގެ ވައުދު ސަރުކާރުން ފުއްދުން ލަސްވާތީ ޔޮޓް ފަހަރުގެ އެޖެންޓުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އުލިގަމަކީ ކުރިން ގިނަ އަދަދެއްގެ ޔޮޓް ބަނދަރުކުރާ ރަށެކެވެ. އެގޮތުން 2012 އާ ހަމައަށް އަހަރަކު 120 އާއި 150 އާ ދޭތެރޭ އަދަދަކަށް ޔޮޓް ބަނދަރު ކުރެ އެވެ. ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުން ފެށިގެން އޭޕްރީލް މަހާ ދޭތެރޭ އެގޮތަށް ޔޮޓްތައް ބަނދަރު ކުރެ އެވެ. އެއީ ދުނިޔެ ވަށާ ދުއްވާ ސެއިލަރުން އޭޝިއާގައި އުޅެފައި ޔޫރަޕަށް ދިއުމަށް ދަތުރު ފަށާ މޫސުމެވެ.
އުލިގަމަށް ގިނަ ޔޮޓް ފަހަރު އަންނަނީ އިންޑޮނީޝިއާ އާއި ތައިލެންޑްގެ އިތުރުން ލަންކާގައި މަޑުކޮށްފައި އަރަބި ކަނޑު ހުރަސްކުރަން ދަތުރު ފެށުމުގެ ކުރިންނެވެ. އެ ޔޮޓުފަހަރަށް އުލިގަމުން ތެޔޮ އަޅައި ކާނާ ގަނެ އުޅެ އެވެ. އެކަމުން ރަށަށް ބޮޑު އާމްދަނީއެއް ލިބެ އެވެ.
Uligamah gina yacht faharu annaane magu fahikohdheynan: Ibu
The most trusted news source in the Maldives
Mihaaru
އުލިގަމަށް ގިނަ ޔޮޓް އަންނާނެ މަގު ފަހިކޮށްދެއްވާނެ ކަމަށް ރައީސް ވައުދުވުން--
ނަމަވެސް ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް އަހަރުތަކެއް ކުރިން ގެނައި ބަދަލުތަކާ ގުޅިގެން ޔޮޓް ފަހަރު އަންނަ އަދަދު ވަނީ ބޮޑުތަން މަދުވެފަ އެވެ. މިއަހަރު ވެސް އަދި އައީ ސާޅީހެއްހާ ޔޮޓެވެ.
"މިހާރުވެސް އޮތީ ތިން ޔޮޓް. ކުރީގައި މި ސީޒަންގައި އަބަދުވެސް 25 އާއި 45 އަކާ ދެމެދުގެ އަދަދެއްގެ ޔޮޓް ބަނދަރުގައި އޮވޭ،" އުލިގަމަށް އަންނަ ޔޮޓް ފަހަރުގެ އެޖެންޓްކަންކުރާ، އަސަދުﷲ މުހައްމަދު ބުންޏެވެ.
ސެއިލަރުންގެ ކޮމިއުނިޓީ ކަމަށްވާ އޯޝަން ކްރޫޒިން ކްލަބްގެ ރާއްޖޭގެ ރެޕްރެޒެންޓިޓިވްކަން ވެސް ކުރާ އަސަދުﷲ ބުނި ގޮތުގައި ޔޮޓް ފަހަރު މިހާރު ނާންނަ މައިގަނޑު އެއް ސަބަބަކީ ލިޔެކިޔުންތަކުގެ ކަންކަން ނުނިމި ގިނަ ދުވަސްވަންދެން ނުފުރި ތިބެން ޖެހުމެވެ.
އެންމެ ދަތިވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނަގަން ޖެހޭ ހުއްދަތައް ނަގަން ކަމަށް އޭނާ ބުންޏެވެ. އެރަށުގައި އެމްޕީއެލްގެ އޮފީހެއް ވެސް މުވައްޒަފެއް ވެސް ނުހުންނަ ކަމަށާއި އެހެންވެ ލިޔެކިޔުން ފުރިހަމަކުރަން ޖެހެނީ މާލެ ފޮނުވައިގެން ކަމަށް އޭނާ ބުންޏެވެ.
އެމްޕީއެލް އިން ނަގަނީ އެންޓްރީ ފީ އާއި ޕޯޓް ސްޓޭޓް ކޮންޓްރޯލް ޕާމިޓެވެ. އުޅަނދު ފުރުމަށް ކަސްޓްމަސް އިން ހުއްދަ ދެނީ އެމްޕީއެލްގެ ތައްގަނޑުޖެހި ލިޔުން ލިބުމުންނެވެ. އެ ރަށުގައި ކަސްޓަމްސް އާއި އިމިގްރޭޝަންގެ މުވައްޒަފުން ތިބެ އެވެ.
"ވަރަށް އުނދަގުލުން ލިޔެކިޔުން ފުރިހަމަކުރެވެނީ. މިރަށުން އެކަންކަން ކުރެވެން ޖެހޭ. ބައެއް ޓޫރިސްޓުން އަންނަ ގޮތަށް ތެޔޮ އަޅައިގެން ފުރަން ބޭނުންވޭ. އެކަންނުވެ ލަސްވާތީ މިހާރު ޓޫރިސްޓުން ނާންނަނީ،" ބޮޑު ފީއެއް ނެގުމުގެ އިތުރުން ލިޔެކިޔުންތައް ފުރިހަމަކުރަން އުނދަގޫވާ މައްސަލާގައި އަސަދުﷲ ބުންޏެވެ.
އުލިގަމުގައި ޓޫރިސްޓުންތަކެއް: އެރަށަށް އަންނަ ޓޫރިސްޓުންގެ އަދަދު ބޮޑުތަނުން ވަނީ މަދުވެފައި-- ފޮޓޯ: އަސަދުﷲ
ރާއްޖެ އަންނަނީ ދެ ކެޓަގަރީގެ ސެއިލަރުންނެވެ. އެއްބަޔަކު އަންނަނީ ކާނާ ގަނެ ތެޔޮ އެޅުމަށެވެ. އަނެއް ބަޔަކު އަންނަނީ ދިގު މުއްދަތަކަށް ޗުއްޓީ ހެދުމަށެވެ. މި ދެ ގޮތަށް އަންނަ ޓޫރިސްޓުންގެ އަތުން ފީ ނެގުމުގައި ތަފާތެއް ނޯންނާތީ ގިނަ ޓޫރިސްޓުން ރާއްޖެ އައުމަށް ދެކޮޅު ހަދަނީ އެވެ.
ރާއްޖެ އަންނަ ކްރޫޒް ލައިނާތަކުން ނަގާ ފީ އާއި ޔޮޓްތަކުން ނަގާ ފީ ވެސް އެއްވަރެވެ. އެއީ ރާއްޖެ އަންނަ ކޮންމެ އުޅަނދަކުން 340 ޑޮލަރެވެ.
"ދުނިޔޭގެ އެހެން ގައުމުތަކުގައި ހުންނަނީ ކެޓަގަރީކޮށްފައި، ދެމަފިރިއަކު އެއް ދުވަހަކު ތެޔޮ ކޮޅެއް އަޅާލަން އައީމަ އެވަރު ނެގުމުން ހަމައެއް ނުޖެހޭ،" އަސަދުﷲ ބުންޏެވެ.
ރާއްޖެ އަންނަ އުޅަނދުތަކުން ކަސްޓަމްސް ޓްރެކިން ޑިވައިސްއެއް ހަރުކުރަން ޖެހެ އެވެ. އެ ޑިވައިސްގެ ޑައުންޕޭމަންޓަށް ވެސް 3،000ރ. ދައްކަން ޖެހޭއިރު އެ ޑިވައިސް ބޭނުންކުރާ ކޮންމެ ދުވަހަކަށް 100ރ. ދައްކަން ޖެހެ އެވެ. އެއީ ވެސް ޓޫރިސްޓުންގެ ޝަކުވާއެއް ކަމަށް އަސަދުﷲ ބުންޏެވެ.
ރާއްޖެ ހުރަސްކޮށް ދަތުރުކުރާ ޔޮޓްފަހަރަށް އެންމެ ރަނގަޅު މަންޒިލެއްގެ ގޮތުގައި ބެލެވޭ އުލިގަމަށް ޔޮޓު އައުން އިތުރުވާނެ މަގު، މިސަރުކާރުގައި ތަނަވަސްކޮށްދެއްވާނެ ކަމަށް ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުލިގަމުގައި ވައުދުވެ ވަޑައިގެންފައިވެ އެވެ.
ރައީސް އުލިގަމުގައި ވިދާޅުވީ ޔޮޓުތައް އައުން މަދުވީ އެ އުޅަނދުފަހަރުން ނަގާ ބޮޑެތި ފީތަކުގެ ސަބަބުން ކަމަށެވެ. އެކަން ހައްލުކޮށް އެ ރަށަކީ ޔޮޓު ފަހަރުގެ މަގުބޫލް މަންޒިލަކަށް ހައްދަވާނެ ކަމަށް ވިދާޅުވި އެވެ.
އަސަދުﷲ ބުނިގޮތުގައި އެ ވައުދު ފުދޭނެ ދުވަހަކަށް އެރަށުގެ ގިނަ ބަޔަކު ތިބީ އިންތިޒާރުގައި ކަމަށެވެ. އަގުތަކަށް ބަދަލު ގެނެވިއްޖެ ނަމަ އުލިގަމަށް އަންނަ ޔޮޓްތައް އަނެއްކާވެސް އިތުރު ކުރެވޭނެ ކަމަށް އޭނާ ބުންޏެވެ.
އުލިގަމުގައި އެމްޕީއެލްއިން ޔޮޓް މެރީނާއެއް ހަދަނީ
އުލިގަމުގައި ޔޮޓްމެރީނާ ގާއިމްކުރަން ސޮއިކޮށްފި
ރެލީގައި ބައިވެރިނުވެ ގިނަ ޔޮޓްތައް ރާއްޖޭން ފުރައިފި
ގިނަ ޔޮޓްތައް ރެލީގައި ބައިވެރިނުވެ އެނބުރި ދަނީ
ކްރޫޒް ލައިނާތަކުގެ ޝަކުވާއެއް ނުލިބޭ: އެމްޕީއެލް
އުލިގަމުގެ ޔޮޓް މޫސުމާ އެކު ރީތި މަންޒަރެއް
ޔޮޓުތަކުން ނަގާ ފީގެ 75 ޕަަސެންޓު ކުޑަކޮށްފި
ފީތައް ކުޑަކުރާތީ އުލިގަމަށް ޔޮޓްތައް އަންނަން ފަށައިފި
ޕެނަމާގެ ބޯޓު އިހަވަންދިއްޕޮޅުގައި ބަނދަރުކޮށްފި
ވޯޓާ ބަންކަރިންގެ ހިދުމަތް ހޯދަން ޕެނަމާގެ ބޯޓެއް