ކަލިނަރީ އޮލިމްޕިކްސްގައި އެންމެ ގިނަ އެވޯޑު ލިބުނު ރާއްޖޭގެ ރިސޯޓަކަށް ހެރިޓެންސް އާރަށަށް ވެއްޖެ އެވެ.
29 ފެބުރުއަރީ 2020
ކަލިނަރީ އޮލިމްޕިކްސްގައި އެންމެ ގިނަ އެވޯޑު ލިބުނު ރާއްޖޭގެ ރިސޯޓަކަށް ހެރިޓެންސް އާރަށަށް ވެއްޖެ އެވެ.
މިއީ މިހާ ގިނަ އެވޯޑުތަކެއް ރާއްޖޭގެ ރިސޯޓަކަށް ލިބުނު ފުރަތަމަ ފަހަރެވެ. އައިކާ ކަލިނަރީ އޮލިމްޕިކްސް އިން އެ ރިސޯޓަށް ވަނީ ހަތަރު ގޯލްޑް މެޑަލް އާއި ހަތް ސިލްވާ މެޑަލްގެ އިތުރުން ދެ ބްރޮންޒް ލިބިފަ އެވެ.
މި މަހުގެ 14 އިން 19 ކުރިއަށް ގެންދިޔަ މި މުބާރާތުގައި 2000 ޝެފުން ބައިވެރިވި އެވެ. މި މުބާރާތުގައި 59 ގައުމުން ބައިވެރިވި އިރު 7،000 މެނޫ ތަމްސީލު ކޮށްފައިވެ އެވެ. އާރަށުގެ ޓީމު ހިމެނެނީ، ސްރީ ލަންކާ އިން ވާދަކުރި ޓީމުގެ 28 މެންބަރުންގެ ތެރޭގަ އެވެ.
ހެރިޓެންސް އާރަށުގައި 150 ވިލާ ހިމެނޭ އިރު ހަ ރެސްޓޯރެންޓް އެ ރިސޯޓު ހުރެ އެވެ. އެ ރެސްޓޯރެންޓްތަކުން ތަފާތު ކުއިޒީންތަކުގެ ކެއުންތައް ތައްޔާރު ކުރެ އެވެ. އެ ރިސޯޓު ހިންގާ އައިކެން ސްޕެންސް ގެ ޑިރެކްޓަރު އަދި ޗެއާމަން ސްޓާޝަނީ ޖަޔާވަރުދީނާ ވިދާޅުވީ، ހެރިޓެންސް އާރަށް ވެސް، އެ ކުންފުނިން ރާއްޖެ އާއި ސްރީލަންކާގައި ހިންގާ އެހެން ޕްރޮޕަޓީތަކާ އެއްގޮތަށް ކަލިނަރީގައި މަޝްހޫރުކަން ހޯދާފައިވާ ކަމަށެވެ.
ހެރިޓެންސް އާރަށުން ބައިވެރިވި ޝެފުން--ފޮޓޯ: 960 ކޮންސަލްޓެންޓްސް
ސްރީ ލަންކާގެ މި ކުންފުނީގެ ހަތް ރިސޯޓު ރާއްޖޭގައި ހިންގަ އެވެ. އަދި ހަތަރު ރިސޯޓެއް ހިންގަނީ އޮމާންގަ އެވެ. އިންޑިއާގައި އެއް ރިސޯޓު ހިންގަ އެވެ.
ކެއްކުމުގެ ދާއިރާ އިން ދުނިޔޭގައި ބާއްވާ އެންމެ ބޮޑު މުބާރާތް ކަމުގައިވާ، ކަލިނަރީ އޮލިމްޕިކްސްގައި ރާއްޖެ އިން ވެސް ދެ މެޑަލް ހޯދައިފަ އެވެ. ކަލިނަރީ އޮލިމްޕިކްސް އަކީ ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ބާއްވާ މުބާރާތެކެވެ. މި މުބާރާތުގައި ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ނަން މަޝްހޫރު ޝެފުން ބައިވެރިވެ އެވެ.
ރިސޯޓުތަކުގެ ޝެފުންނަށް މާސްޓާ ކްލާހެއް ބާއްވައިފި
އެންމެ މޮޅު ޝެފުންގެ ތެރޭގައި ސަމާ އައިލެންޑްގެ ޖެކް
ކައުންސިލްތަކުގެ ރަށްތައް ޓޫރިޒަމަށް ދޭ ގޮތަށް ބަދަލެއް
އޮސްކާގެ އިނާމުތަކުގައި ރާއްޖޭގެ ޗުއްޓީ ދަތުރެއް
ރިސޯޓުތަކުން ޑޮލަރު މާރުކުރުމުގެ ހެޔޮ އަސަރު ރިޒާވަށް
ބީއެމްއެލްއިން ގްރީން ރިސޯޓް ފައިނޭންސިން ތައާރަފްކޮށްފި
ޓޫރިޒަމްގެ މާލީ ހައްލުތަކަށް ބީއެމްއެލް ތައްޔާރު:ޝަރީފް
ރިސޯޓުތަކުން މިހާތަނަށް 25 މިލިއަން ޑޮލަރު މާރުކޮށްފި
ހއ. އަތޮޅުގައި 600 މިލިއަން ޑޮލަރުގެ ރިސޯޓެއް
އިމިގްރޭޝަނަށް ފިލަން 60 ބިދޭސީން މަޑުއްވަރީއަށް