ނޭޕްލްސް (ޑިސެމްބަރު 12) – އިޓަލީގެ ނަޕޯލީގެ ކޯޗަކަށް އޭސީ މިލާނުގެ ކުރީގެ ކޯޗު އަދި ކުރީގެ މަޝްހޫރު މިޑްފީލްޑަރު ޖެނާރޫ ގަޓޫސޯ ހަމަޖައްސައިފި އެވެ.
12 ޑިސެމްބަރ 2019
ނޭޕްލްސް (ޑިސެމްބަރު 12) – އިޓަލީގެ ނަޕޯލީގެ ކޯޗަކަށް އޭސީ މިލާނުގެ ކުރީގެ ކޯޗު އަދި ކުރީގެ މަޝްހޫރު މިޑްފީލްޑަރު ޖެނާރޫ ގަޓޫސޯ ހަމަޖައްސައިފި އެވެ.
ގަޓޫސޯ މިލާނަށް ކޯޗުކޮށްދިން ދޮޅު އަހަރުގެ ތެރެއިން މިދިޔަ ސީޒަނުގައި އެ ޓީމު ގަދަ ހަތަރަކާ އެއް ޕޮއިންޓް ގާތަށް ގެންގޮސްދިނެވެ. އެކަމަކު ގަދަ ހަތަރެއް ކަށަވަރުނުވެ ޗެމްޕިއަންސް ލީގުން ފުރުސަތު ނުލިބުމުން ވަކިވީ އެވެ.
ގަޓޫސޯ އަށް ނަޕޯލީގެ ކޯޗުކަން ލިބުނީ ކުރީގެ ކޯޗު ކާލޯ އަންޗެލޮޓީ އަށް މި ސީޒަނުގައި އެކަށީގެންވާ ނަތީޖާއެއް ނުނެރެވޭތީ އަންގާރަ ދުވަހުގެރޭ މަގާމުން ވަކިކުރުމުންނެވެ. ގަޓޫސޯ ވަނީ އަންޗެލޮޓީގެ ކޯޗުކަމުގައި މިލާނަށް ކުޅެ 2003 އާއި 2007 ގައި ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ. ދުނިޔޭގެ އެންމެ ކާމިޔާބު ކޯޗުންގެ ތެރޭ ހިމެނޭ އަންޗެލޮޓީ މި ސީޒަނުގައި ނަޕޯލީ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރަށް ގެންގޮސްދިން ނަމަވެސް ލީގުގައި އޮތީ ހަތް ވަނައިގަ އެވެ. އެއީ މިދިޔަ އަހަރުތަކުގައި ޗެމްޕިއަންކަމަށް އެންމެ ބޮޑަށް ވާދަކުރި ޓީމުގެ ފެންވަރާ ބަލާއިރު ދަށް މަގާމެކެވެ.
އެ ޓީމާ ހަވާލުވެ ގަޓޫސޯ ބުނީ ނަޕޯލީ ހަތް ވަނައިގައި އޮތުމަކީ ލަދުވެތިކަމެއް ކަމަށާއި އަމާޒަކީ ޕޮއިންޓްތައް އަލުން ހޯދައި ޗެމްޕިއަންސް ލީގުން ޖާގައެއް ލިބޭ މަގާމަކަށް ޓީމު ގެންދިއުން ކަމަށެވެ.
ގަޓޫސޯ (ވ) އަންޗެލޮޓީއާ އެކު.
"އަންޗެލޮޓީ އަކީ އަހަރެންގެ ބައްޕައެއް ފަދަ މީހެއް. އޭނާ އަބަދުވެސް އަހަންނާ ވަރަށް ގާތް އަދި އަހަންނަށް ސަޕޯޓްދޭ. އަންޗެލޮޓީ ވަނީ ލިބެން ހުރި ހުރިހާ ކާމިޔާބެއް ހޯދާފައި އެކަމަކު އަހަރެން އަދިވެސް އެބަޖެހޭ ފެންވަރު ސާބިތުކޮށްދޭން،" އިޓަލީއާ އެކު 2006 ގެ ވޯލްޑް ކަޕް ކާމިޔާބުކުރި ގަޓޫސޯ ބުންޏެވެ.
ގަޓޫސޯ ހަވާލުވިއިރު ނަޕޯލީގެ ކުޅުންތެރިންނާ މެނޭޖްމަންޓާ ވެސް ވަނީ މައްސަލަ ޖެހިފަ އެވެ. ކްލަބުގެ ވެރިޔާ އޯރެލިއޯ ޑި ލޯރެންޓިސް ވަނީ ކުޅުންތެރިން ހަފުތާއެއް ވަންދެއް ޓްރެއިނިން ރިޓްރީޓަށްކަށް ދާން ނޮވެމްބަރު މަހު އަންގައިފަ އެވެ. އެކަމާ ކުޅުންތެރިން ދެކޮޅު ހެދުމުން މުސާރައިން ވަނީ ކަނޑައިފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ނަޕޯލީން ޖެނުއަރީ މަހު މިޑްފީލްޑަރު އެލަން އާއި ދެ ފޯވާޑުން ކަމަށްވާ ޑްރިއެސް މާޓިންސް އާއި ހޯސޭ ކަލެޔޮން ވިއްކާލައި ބަދަލުތަކެއް ގެންނާނެ އެވެ. އެ ޓީމުން ގެންނަން މަސައްކަތްކުރާ ކުޅުންތެރިންގެ ތެރޭގައި ގަޓޫސޯއާ އެކު މިލާނަށް ކުޅުނު ޒަލަޓާން އިބްރަހިމޮވިޗާއި ގަޓޫސޯގެ ކޯޗުކަމުގައި މިލާނަށް ކުޅުނު ފްރޭންކް ކެސިއޭ އާއި ރިކާޑޯ ރޮޑްރިގޭޒް ހިމެނެ އެވެ.
ނަޕޯލީން ވަކިވި ގަޓޫސޯ ފިއޮރެންޓީނާއަށް
ނަޕޯލީ ފައިނަލަށް އެކަމަކު ގަޓޫސޯ އެހާ އުފަލެއް ނުވޭ
ޔުވެންޓަސް ބަލިކޮށް ނަޕޯލީ ރޭހުގައި ކުރިއަށް
ލުކާކޫގެ ގޯލުން ނަޕޯލީ އަށް ހަ ޕޮއިންޓުގެ ލީޑެއް
އެމްބާޕޭ ނެތްތަން ފޫބައްދާނީ ކްވާރެޓްސްހޭލިއާ؟
ނަޕޯލީ އަށް އެއް ވަނަ ގެއްލިއްޖެ، އެޓަލާންޓާ ފޯމުގައި
އެޓަލާންޓާގެ "ބިރުގައި" ޖެހި ނަޕޯލީ ސަލާމަތެއް ނުވި
ލުކާކޫގެ މޮޅު ކުޅުމާ އެކު ނަޕޯލީ އެއް ވަނައިގައި
މެކްޓޮމިނޭ ދޫކޮށްލައި ޔުނައިޓެޑުން އުގާޓޭ ގެނެސްފި
ޓެކްޓިކަލް އާ ވިސްނުންތަކަކާ އެކު ކޮންޓޭ ނަޕޯލީ އަށް