ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ދަތުރުތައް އަންނަ އާދިއްތަ ދުވަހު ފަށާއިރު، އެއްކޮޅު ޓިކެޓެއްގެ އަގަކީ 750ރ. ކަމަށް ގައުމީ އެއާލައިން މޯލްޑިވިއަން އިން ހަމަޖައްސައިފި އެވެ.
28 ނޮވެމްބަރ 2019
ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ދަތުރުތައް އަންނަ އާދިއްތަ ދުވަހު ފަށާއިރު، އެއްކޮޅު ޓިކެޓެއްގެ އަގަކީ 750ރ. ކަމަށް ގައުމީ އެއާލައިން މޯލްޑިވިއަން އިން ހަމަޖައްސައިފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މާފަރުގައި އިންޓަނޭޝަނަލް އެއާޕޯޓެއް ހެދުމަށް ސިންގަޕޫރުގެ ޓަފް ކުންފުންޏާ ހަވާލު ކުރީ ޑިސެމްބަރު 24، 2017 ގަ އެވެ.
މާފަރުގައި އިންޓަނޭޝަނަލް އެއާޕޯޓެއް ހެދުމަށް ބޭނުންވާ ހުރިހާ ހަރަދެއް އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން ކުރާއިރު، އެއާޕޯޓަށް 60 މިލިއަން ޑޮލަރު ހޭދަކޮށްފައިވެ އެވެ.
މި އެއާޕޯޓަށް ޓެސްޓް ފްލައިޓުތައް ޖެއްސީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އެވެ. އޭގެ ފަހުން، އެކި ފަހަރު މަތިން އެއާޕޯޓުގެ މަސައްކަތް ކުރުމަށް ކަނޑައެޅި މުއްދަތު އިތުރު ކޮށްފައިވެ އެވެ.
މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވުމާ އެކު އިންޓަނޭޝަނަލް ދަތުރުތައް ވެސް އެ އެއާޕޯޓަށް ފަށާނެ އެވެ. މިއީ އޭ320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރަށް ވެސް ޖެއްސޭ ފެންވަރުގެ އެއާޕޯޓެވެ.
މޯލްޑިވިއަންގެ ފޭސްބުކް ޕޯސްޓް
މާފަރު އެއާޕޯޓުގެ ފިއުލް ފާމް ބޭނުންކުރަން ފަށައިފި
މާފަރު އެއާޕޯޓް: 12 އަހަރުގެ ދިގު އިންތިޒާރެއް
މާފަރު އެއާޕޯޓު އިތުރަށް ބޮޑުކުރަން ބަޔަކާ ހަވާލުކޮށްފި
ވިހަފަރު އެއާޕޯޓުގެ މަސައްކަތް އަންނަ އަހަރު ފަށަނީ
ހޮޓަލަކާ އެކު މާފަރު އެއާޕޯޓު އިތުރަށް ތަރައްގީ ކުރަނީ
މާފަރު އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރުގައި ހުޅުވައިފި
އާ ޓާމިނަލް އަވަސްވީ ރައީސްގެ ހިކުމަތްތެރިކަމުން:ސައީދު
ބޮއިން 777 ގެ ބޯޓަކާ އެކު މާފަރަށް ތާރީހީ ދުވަހެއް
މާފަރުން ގޮތް ނޭނގޭ ޖަނަވާރެއް، ރައްޔިތުން ބިރުން
މާފަރުގައި އެކްސްކަވޭޓަރު ފުރޮޅާލައި މީހަކު މަރުވެއްޖެ