Roadha Mihaaru
އެސްޓީއޯއިން ފިޔާ ކިލޯއެއް 40ރ. އަށް ވިއްކަނީ

ފިޔާ ގެނެސް އެސްޓީއޯއިން ކިލޯއެއް 40ރ. އަށް ވިއްކަނީ

17 ޑިސެމްބަރ 2019

ބާޒާރުގައި ފިޔާގެ އަގު ކޮންޓްރޯލް ކުރުމަށް އެސްޓީއޯއިން ފިޔާ ކިލޯއެއް 40ރ. އަށް ވިއްކަން ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ބާޒާރުގައި ފިޔާގެ އަގު ކޮންޓްރޯލް ކުރުމަށް އެސްޓީއޯއިން ފިޔާ ކިލޯއެއް 40ރ. އަށް ވިއްކަން ފަށައިފި އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފިޔާގެ އަގު ބޮޑުވުމުގެ ސަބަބުން އެކަން ހައްލު ކުރުމަށް އިންޑިއާއިން ފިޔާގެ އާ ޝިޕްމަންޓެއް ގެނެސްފައިވާ ކަމަށެވެ. އަދި މީގެ ސަބަބުން ބާޒާރުގައި ފިޔާގެ އަގު ކޮންޓްރޯލް ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަމްރު ކުރެއްވި ޓްވީޓް--

އެސްޓީއޯއިން ބުނީ އެ ކުންފުނިން ފިޔާ ވިއްކާއިރު ބަސްތާ ވަކިން ނުވިއްކާނެ ކަމަށެވެ. ފިޔާ ވިއްކާއިރު އެއްވެސް ލިމިޓެއް އަދި ކަނޑައަޅާފައި ނުވާ ކަމަށް ވެސް އެސްޓީއޯއިން ބުންޏެވެ.

އެސްޓީއޯއިން ފިޔާ ކިލޯއެއް 40ރ. އަށް ވިއްކާއިރު މިހާރު ބާޒާރުގައި ފިޔާ ކިލޯއެއްގެ އަގު ވަނީ 70ރ. އަށް އަރައިފަ އެވެ. އަދި ބަސްތާއެއްގެ އަގު ވަނީ 1200ރ އަށް އަރައިފަ އެވެ. މިއީ އިންޑިއާގައި ފިޔާގެ އަގު ބޮޑުވުމުގެ ސަބަބުން އައި ބަދަލުތަކެއް ކަމަށް ވިޔަފާރިވެރިން ބުނެ އެވެ.

އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނައިން ފިޔާ އެތެރެކުރާ ގައުމަށްވާއިރު އެ ގައުމުގައި ފިޔާގެ އަގު ކޮންޓްރޯލް ކުރެވޭނެ ކަމަށް ލަފާ ކޮށްފައިވަނީ އަންނަ އަހަރުގެ ޖެނުއަރީގަ އެވެ. ރާއްޖޭގެ ބައެއް ވިޔަފާރިވެރިން ބުނާގޮތުގައި ރާއްޖޭގެ މާކެޓުގައި ވެސް ފިޔާ އަގުހެޔޮ ވާނީ ޖެނުއަރީގަ އެވެ.