Roadha Mihaaru
ކޮފީގެ ކުރެހުންތަކާ އެކު އިއްފަ އަބޫ ދާބީގައި

ކޮފީގެ ކުރެހުންތަކާ އެކު އިއްފަ އަބޫ ދާބީގައި

30 ސެޕްޓެމްބަރ 2016

ގިނަ ބަޔަކަށް ކޮފީ ކަމުދަނީ ބޯލަން ފައްކާ ބުއިމެއްގެ ގޮތުގަ އެވެ. އެކަމަކު ކޮފީއާ ގުޅިފައިވާ ފަންނުވެރިކަމުގެ ދާއިރާ ވަރަށް ފުޅަލެވެ.ރާއްޖޭގެ މަޝްހޫރު ކުރެހުންތެރިޔާ ހުސައިން އިއްފަލް (އިއްފަ) ދާދި ފަހުން ވަނީ އެތައް ބަޔަކު ހައިރާންކޮށްލީ ވެސް މީރު ކޮފީއަކުން ނޫނެވެ. ކޮފީގެ ކުލައިން ސިފަކޮށްލި ހިތްގައިމު މަންޒަރުތަކުންނެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ގިނަ ބަޔަކަށް ކޮފީ ކަމުދަނީ ބޯލަން ފައްކާ ބުއިމެއްގެ ގޮތުގަ އެވެ. އެކަމަކު ކޮފީއާ ގުޅިފައިވާ ފަންނުވެރިކަމުގެ ދާއިރާ ވަރަށް ފުޅަލެވެ.ރާއްޖޭގެ މަޝްހޫރު ކުރެހުންތެރިޔާ ހުސައިން އިއްފަލް (އިއްފަ) ދާދި ފަހުން ވަނީ އެތައް ބަޔަކު ހައިރާންކޮށްލީ ވެސް މީރު ކޮފީއަކުން ނޫނެވެ. ކޮފީގެ ކުލައިން ސިފަކޮށްލި ހިތްގައިމު މަންޒަރުތަކުންނެވެ.

ކޮފީ ބޭނުންކޮށްގެން އޭނާ ކުރި ފުރަތަމަ ތަޖުރިބާ އިން ނިކުތް ނަތީޖާއަކީ އޮގަސްޓް މަހުގެ ތެރޭގައި "ގަހުވަ ފޮޓޯ އެގްޒިބިޝަން" އެއް ބޭއްވުމެވެ. މުޅިން ވެސް ކޮފީ ބޭނުންކޮށްގެން ކުރަހާފައިވާ ޕޯޓްރެއިޓްތަކާ އެކު އިއްފަ ވަނީ ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް އެފަދަ ހުނަރެއް ދައްކާލުމުގެ ޝަރަފު ހޯދައިފަ އެވެ.

އެ މައުރަޒުގައި ކޮފީން ކުރަހާފައިވާ 70 ކުރެހުން ހުއްޓެވެ. އެއީ ގާތްގަނޑަކަށް ތިން މަސް ދުވަހުގެ މަސައްކަތެވެ. މި މަސައްކަތުގެ ނަތީޖާ ފޮންޏެވެ.

މައުރަޒަށް ޒިޔާރަތް ކުރި ޓޫރިސްޓެއް މެދުވެރިކޮށް ލިބުނު ފުރުސަތެއްގައި އިއްފަ މިހާރު ހުރީ އޭނާގެ ގަހުވަ ފިއްސާ އެކު އަބޫދާބީގަ އެވެ. މާލޭގައި ދައްކާލި ކުރެހުންތައް އިއްފަ ވަނީ އެ ގައުމުގައި ވެސް ދައްކާލައިފަ އެވެ. މީގެ އިތުރުން އަބޫ ދާބީގެ ލީޑަރުންގެ ޕޯޓްރެއިޓްތައް ވެސް އިއްފަގެ ހުނަރުން ކޮފީން ފަވާލާފައިވެ އެވެ.

އަބޫ ދާބީގެ ޝާރްޖާ ކަލްޗަރަލް ހެރިޓޭޖް އިންސްޓްޓިއުގައި ބޭއްވި އާޓް ފެސްޓިވަލްގައި އެތަނުގެ ޗެއާމަން އަބްދުލް އަޒީޒް އަބްދުއްރަހްމާން އަލްމުސައްލަމް (ކ) ދިވެހި ކުރެހުންތެރިޔާ ހުސައިން އިއްފަލް (ކ) ގެ ކުރެހުންތަކުގެ ކައިރީގައި

"ނެޝަނަލް އާޓް ގެލެރީގައި ބޭއްވި އެގްޒިބިޝަނަށް އައި ޓޫރިސްޓެއްގެ ފަރާތުން މި ފުރުސަތު ލިބުނީ. އޭނާ އަކީ ޔޫއޭއީގެ ޝާރްޖާ ކަލްޗަރަލް ހެރިޓޭޖް އިންސްޓްޓިއުޓްގެ ކޮންސަލްޓަންޓެއް،" އިއްފަ ބުންޏެވެ.

ޔޫއޭއީގެ ޝާރްޖާ ކަލްޗާ ހެރިޓޭޖް އިންސްޓިޓިއުޓުން މި މަހުގެ 26-28 އަށް ބޭއްވި "ގަހުވަ: އޭން ފިއުޝަން އޮފް އާޓް އެންޑް ކޮފީ" އިވެންޓްގައި އިއްފަ ވަނީ އޭނާގެ ހުނަރު ބައިނަލްއަގުވާމީ އޯޑިއެންސަށް ދައްކާލައިފަ އެވެ. އެ މައުރަޒު ބަލާލަން ޔޫއޭއީގެ އެކި ސިޓީތަކުން މީހުން ޒިޔާރަތް ވެސް ކުރި އެވެ.

އަބޫ ދާބީގެ ޝާރްޖާ ކަލްޗަރަލް ހެރިޓޭޖް އިންސްޓްޓިއުގައި ބޭއްވި އާޓް ފެސްޓިވަލްގައި އެތަނުގެ ޗެއާމަން އަބްދުލް އަޒީޒް އަބްދުއްރަހްމާން އަލްމުސައްލަމް (ވ) ދިވެހި ކުރެހުންތެރިޔާ ހުސައިން އިއްފަލް (ކ) އާ ވާހަކަ ދައްކަވަނީ

އެ އިވެންޓްގައި އޭނާ ވަނީ ކޮފީގެ ކުރެހުންތަކުން ހުނަރު ދައްކާލައިފަ އެވެ. މީގެ އިތުރުން އަބޫދާބީގެ ފައިން އާޓްސް ޔުނިވަސިޓީގައި އިއްފަ ވަނީ ކޮފީން ކުރަހާނެ ގޮތުގެ ކުލާސްތަކެއް ނަގައި ދީފަ އެވެ.

ކޮފީން ދައްކާލި ހުނަރާ އެކު އިއްފަ އަށް މިހާރު މިއޮތީ ކުރެހުމުގެ ފަންނުގެ ތެރެއިން ހަގީގަތުގައި އާ މަރުހަލާއަކަށް ދެވިފައި ކަމަށް ބުނެވިދާނެ އެވެ.

ނެޝަނަލް އާޓް ގެލެރީގައި ބޭއްވި އެގްޒިބިޝަންގައި ބަހައްޓާފައި ހުރި، އިއްފަ ކޮފީ ބޭނުންކޮށްގެން ކުރަހާފައިވާ ކުރެހުމެއް. --ފޮޓޯ:މުހައްމަދު ޝަރުހާން\މިހާރު

ނެޝަނަލް އާޓް ގެލެރީގައި ބޭއްވި އެގްޒިބިޝަންގައި ބަހައްޓާފައި ހުރި، އިއްފަ ކޮފީ ބޭނުންކޮށްގެން ކުރަހާފައިވާ ކުރެހުމެއް. --ފޮޓޯ:މުހައްމަދު ޝަރުހާން\މިހާރު

އާޓިސްޓުންނަކީ އަބަދު ވެސް ތަފާތު ކަންކަން ތަޖުރިބާ ކުރާ ބައެކެވެ. އާންމުކޮށް ބޭނުން ކުރާ ތަފާތު ބާވަތްތަކުގެ ކުލަ ނޫން ތަކެތި ބޭނުންކޮށްގެން ކުރެހުމަކީ ފެންނަ ކަމެކެވެ. އިއްފަ ވެސް ވަނީ ކަނޑު އަޑީގައި ކުރަހައިގެން ވެސް އޭނާގެ ހުނަރުވެރިކަން ހާމަކޮށްފަ އެވެ.

މީގެ ކުރިން "މިހާރު" އަށް ދިން އިންޓަވިއުއެއްގައި އިއްފަ ބުނި ގޮތުގައި ކޮފީން ކުރެހުމަކީ އެއްގޮތަކަށް ވެސް ފަސޭހަ ކަމެއް ނޫނެވެ. އަނެއްކޮޅުން މި ވައްތަރު ކުރެހުން ދަސް ކުރަން ބަލާނެ ޓިއުޓޯރިއަލް ކަހަލަ އެއްޗެހި ވެސް އަދި ވަރަށް ތަދެވެ.

"ކޮފީން ކުރަހަންޏާ އެބަ ޖެހޭ އެ ހިކުމުގެ ކުރިން ކުރަހައި ނިންމާލަން. އަދި ވަކި ވަރަކަށް ކުލަގަނޑު ގެންގުޅެން ޖެހޭނީ ވެސް. އެ ހިކިއްޖެއްޔާ ދެން ކުރެހުން ކުރިއަކަށް ނުގެންދެވޭނެ. އެ ހަލާކުވީ. ނަމަވެސް ވަރަށް ހިތްހަމަޖެހޭ މިކުރެވުނު މަސައްކަތާ މެދު،" މާލޭގައި ދައްކާލި ގަހުވަ މައުރަޒާ ބެހޭ ގޮތުން އިއްފަ ބުނެފައި އެވެ.