މިއަަހަރުގެ ޖޫން މަހު ބާއްވާ ޔޫއެފާ ޔޫރޯ ކަޕާ ދިމާކޮށް ކޮކާ ކޯލާ އިން ކުރިއަށްގެންދާ ޔޫރޯ ޕްރޮމޯޝަނުގެ ފުރަތަމަ ދެ ނަސީބުވެރިން ހޮވައިފި އެވެ.
09 ފެބުރުއަރީ 2020
މިއަަހަރުގެ ޖޫން މަހު ބާއްވާ ޔޫއެފާ ޔޫރޯ ކަޕާ ދިމާކޮށް ކޮކާ ކޯލާ އިން ކުރިއަށްގެންދާ ޔޫރޯ ޕްރޮމޯޝަނުގެ ފުރަތަމަ ދެ ނަސީބުވެރިން ހޮވައިފި އެވެ.
އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ހޮވާފައިވަނީ ކޮންމެ ދުވަހަކު ދޭ އައިފޯން 11 ގެ ނަސީބުވެރި ފަރާތާއި ހަފްތާގެ ނަސީބުވެރި ފަރާތެވެ. އައިފޯން 11 ގެ ނަސީބުވެރިއަކަށް ހޮވުނީ VDRGHK ކޯޑުގެ ވެރިފަރާތެވެ. އަދި ހަފުތާގެ އިނާމުގެ ނަސީބުވެރިއަކަށް ހޮވުނީ SYMUXL ކޯޑުގެ ވެރިފަރާތެވެ. ހަފުތާގެ އިނާމެއްގެ ގޮތުން ހުށަހަޅާފައިވަނީ އަޔަލެންޑުގެ ދަތުރެކެވެ.
މި ޕްރޮމޯޝަންގައި، މި އަހަރުގެ ޔޫރޯ ކަޕް ބަލައިލުމުގެ ފުރުސަތު 10 މީހަކަށް ލިބޭނެ އެވެ. ކޮންމެ މީހަކަށް އިތުރު މީހަކު ގެންދިއުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ. މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ރަން ކުލައިގެ މަތިގަނޑު ޖަހާފައި ހުންނަ 1.5 ލީޓަރުގެ ކޯކު ފުޅިީގެ މަތިގަޑުގައި އިންނަ ކޯޑު 2626 އަށް އެސްއެމްއެސް ކޮށްގެންނެވެ.
ކޮކާ ކޯލާ އިން އަންނަނީ ފުޓުބޯޅައިގެ އެކި މުބާރާތްތަކާ ދިމާކޮށް މިފަދަ ޕްރޮޮމޯޝަންތައް ހިންގަމުންނެވެ. އެގޮތުން، ފާއިތުވި އަހަރުތަކުގައި ވެސް ޔޫރޯ މުބާރާތްތަކާއި އިނގިރޭސި ޕްރިމިއާ ލީގުގެ މެޗުތައް ބަލާލަން ދިއުމުގެ ފުރުސަތު ވެސް އެ ކުންފުނިން ވަނީ ދީފަ އެވެ.
ޔޫރޯގެ ފައިނަލް މެޗު ބަލަން ޖަރުމަނަށް ފޮނުވަނީ
އެންޒޯގެ ހާއްސަވަގުތު މާސެލޯގެ ދެމަފިރިންނަށް ސަމާލުކަން
ޒުވާން ކުޅުންތެރިންގެ ރެކޯޑްގައި އާސެނަލް ބީޓްނުކުރެވޭނެ
ޑޭވިޑް ލުއިޒް، ކުޑަކުޑަ ޓީމަކާއެކު މޮނާކޯ ހުއްޓުވައިފި
ސުޕަ ލީގުގެ ކުންފުނިން ޔުނިޓީ ލީގު އިއުލާން ކުރަނީ
ބަދަލު ހޯދަން ޔޫއެފާ ގޮވައިގެން ރެއާލުން ކޯޓަށް ދަނީ
ޗެމްޕިއަންސް ލީގުގައި ރޭ ގިނަ ގޯލުތަކެއް
ނެޓްފްލިކްސް އަށް ޗެމްޕިއަންސް ލީގު އަންނަނީ؟
ލީގު މެޗުތަކެއް ގައުމުން ބޭރުގައި ކުޅެން ހުއްދަދީފި
އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގު ފައިނަލް މެޑްރިޑްގައި