ކޮވިޑް-19 އާ ގުޅިގެން ވިޔަފާރިތަކަށް އެހީވުމުގެ ގޮތުން ފިނޭންސް މިނިސްޓްރީން ތައާރަފުކުރި ރިކަވަރީ ލޯނު އެސްއެމްއީ ޑެވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ދޭން ފަށައިފި އެވެ.
09 އެޕްރީލް 2020
ކޮވިޑް-19 އާ ގުޅިގެން ވިޔަފާރިތަކަށް އެހީވުމުގެ ގޮތުން ފިނޭންސް މިނިސްޓްރީން ތައާރަފުކުރި ރިކަވަރީ ލޯނު އެސްއެމްއީ ޑެވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ދޭން ފަށައިފި އެވެ.
މި ލޯނަށް ހުށަހެޅުމުގެ ފުރުސަތު އެސްޑީއެފްސީން މިއަދުން ފެށިގެން ހުޅުވާލައިފައިވާއިރު މި ލޯނަށް ޝަރުތު ހަމަވާނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށެވެ. އަދި އަމިއްލަ މަސައްކަތް ކުރާ މީހުންނަށް ވެސް މި ޕެކޭޖުގެ ދަށުން ލޯނަށް ހުށަހެޅޭނެ އެވެ.
އެސްޑީއެފްސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ މި ލޯނަކީ މިހާރު ހިނގަމުންދާ ވިޔަފާރިތަކަށް މި ދަނޑިވަޅުގައި ބޭނުންވާ ހަރަދުތައް ހަމަޖެއްސުމަށާއި ވިޔަފާރިތައް ދެމެހެއްޓުމަށް ފިނޭންސް މިނިސްޓްރީއާ ގުޅިގެން ދޫކުރާ ލޯނުތަކެއް ކަމަށެވެ. މި ލޯނަށް އެދި ހުށަހަޅާ ވިޔަފާރިތަކަކީ އަހަރެއްގެ ތެރޭގައި 10 މިލިއަން ރުފިޔާއަށް ވުރެ ކުޑަ އާމްދަނީއެއް ލިބޭ ކުންފުނިތަކަށް ވާން ޖެހޭނެ އެވެ.
ތިން އަހަރުގެ މުއްދަތަށް ބަހާލައިގެން ދައްކާގޮތަށް ދޫކުރާ މި ލޯނަކީ ހަ ޕަސެންޓުގެ އިންޓަރެސްޓް ރޭޓުގައި ދޫ ކުރާ ލޯނުތަކެވެ. މި ލޯނުތައް އަނބުރާ ދެއްކުމަށް ހަ މަހުގެ ގްރޭސް ޕީރިއެޑެއް ވެސް ލިބޭނެ އެވެ. މި މުއްދަތުގައި އިންޓަރެސްޓާއި ޕްރިންސިޕަލް ވެސް އަނބުރާ ދައްކާކަށް ނުޖެހޭނެ އެވެ.
ސަރުކާރުން މި ލޯނުތައް ދޫކުރަން ނިންމައިފައި ވަނީ ދިވެހި މުވައްޒަފުންގެ ވަޒީފާތައް ރައްކާތެރި ކުރާ ގޮތަށެވެ. އެގޮތުން މި ލޯނު ލިބޭ އެއްވެސް ކުންފުންޏަކުން އެ ކުންފުންޏެއްގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފުން ވަކި ކޮށްގެން ނުވާނެ އެވެ.
އެސްޑީއެފްސީ ލޯނު ނުދެއްކި ތިބި މީހުންނަށް ލުޔެއް
އެސްޑީއެފްސީން ދެނީ ފަހި ފުރުސަތެއް
އެސްޑީއެފްސީ ލޯނުތަކަށް މިހާރު އޮންލައިންކޮށް ހުށަހެޅޭނެ
ބޭންކިންގެ އުސޫލާ ހިލާފަށް ލޯނެއް ނުދެން: ބީއެމްއެލް
މެދުފަންތީގެ ވިޔަފާރިތަކުގެ މިސްރާބު ރަނގަޅު ކުރަންޖެހޭ
ހިޔާ/ވިނަރެސް އަށް ދޫކުރި ލޯނު އިންޓްރެސްޓް ކުޑަކުރަނީ
200 މަސް ދޯންޏަށް އެސްޑީއެފްސީން ފައިނޭންސް ދެނީ
އަންހެނުންގެ ވިޔަފާރީގެ ދާއިރާގެ ލޯނަށް ހުޅުވާލައިފި
މި އަހަރު 6.5 ބިލިއަން ރުފިޔާގެ ލޯނު ދީފި
"206 މަޝްރޫއަށް ލޯނު ދޫކުރާނީ އުސޫލުގެ ތެރެއިން"