26 ފެބުރުއަރީ 2020
ބަލްގޭރިއާގެ މޮޅު އުފެއްދުމެއް ކަމަށްވާ "ކިން ޔޯގަޓް" އެމްޔޫ ސްޓޯރުން ރާއްޖެ އަށް ތައާރަފުކޮށްފި އެވެ.
ބަލްގޭރިއާގެ މޮޅު އުފެއްދުމެއް ކަމަށްވާ "ކިން ޔޯގަޓް" އެމްޔޫ ސްޓޯރުން ރާއްޖެ އަށް ތައާރަފުކޮށްފި އެވެ.
ކިން ޔޯގަޓް، ރާއްޖޭގެ ބާޒާރުގައި އާއްމުކޮށް ލިބެން ހުންނަ ޔޯގަޓާ ހިލާފަށް ހުންނާނީ ބުއިމެއްގެ ގޮތުގަ އެވެ. މި ޔޯގަޓަކީ ހެނދުނުގެ ނާސްތާ އިން ފެށިގެން ދުވަހުގެ ހުރިހާ ކެއުމެއްގައި ވެސް ބޭނުން ކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ބުއިމެކެވެ. އަދި ހަށިގަނޑުގައި ވަރު ޖައްސާލުމަށް ކޮންމެ ވަގުތަކު ވެސް މި ބުއިން ބޭނުން ކުރެވިދާނެ އެވެ.
މި ޔޯގަޓަކީ ހަށިގަނޑަށް ފައިދާހުރި އެތައް މާއްދާއެއް އެކުލެވޭ ގޮތަށް ސިއްހަތަށް ފައިދާ ހުރި ބެކްޓީރިއާއެއް ކަމަށްވާ އެމް.ބީ11 ބޭނުން ކޮށްގެން ތައްޔާރުކުރާ ބުއިމެކެވެ. މީގެ ތެރޭގައި ޕްރޮޓީން އާއި ކެލްސިއަމް އަދި ދިފާއީ ނިޒާމް ވަރުގަދަކޮށްދޭ ތަފާތު މާއްދާތައް ހިމެނެ އެވެ. މީގެ އިތުރުން ތަފާތު އެކި ރަހަތައް ހިމެނުމުގެ ގޮތުން ތާޒާ މޭވާ ވެސް މި ޔޯގަޓް ތައްޔާރުކުރުމުގައި ބޭނުންކުރެ އެވެ.
މި ޔޯގަޓުގެ ލައިޗީ އާއި ބްލޫބެރީ އަދި ޕްލެއިން ފްލޭވާތައް މިހާރު ރާއްޖޭން ލިބެން ހުންނާނެ އެވެ. މި ބްރޭންޑުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާއަކީ އެމްޔޫ ސްޓޯރެވެ.
ކިން ޔޯގަޓް އުފައްދާ ބަލްގޭރިއާ އަކީ ޔޯގަޓުގެ އުފެއްދުންތަކަށް ހާއްސަ ގައުމެކެވެ.
"ހިނގާ ސައިބޯން ދާން" ޖެފް ޓީ ޕްރޮމޯޝަން
އެމްޔޫ ސްޓޯރުން ލެކްނޯ ގަނެގެން ދުބާއީ ދަތުރެއް
އަގުހުރި އިނާމާއެކު އެމްޔޫ އެކްސްޕްރެސް ރޯދަ ޕްރޮމޯޝަން
އިންޑޯ މިލްކުގެ ވަރަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި
އެމްޔޫ ސްޓޯރުން އާ އުފެއްދުންތަކެއް ތައާރަފްކޮށްފި
"މިލްކް ކިސް" ޔޯގަޓް އެމްޔޫ ސްޓޯރުން ވިއްކަނީ
އެމްޔޫ ސްޓޯރުން ލެކްނޯގެ އާ ރަހަތަކެއް ތައާރަފުކޮށްފި
"އެމީ ޔޯގަޓް"ގެ ރަހަ ބަލަން އެންމެ ވެސް ދާން ވާނެ
އޯވީއެސް: ވަރަށް ކޮލިޓީ، ނުވަދެ ވާކަށް ނެތް
ލެކްނޯޯގެ ޖޫހާއި ކިރު ޕެކެޓް ގަނެގެން އައިޕެޑެއް