ކޮވިޑް-19 އަށް ޕޮޒިޓިވްވި އިޓަލީގެ ޓޫރިސްޓު މީހާ މާލޭގައި ދެ ދުވަސް ވަންދެން ހުރި މާގިރި ހޮޓާ ޑިސްއިންފެކްޓްކުރުމަށް ފަހު މިއަދު ހުޅުވައިފި އެވެ.
16 މާޗް 2020
ކޮވިޑް-19 އަށް ޕޮޒިޓިވްވި އިޓަލީގެ ޓޫރިސްޓު މީހާ މާލޭގައި ދެ ދުވަސް ވަންދެން ހުރި މާގިރި ހޮޓާ ޑިސްއިންފެކްޓްކުރުމަށް ފަހު މިއަދު ހުޅުވައިފި އެވެ.
މާގިރި ހޮޓެލްގެ ޖެނެރަލް މެނޭޖަރު އަހުމަދު ސައީދު ވިދާޅުވީ ކޮވިޑް-19 ޖެހިފައި ހުރި މީހަކު އެ ހޮޓަލުގައި އުޅެފައި ވާތީ، ފުރިހަމަ ކުރަން ޖެހޭ 14 ދުވަހުގެ އިންކިއުބޭޝަން މުއްދަތު އެޗްޕީއޭގެ ބެލުމުގެ ދަށުން ފުރިހަމަކޮށްފައިވާ ކަމަށެވެ. އެއަށް ފަހު ހޮޓަލުގެ އަމިއްލަ އިސްނެގުމަކަށް ފަސް ދުވަހަށް ބަންދުކުރީ، މުޅި ހޮޓާ ޑިސްއިންފެކްޓްކޮށް، ހޮޓަލަށް އަންނަ މީހުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
މާގިރި ހޮޓަލުގެ ޓެރެސް މަތި-- ފޮޓޯ:މާގިރި
ބަލި ޖެހިފައި ހުރި މީހަކު މާގިރި ހޮޓަލުގައި އުޅެފައި ދިޔަކަން އެނގުމާ އެކު، އޭނާއާ ކޮންޓެކްޓްވި އެ ހޮޓަލުގެ މުވައްޒަފުންނާއި މާލޭން އޭނާއާ ކޮންޓެކްޓްވި މީހުން ހޯދައި އެކަހެރިކޮށް ބައެއް މީހުން ޓެސްޓް ވެސް ކުރި އެވެ. ނަމަވެސް އެއްވެސް މީހަކަށް ބަލީގެ ވައިރަސް އަރާފައި ނެތް ކަމަށް ޓެސްޓްތަކުން ވަނީ ދައްކައިފަ އެވެ.
ގާތްގަނޑަކަށް ހަ މިލިއަން ޑޮލަރު (92.5 މިލިއަން ރުފިޔާ) ހޭދަކޮށްގެ ހެދި މަތީ ފެންވަރުގެ މާގިރި ހޮޓަލުގައި 51 ކޮޓަރި ހުރެ އެވެ. އެ ހޮޓަލުގައި ހަތަރު ކެޓަގަރީއެއްގެ ކޮޓަރިތަކުގެ އިތުރުން 100 މީހުންގެ ޖާގައިގެ ރެސްޓޯރަންޓާއި 62 މީހުންގެ ޖާގައިގެ ރެސްޓޯރަންޓެއް އަދި ކެފޭއަކާއި ކޮންފަރެންސް ހޯލަކާއި މީޓިން ރޫމަކާއި ފިޓްނަސް ސެންޓަރެއް ވެސް ހިމެނެ އެވެ.
ކޮވިޑް-19 އަށް ރާއްޖޭން 13 މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ.
މިދިޔަ މަހު އައި ޓޫރިސްޓުންގެ އަދަދު ދަށްވެއްޖެ
ޓޫރިޒަމްގެ މާލީ ހައްލުތަކަށް ބީއެމްއެލް ތައްޔާރު:ޝަރީފް
"ޓޫރިޒަމްގެ ގަވާއިދުތައް އުނދަގުލަކަށް ވެގެން ނުވާނެ"
ދެ ލައްކަ ޓޫރިސްޓުން، 12 ޕަސެންޓުގެ ކުރިއެރުމެއް
ބޮލީވުޑްގެ ފަންނާނުންނާ އެކު ރާއްޖެ ޕްރޮމޯޓްކޮށްފި
އުކުޅަހުގައި ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ
ހއ. އަތޮޅުގައި 600 މިލިއަން ޑޮލަރުގެ ރިސޯޓެއް
ކޮވިޑުގެ ކުރީގެ ހާލަތަށް ޓޫރިޒަމް ރުޖޫއަވެއްޖެ
ގޮންޖެހުންތަކާއެކު ވެސް ޝިއުރީގެ ޔަގީންކަން ބޮޑު
90،000 ޓޫރިސްޓުން، 70 ޕަސެންޓު ރިސޯޓުތަކަށް