ރޯދަ އަށް ހާއްސަކޮށްގެން ރަންފައުނުން 35 ޕަސެންޓާ ހަމަ އަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
19 ފެބުރުއަރީ 2020
ރޯދަ އަށް ހާއްސަކޮށްގެން ރަންފައުނުން 35 ޕަސެންޓާ ހަމަ އަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
މި ޕްރޮމޯޝަންގައި އާއްމުކޮށް ރޯދަ މަހު ބަދިގެ އަށް ބޭނުންވާ އިލެކްޓްރޯނިކް ސާމާނާއި ގޭތެރެއަށް ބޭނުންވާ ބައެއް ސާމާނު ހެޔޮ އަގުގައި ލިބެން ހުންނާނެ އެވެ. މީގެ ތެރޭގައި ރާއްޖޭގެ މަގުބޫލު ބްރޭންޑުތަކުގެ އަވަނާއި މައިކްރޮވޭވް އަދި މިކްސަރުގެ އިތުރުން އެއާ ފްރަޔާ އާއި ކަރަންޓުން ފެން ކައްކާ ކުރާ ފަދަ ތަކެތި ހިމެނެ އެވެ.
ރަންފައުނު އެންމެ ބޮޑަށް ފާހަގަކުރެވެނީ އެ ފިހާރައިން ވިއްކާ އޭސީތަކާއި ޓީވީ އެވެ. އެލްޖީ އާއި ޕެނަސޮނިކްގެ އޭސީތަކަކީ ކަރަންޓުގެ ހަރަދު ކުޑަ ކޮލިޓީ ރަނގަޅު އުފެއްދުމެވެ. މި އޭސީތަކުން ބޮޑެތި ޑިސްކައުންޓުތައް ދީފައިވާއިރު ގޭގައި ހަރުކޮށްދިނުން ވެސް ވަނީ އަގުހެޔޮ ކޮށްފަ އެވެ. އަދި އެ ފިހާރައިން ވިއްކާ ހައިސެންސް، އެލްޖީ، ޕެނަސޮނިކް އަދި ސެމްސަންގް ޓީވީ އަކީ ވެސް ދިވެހިންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ބްރޭންޑުތަކެވެ.
އެ ފިހާރައިގެ އޮފިޝަލަކު ވިދާޅުވީ އެ ފިހާރައިން ވިއްކާ ހުރިހާ އެއްޗެއް ވެސް ބޯޓުތަކަށް ހިލޭ ޑެލިވަރީކޮށްދޭނެ ކަމަށެވެ. މިއީ ރަށްރަށުން ވިޔަފާރިކުރަން އަންނަ މީހުންނަށް ފަސޭހަކަމާއެކު ވިޔަފާރި ކުރުމުގެ ފުރުސަތު ހޯދައި ދިނުމަށް ފެށި ހިދުމަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން އެ ފިހާރައިން ވިއްކާ ތަކެތި ބަލައިލަން ބޭނުންވާ މީހުންނަށް ގޭގައި ތިބެގެން އެ ފިހާރައިގެ ފޭސްބުކް ޕޭޖް، ޓޮޕް ޑީލްސް އެމްވީ (TopDeals.mv) އިން އެތަކެތި ބަލާލެވޭނެ އެވެ.
ރޯދަ މަސް ފެށެންދެން ކުރިއަށްގެންދާ މި ޕްރޮމޯޝަން ހުޅުމާލެގައި ހުންނަ ފިހާރައިގައި ވެސް ކުރިއަށް ގެންދާނެ އެވެ. މާލޭގައި ރަންފައުނު ފިހާރަ ހުންނާނީ އިލެކްޝަންސް ކޮމިޝަންގެ މައި އޮފީސް ހުންނަ އިމާރާތް ކައިރީ، ބުރުޒު މަގުގަ އެވެ.
ރެޑްވޭވް ރޯދަ ސޭލްގެ ނަސީބުވެރިން ހޮވައިފި
ރެޑްވޭވުން ވެސް ފިޔާގެ އަގު ހެޔޮކޮށްފި
އެންމެންގެ ރޯދަ ސޭލްގެ ހަތަރުވަނަ ނަސީބުވެރިޔާ ހޮވައިފި
އޮޒާރޯ ސޭލްގެ އިނާމު، ގެޔާއި ބަދިގޭގެ ސާމާނުތަކެއް
ރެއިންބޯގެ ރަމަޟާން ސޭލް ފަށައިފި
ރެޕިއުޓްގެ އާ ފިހާރައެއް ހުޅުމާލޭގައި
ތިން ރެސްޓޯރެންޓަކާ އެކު އެމްއައިބީގެ ޕްރޮމޯޝަނެއް
ފިލިޕީންސްގެ "ރޯޔަލް އެކަޑަމީ" އަށް ރާއްޖޭގެ ހުއްދަ
ރޯދައަށް އެމްއައިބީގެ "ކާޑުން ކަނޑާލާ" ޕްރޮމޯޝަން
"ހޮންޑާ ރިބެލް" ލިބުނު ނަސީބުވެރިޔާއަށް ސައިކަލު ދީފި