މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ފަންޑެއް ހަދަން ޖެހޭ ގޮތަށް ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ބިލެއް ހުށަހަޅައިފި އެވެ.
09 ޑިސެމްބަރ 2019
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ފަންޑެއް ހަދަން ޖެހޭ ގޮތަށް ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ބިލެއް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު ހުށަހެޅުއްވި ބިލްގައި ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ފަންޑު، ބިލަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 60 ދުވަހުގެ ތެރޭގައި ގާއިމުކުރަން ވާނެ ކަމަށެވެ. ފަންޑު އެކުލަވާލުމުގައި އެހެނިހެން ގައުމުތަކުގައި ހިނގާ މިފަދަ ފަންޑުތަކަށާއި އެކަންކަމާ ގުޅޭ ބެސްޓް ޕްރެކްޓިސް އަށް ރިއާޔަތްކުރަން ވާނެ ކަމަށް ވެސް ބިލްގައިވެ އެވެ.
ބިލް ހުށަހެޅި މަގްސަދުގެ ގޮތުގައި ވަނީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދިވެހިންނާއި ރާއްޖެ އަށް ލިބިގެންވާ ގުދުރަތީ ދިރުންތަކާއި އެހެނިހެން ވަސީލަތްތައް ވެސް ހިމެނޭ ގޮތުން ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ހިމާޔަތްކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމެވެ.
ބިލްގައި ބުނެފައި ވަނީ ފަންޑު ބެލެހެއްޓުމަށް ރައީސް ބޯޑެއް އެކުލަވާލަން ވާނެ ކަމަށެވެ. އެ ބޯޑުގައި ތިމާވެއްޓާއި މޫސުމާ ބެހޭ ސިޔާސަތުތައް ތަންފީޒު ކުރުމަށް ކަނޑައަޅާފައިވާ ވުޒާރާގެ އިސް މުވައްޒަފަކާއި ފައިސާ އާއި މާލީ ކަންކަން ތަންފީޒު ކުރުމަށް ކަނޑައަޅާފައިވާ ވުޒާރާގެ އިސް މުވައްޒަފަކާއި ގައުމީ ތަރައްގީގެ ސިޔާސަތުތައް އެކުލަވާލުމަށް ކަނޑައަޅާފައިވާ ވުޒާރާގެ އިސް މުވައްޒަފެއް ހުންނަން ޖެހެ އެވެ.
ފަންޑަށް ޖަމާ ކުރެވޭނީ ބިލްގެ މަގްސަދުތައް ހާސިލް ކުރުމަށް ފަންޑަށްދޭ ވަސީލަތްތަކުން ލިބޭ ފައިސާ އާއި ބިލްގެ މަގްސަދުތައް ހާސިލް ކުރަން އެހީގެ ގޮތުގައި ލިބޭ ފައިސާ ކަމަށް ބިލްގައިވެ އެވެ.
ބިލްގައި ވަނީ ފަންޑަށް ލިބޭ ފައިސާ ބޭނުން ކުރަން ވާނީ މޫސުމަށް އަންނަ ބަދަލުތަކަށް ހޭނެވުމަށާއި ލިބޭ ގެއްލުން ކުޑަ ކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ޕްރޮގްރާމްތަކާއި މަޝްރޫއު ހިންގުމާއި މޫސުމަށް އަންނަ ބަދަލުތަކަށް އާންމުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުމަށް ކަމަށެވެ.
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ދިރާސާކޮށް، އެކަމަށް ބޭނުންވާ ގާބިލްކަން ހޯދުމާއި މިނިސްޓްރީން ފާސްކޮށްފައިވާ މަޝްރޫއުތަކާއި ޕްރޮގްރާމްތައް ހިންގަން ފައިސާ ބޭނުން ކުރެވޭނެ ކަމަށް ބިލްގައިވެ އެވެ.
ބިލްގައިވާ ގޮތުން ބިލަށް އަމަލު ކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ކައުންސިލްގެ ނަމުގައި ރައީސް ކައުންސިލެއް އުފައްދަން ވާނެ އެވެ. އެ ކައުންސިލްގެ މަގްސަދަކީ ގައުމީ ސިޔާސަތުތައް އެކުލަވާލައި ގަވައިދުތަކާ ޕްލޭންތައް ހަދައި މިނިސްޓްރީ އަށް ލަފާ ދިނުމެވެ.
އެގާރަ މެމްބަރުން ހިމެނޭ ކައުންސިލަށް މެމްބަރުން އައްޔަން ކުރުމާއި ވަކިކުރުމުގެ ބާރު ދީފައި އޮތީ ރައީސަށެވެ.
މިއީ އިރުވައި މޫސުން ފެށުން އެންމެ ލަސްވި ފަހަރު!
ރިކޯޑް ވަރަކަށް އިންޑިއާ، ޕާކިސްތާން ހޫނުގަދަވެދާނެ
މިދިޔަ މަހަކީ ދުނިޔެ އަށް އެންމެ ހޫނުވި މަސް
މޫސުމަށް އަންނަ ބަދަލުތަކުގެ ގޮތް ނިންމުމުގެ އިހުތިޔާރު
މޫސުމީ ބަދަލުތަކަށް ހައްލު ނުލިބޭތީ މަޖިލިހަށް ގަރާރެއް
ޕްލާސްޓިކް މަނާ ކުރަން މަޖިލިހުން ގަރާރެއް ފާސްކޮށްފި
އުތުރަށް މޫސުން ގޯސްވާނެތީ ސަމާލުވާން އެދެފި
ގިނައިން ވާރޭ ވެހުނު ކަމުގެ ރެކޯޑު ދިއްފުއްޓަށް
ފެން ހިންދާ ޕަމްޕް 72 ރަށަކަށް ފޮނުވައިފި
ވިއްސާރައިގެ ގެއްލުންތަކުން ރައްކާތެރިވާން އޮޕަރޭޝަނެއް