Roadha Mihaaru
އިތުރު މައްސަލަތަކެއްގެ ތަހުގީގަށް ޔާމީން ހާޒިރުކުރަނީ

އިތުރު މައްސަލަތަކެއްގެ ތަހުގީގަށް ޔާމީން ހާޒިރުކުރަނީ

25 ފެބުރުއަރީ 2020

އިތުރު މައްސަލަތަކެއްގެ ތަހުގީގަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ހާޒިރުވާން ފުލުހުން އިއްޔެ އަންގާފައިވާ ކަމަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އިތުރު މައްސަލަތަކެއްގެ ތަހުގީގަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ހާޒިރުވާން ފުލުހުން އިއްޔެ އަންގާފައިވާ ކަމަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އެ ހުކުމް އިސްތިއުނާފް ކުރަން އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅުއްވުމުން އެ މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުން މިހާރު ވަނީ ފަށައިފަ އެވެ.

ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޔާމީނަށް ކުރި ދައުވާ އަކީ ގާނޫނީ ބުރަދަނެއް ނެތް ސިޔާސީ ދައުވާއެއް ކަން އިސްތިއުނާފްގެ މައްސަލައިގެ ތެރެއިން ހާމަވާން ފެށުމުން އިތުރު މައްސަލަތަކެއްގެ ތަހުގީގަށް ޔާމީން ހާޒިރުވާން ފުލުހުން އިއްޔެ އަންގާފައިވާ ކަމަށެވެ. އަދި މި ސަރުކާރަށް އަހަރެއް ވީއިރު ވެސް އެއްވެސް ކަމެއް ނުވެ، ފެއިލްވުމުން ޔާމީން ދެކެ ހިތްހަމަނުޖެހެން ޖެހޭ ސަބަބެއް ނެތް ކަމަށް ޖަމީލްގެ ޓްވީޓްގައިވެ އެވެ.

އެކަމަކު، ޔާމީން ފުލުހަށް ހާޒިރު ކުރަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އަދި ހާޒިރު ކުރަނީ ކޮން ވަގުތަކު ކަމެއް ޖަމީލް ހާމައެއް ނުކުރައްވަ އެވެ.

ޖަމީލްގެ ޓްވީޓް

ޔާމީންގެ އިސްތިއުނާފް މައްސަލަ ނިމެންދެން އެމަނިކުފާނު ކަފާލާތުގެ ދަށުން މިނިވަން ކޮށްދޭން ހައި ކޯޓުގައި އެދުނަސް، އެ ކޯޓުން ވަނީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް ނިންމައިފަ އެވެ. އަދި އެ ނިންމުން މުރާޖާ ކުރަން ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓުގައި އެދުމުން އެ ނިންމުން މުރާޖާ ކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ވެސް އެ ކޯޓުން އިއްޔެ ވަނީ ނިންމައިފަ އެވެ.