ކޮވިޑް-19 ރޯގާގެ ހާލަތު ގޯސްވެ ސްކޫލްތައް ބަންދުކުރަން ޖެހުނަސް އޮންލައިންކޮށް ކިޔަވައިދެވޭ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން ތައްޔާރުވާން ފަށައިފި އެވެ.
ކޮވިޑް-19 ރޯގާގެ ހާލަތު ގޯސްވެ ސްކޫލްތައް ބަންދުކުރަން ޖެހުނަސް އޮންލައިންކޮށް ކިޔަވައިދެވޭ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން ތައްޔާރުވާން ފަށައިފި އެވެ.
ކިޔަވައިދިނުމަށް ބޭނުންވާ މެޓީރިއަލްތައް ޓީޗަރުންނާއި ދަރިވަރުންނަށް އޮންލައިންކޮށް ލިބޭ ގޮތަށް ކަރިކިއުލަމް ރިސޯސް ޝެއާރިން ޕްލެޓްފޯމެއް ހަދަން އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ އަމިއްލަ ކުންފުންޏެއް ކަމަށްވާ "ޖަވާބު" އާ ހަވާލުކޮށްފަ އެވެ.
ވެބްޑިޒައިނިން އާއި އެޕް ޑިވެލޮޕްމަންޓާއި ގްރެފިކް ޑިޒައިނިން އާއި ކޮންސަލްޓިންގެ ހިދުމަތް ދޭ "ޖަވާބު" އިން މި މަސައްކަތް ކުރަނީ ސީއެސްއާރް ޕްރޮޖެކްޓެއްގެ ގޮތުގައި ހިލޭސާބަހަށް ކަމަށް އެ ކުންފުނީގެ ފޭސްބުކް ޕޭޖުގައި ބުނެފައިވެ އެވެ.
"ކޮވިޑް-19 ކާރިސާގެ ވަގުތުގައި ގައުމަށް މި ކުންފުނިން ވެދޭ އެހީއެއްގެ ގޮތުގައި، އެޑިއުކޭޝަން މިނިސްޓްރީގެ އެދުމަކަށް މި އަންނަނީ، ސްކޫލްތައް ބަންދުކުރަން ޖެހިއްޖެ ހާލަތެއްގައި ބޭނުންކުރުމަށް، އޮންލައިން ކަރިކިއުލަމް ރިސޯސް ޝެއާރިން ޕްލެޓްފޯމެއް ހަދަމުން،" ޖަވާބުގެ ޓީމުން މަސައްކަތްކުރަން ތިބި ތަނުގެ ފޮޓޯއަކާ އެކު ފޭސްބުކްގައި ކުރި ޕޯސްޓްގައި ބުނެފައިވެ އެވެ.
އެނގިފައިވާ ގޮތުގައި މި މަސައްކަތް އެ ކުންފުނިން ފެށީ އެޑިއުކޭޝަން މިނިސްޓްރީގެ އެދުމަކަށް މިއަދު އެވެ. އެ ކުންފުނީގެ ޓީމުން މަސައްކަތްކުރަމުން އަންނަނީ މާދަމާ އަށް މި މަސައްކަތް ނިންމައި ހަވާލުކުރުމަށެވެ.
ކޮވިޑް-19 ޖެހިފައިވާ އަށް މީހަކު ރާއްޖޭން ފެނިފައި ވާތީ އެތައް ބަޔަކު އަންނަނީ އަންނަ ހަފުތާގައި އަލުން ސްކޫލްތައް ހުޅުވުން ފަސްކުރަން ގޮވާލަމުންނެވެ. ނަމަވެސް ސަރުކާރުން ބުނަމުން އަންނަނީ ސްކޫލްތައް ބަންދުކުރާ ފަދަ ހާލަތަށް ރޯގާގެ ކަންތައް އަދި ނުދާ ކަމަށާއި އެކަމަކު ކަންކަން ބަދަލުވަމުންދާ ގޮތަކުން ސްކޫލުތައް ބަންދުކުރަން ޖެހުނަސް އެކަމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
ބައެއް ޑޮކްޓަރުންގެ އިތުރުން، މެޑިކަލް އެސޯސިއޭޝަނުންނާއި ޓީޗާސް އެސޯސިއޭޝަނުން ވެސް ވަނީ، ކިޔެވުން ފެށުން ފަސްކުރުމަށް އެދިފަ އެވެ.
ސްކޫލްތަކުގެ ބޮޑު ޗުއްޓީ ފަށައިފި
މަޖީދިއްޔާގެ ޕްރިންސިޕަލް އައިސްތު ރިޓަޔާ ކުރައްވައިފި
ސެޕްޓެމްބަރުގެ ނިޔަލަށް ސްކޫލްތައް އޭސީކޮށް ނިންމަނީ
"އެކްޓިވިޓީ ކަލަންޑަރު" ހެދުމުގެ ކުރިން ހިޔާލު ހޯދަނީ
އޯވަލޯޑު ނުވާނެ ގޮތަކަށް ހަރަކާތްތައް ބާއްވަން އެދިއްޖެ
ގްރޭޑް 9،8 ގެ ދަރިވަރުންގެ އޯ ލެވެލް އަންނަ އަހަރު
ކުދިން ބައިވެރިކުރާ ހަރަކާތްތަކަށް ހުއްދަ ހޯދަން ޖެހޭ
ޓެބްލެޓްތަކާ ގުޅިގެން 23 މިލިއަން ދޭން ޖެހިއްޖެ
ހުރިހާ ޓޮޕް 10 ގައި އެންމެ އުފާވެރި މާމަ
150 އެއްހާ ސްކޫލްގައި ހެލްތު އޮފިސަރުންނެއް ނެތް!