އެއާލައިން ހިންގުމުގެ ދާއިރާގައި ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ މަންޓާ އެއާގެ ތިން ވަނަ މަންޒިލެއްގެ ގޮތުގައި، ދަތުރުތައް ގއ. ކޫއްޑު އަށް ފަށައިފި އެވެ.
28 ނޮވެމްބަރ 2019
އެއާލައިން ހިންގުމުގެ ދާއިރާގައި ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ މަންޓާ އެއާގެ ތިން ވަނަ މަންޒިލެއްގެ ގޮތުގައި، ދަތުރުތައް ގއ. ކޫއްޑު އަށް ފަށައިފި އެވެ.
އެ އެއާލައިނުން މީގެ ކުރިން ދަތުރުކުރަމުން އައީ ދ. އަތޮޅާއި ބ އަތޮޅަށެވެ.
ދަތުރުތައް ކޫއްޑު އަށް ފަށަން ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ ކުރީގެ ރައީސް މުހައްމަދު އަލީ ޖަނާހު (ޖަނާ) އެވެ. އޭނާ އަކީ އެ އެއާޕޯޓު ހިންގާ ކޭއެޗްއޭގެ ސީއީއޯ އެވެ.
ޖަނާ ވަނީ ކޫއްޑޫގައި އެއާޕޯޓެއް އަޅަން އޭނާ އިސްނަންގަވައި ކުރެއްވި މަސައްކަތްތައް އެ ރަސްމިއްޔާތުގައި ހިއްސާކުރައްވައިފަ އެވެ. ކޫއްޑޫގެ އެއާޕޯޓުގެ ހިދުމަތް ފެށީ 2012ގަ އެވެ.
"ވަރަށް ގިނަ މީހުން ބުނި، މި އެއާޕޯޓެއް ސަސްޓެއިނެއް ނުކުރެވޭނެ އޭ. އެހާ ގިނަ އެއާލައިންތަކެއް ދަތުރެއް ނުކުރާނެއޭ،" އޭނާ ވިދާޅުވި އެވެ.
ގއ. އަތޮޅުގައި 1،200 ޓޫރިސްޓް އެނދު ގާއިމްކޮށްފައިވާ އިރު ކޮންމެ ދުވަހަކު އެ އެއާޕޯޓަށް ހަތް ފްލައިޓް ޖައްސާކަމަށް އޭނާ ވިދާޅުވި އެވެ. މަންޓާގެ ދަތުރުތައް ފަށާފައިވާތީ ކޫއްޑޫ އެއާޕޯޓުގެ ހިދުމަތްތައް އިތުރަށް ފުރިހަމަ ވެގެންދާނެ ކަމަށާއި މި އެއާޕޯޓުގައި ކޮންމެ ދުވަހަކު 15 ފްލައިޓް ޖެއްސުމުގެ އަމާޒު ހާސިލުވާނެ ކަމުގެ ފޮނި އުންމީދު އިތުރަށް އާލާވެއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.
މަންޓާ އެއާ
މަންޓާގެ ސީއީއޯ މުހައްމަދު ހަލީލު ވިދާޅުވީ، ރާއްޖޭގެ އޭވިއޭޝަން ދާއިރާއަށް އިންގިލާބީ ބޮޑެތި ބަދަލުތަކެއް ގެންނެވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. މަތިންދާ ބޯޓުން ކުރާ ދަތުރުތަކުގައި އެންމެ ބޭނުންވާ ފަދަ ތަޖުރިބާ ހޯދައިދެއްވަން ވެސް މަސައްކަތްތަކެއް ފައްޓަވާފައިވާ ކަމަށް ވިދާޅުވި އެވެ.
"ހަމައެކަނި އަޅުގަނޑުމެން މަސައްކަތް ކުރަނީ އާމްދަނީއެއް ހޯދުމަކަށް ނޫން. ކަސްޓަމަރުންނަށް ރަނގަޅު އެކްސްޕީރިއެންސެއް ދިނުމަކީ އެންމެ އިސްކަންދޭ ކަންކަން،" އޭނާ ވިދާޅުވި އެވެ.
އެހެން އެއާލައިންތަކާ ހިލާފަށް މަންޓާ އެއާގެ ދަތުރުތައް ހަ މަސް ކުރިން ޝެޑިއުލް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ކަމުން ދުނިޔޭގެ ކޮންމެ ހިސާބަކު ހުރެގެން ވެސް ޓިކެޓްތައް ބުކް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އޭވިއޭޝަން ހިދުމަތްތައް ވީހާ ވެސް ފަސޭހަ ކުރުމަށްޓަކައި ޓެކްނޮލިޖީއަށް ވަރަށް ބޮޑަށް އަންނަނީ އިންވެސްޓް ކުރަމުންނެވެ.
ކަސްޓަމަރުންނަށް އަމިއްލައަށް ޗެކިން ވެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެ ޚިދުމަތް ފެށުމުން މަންޓާ ވާނީ ރާއްޖޭގައި އެފަދަ ނިޒާމެއް ގާއިމް ކުރާ ފުރަތަމަ އެއާލައިނަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ކޫއްޑު އަށް ކޮންމެ ދުވަހަކު މަންޓާގެ ދެ ދަތުރު ކުރަން ޝެޑިއުލްކޮށްފައިވެ އެވެ. އަންނަ ޖެނުއަރީ 31 ގެ ނިޔަލަށް މަންޓާ އެއާ މެދުވެރިކޮށް ކުއްޑޫއަށް 829ރ. އަށް ދަތުރު ކުރެވޭނެ އެވެ.
މަންޓާ އެއާ ތިން ވަނަ މަންޒިލަކަށް ދަތުރުތައް ފަށާފައިވާ އިރު އެއާލައިނުން ވަނީ މިހާރު ސީ ޕްލޭންގެ ދަތުރުތައް ވެސް ފަށައިފަ އެވެ.
މަންޓާގެ ސީޕްލޭން ދަތުރުތައް ދިވެހިންނަށް ވެސް ހާއްސަ
މަންޓާ އެއާގެ ސީޕްލޭން ޓާމިނަލް ހުޅުވައިފި
ރެޕިއުޓްގެ އާ ފިހާރައެއް ހުޅުމާލޭގައި
ތިން ރެސްޓޯރެންޓަކާ އެކު އެމްއައިބީގެ ޕްރޮމޯޝަނެއް
ފިލިޕީންސްގެ "ރޯޔަލް އެކަޑަމީ" އަށް ރާއްޖޭގެ ހުއްދަ
ރޯދައަށް އެމްއައިބީގެ "ކާޑުން ކަނޑާލާ" ޕްރޮމޯޝަން
"ހޮންޑާ ރިބެލް" ލިބުނު ނަސީބުވެރިޔާއަށް ސައިކަލު ދީފި
އެމްއެޗްއޭއަށް މަލަބާރި ފަރާޓާ އާއި ތަންދޫރި ނާން
ވިލާ ހަކަތަ: ކާމިޔާބު 25 އަހަރުން ވަރުގަދަ ނަމެއް
ހަވާއެރުވުމާއެކު އަވަސް އެޕްގެ ހާއްސަ ހަރަކާތެއް