ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން އައްޔަން ކުރަން ނުފެންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާ އަރުވަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
16 ޖެނުއަރީ 2020
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން އައްޔަން ކުރަން ނުފެންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާ އަރުވަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ފާއިޒް އައްޔަން ކުރުމާ މެދު ޖޭއެސްސީގެ ލަފައަކަށް އެދިވަޑައިގެން ރައީސް އެ ކޮމިޝަނަށް ފޮނުއްވުމުން، ކުރިން އޮތީ ފާއިޒްގެ ނަމާ މެދު ލަފާ ދިނުން މަޑުޖައްސައިލައިފަ އެވެ.
ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އުއްތަމަ ފަނޑިޔާރުގެ މަގާމުގަ އާއި އޭގެ ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމުގައި ފާއިޒް ހުންނެވިއިރު، އެ ކޯޓުގެ އިހްތިސާސްގެ ބޭރުން ނިންމި ނިންމުންތަކުގައި ބައިވެރިވެވަޑައިގެންފައިވާ ކަމަށް އެކަމާ ބެހޭގޮތުން އެ ކޮމިޝަނުން އެކުލަވައިލި ދިރާސާ ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ކަމަށެވެ. އެހެންވެ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ފާއިޒް އައްޔަން ކުރަން ނުފެންނަ ކަމަށް ރައީސަށް ލަފާ އަރުވަން ނިިންމާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.
ގާނޫނުއަސާސީ ބުނާގޮތުން ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރެވޭނީ ޖޭއެސްސީގެ ލަފާގެ މަތިން ރައްޔިތުންގެ މަޖިލީހަށް ރައީސް ފޮނުއްވާ ނަންފުޅުތަކަކަށް ބިނާކޮށް، އެ މަޖިލީހުންނެވެ.
އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނަވަނިކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ކުޑަކުރުމުގެ ގޮތުން ކަމަށް ބުނެ ފާއިޒް މަގާމުން ވަކިކުރީ 2014 ވަނަ އަހަރު އެވެ.
ފާއިޒް، ސުޕްރީމް ކޯޓަށް އައްޔަންކުރަން ނުފެންނަ ކަމަށް ޖޭއެސްސީން ނިންމިއިރު، އެ ކޯޓުގެ ފަނޑިޔާރު ކަމަށް ފަސް ބޭފުޅަކު ދާދި ފަހުން ވަނީ އައްޔަން ކުރައްވައިފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި މިހާރު ތިއްބެވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު ހުސްނުއްސުއޫދުގެ އިތުރުން ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު އަދި ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.
ސުޕްރީމް ކޯޓުގައި އަދި އިތުރު ދެ މަގާމެއް ހުސްކޮށް އެބައޮތެވެ.
ސުޕްރީމް ކޯޓަށް ފާއިޒް އައްޔަންކުރަން ލަފައަކަށް އެދެފި
ފަނޑިޔާރުގެއަށް ޖޭއެސްސީގެ ހިޔަނި
ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުން ހުއްޓާލާ: އިބޫ
އަލީ ރަޝީދާއި ޑރ. މުހައްމަދުގެ ނަން މަޖިލީހަށް
ޝަރުއީ ދާއިރާ އިސްލާހު ކުރަނީ ހެޔޮ ނިޔަތުގައި: ރައީސް
ރައޫފް ސުޕްރީމް ކޯޓަށް އައްޔަންކުރާކަށްނުފެނޭ: ޖޭއެސްސީ
ނަން ހުށަހެޅުއްވީތީ ފާއިޒްގެ ޝުކުރު ރައީސަށް
ފާއިޒްގެ މައްސަލަތަކެއް ޖޭއެސްސީން ބަލަނީ
ސުޕްރީމް ކޯޓުން ޖޭއެސްސީއަށް ފަނޑިޔާރު ޝުޖޫން
މުއުތަސިމާއި ސުއޫދު ސުޕްރީމް ކޯޓަށް އައްޔަންކޮށްފި