މެޑްރިޑް (އޮކްޓޯބަރު 5) - ރެއާލް މެޑްރިޑުގައި ކުޅުމުގެ އެކަށީގެންވާ ފުރުސަތު ނުލިބޭ ނަމަ ކްލަބް ދޫކޮށްލަން ތައްޔާރަށް ހުރި ކަމަށް އެ ޓީމުގެ ސްޕެނިޝް މިޑްފީލްޑަރު އިސްކޯ ބުނެފި އެވެ.
05 އޮކްޓޯބަރ 2016
މެޑްރިޑް (އޮކްޓޯބަރު 5) - ރެއާލް މެޑްރިޑުގައި ކުޅުމުގެ އެކަށީގެންވާ ފުރުސަތު ނުލިބޭ ނަމަ ކްލަބް ދޫކޮށްލަން ތައްޔާރަށް ހުރި ކަމަށް އެ ޓީމުގެ ސްޕެނިޝް މިޑްފީލްޑަރު އިސްކޯ ބުނެފި އެވެ.
މަލާގާ އިން މީގެ ތިން އަހަރު ކުރިން 30 މިލިއަން ޔޫރޯއަށް ރެއާލާ ގުޅުނު މިޑްފީލްޑަރަށް ކާލޯ އަންޗެލޮޓީ އަދި ޒައިނުއްދީން ޒިދާންގެ ކޯޗުކަމުގެ ދަށުން ވެސް ފުރުސަތެއް ނުލިބެ އެވެ.
"ރަނގަޅަށް ޕްރެކްޓިހުގައި މަސައްކަތްކުރާއިރު ވެސް ކޯޗު ފުރުސަތު ނުދިނުމަކީ ވަރަށް އުނދަގޫކަމެއް. އެކަމަކު މީގައި އޮތީ އަހަރެންގެ މައްސަލައެއް. ފުރުސަތު ނުލިބެންޏާ ޒިންމާވާން ޖެހޭނީ އަހަރެން،" އިސްކޯ ބުންޏެވެ.
އިސްކޯ ބުނީ ކާމިޔާބު ކުޅުންތެރިޔަކަށް ވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި ފަހަރުގައި އެކަން ރެއާލް މެޑްރިޑުގައި ހާސިލްނުވާނެ ކަމަށެވެ.
"ކޮންޓްރެކްޓުގައި ދެ އަހަރު އެބައޮތް. ކްލަބުން އަހަންނާ އަދި މަޝްވަރާއެއް ނުކުރޭ. އަހަރެން ވެސް އަދި އެހެން ކްލަބަކާ މެދު ނުވިސްނަން. އެކަމަކު ރެއާލް މެޑްރިޑުގައި ކާމިޔާބު ކުޅުންތެރިޔަކަށް ނުވަންޏާ ކޮންމެވެސް އެހެން ކްލަބެއްގައި އެކަން ހާސިލްވާނެ. އެކަމަކު އަދިވެސް އުއްމީދަކީ ރެއާލުގެ މުހިއްމު ކުޅުންތެރިޔަކަށް ވުން،" އިސްކޯ ބުންޏެވެ.
އިސްކޯ އަށް ޕްރިމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ހޮޓްސްޕާސް އިން ޝައުގުވެރިވެ އެވެ.
ރެއާލުން ދޫކޮށްލި އިސްކޯ ސެވިއްޔާ އަށް
ފުރުސަތު ނުދޭތީ އިސްކޯ ހިތްހަމަނުޖެހިފައި
ބޭލް އާއި ރޮނާލްޑޯ ނެތި އިސްކޯ ތަފާތު ދައްކައިފި
އިސްކޯގެ ބަދަލުގައި މެޑްރިޑަށް ހަޒާޑް؟
އިސްކޯ އާއި ޖޭމްސް ވިއްކާލަން ރެއާލުން ބޭނުމެއް ނުވޭ
އެތުލެޓިކޯގެ މައްޗަށް ރެއާލުން ހަނި އެޑްވާންޓޭޖެއް ނަގައިފި
ބެލޮންޑިއޯ ހަފުލާއަށް ނުދިޔައީ ރެއާލުން ބުނެގެން: ވިނީ
ލީގު ހޯދުމުގައި ރެއާލް މެޑްރިޑަށް ގޮންޖެހުމެއް
އެންޓޮނީގެ ރަތްކާޑު ކެންސަލް، ރެއާލާ ދެކޮޅަށް ކުޅެވޭނެ
ސްޕެއިން ފެޑެރޭޝަނުން ރެއާލާ ދެކޮޅަށް ފިޔަވަޅު އަޅަނީ