Roadha Mihaaru
ބޭރު މީހުން ގެންދަން އިތުރު ފްލައިޓްތަކެއް

ބިދޭސީންނާއި ޓޫރިސްޓުން ގެންދަން އިތުރު ފްލައިޓްތަކެއް ބާއްވަނީ

09 މެއި 2020

ރާއްޖޭގައި ތިބި އެކި ގައުމުތަކުގެ ރަައްޔިތުން ގެންދިއުމަށް ސްރީ ލަންކަން އެއާލައިންސުން ޚާއްސަ ފްލައިޓްތަކެއް ބާއްވަން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖޭގައި ތިބި އެކި ގައުމުތަކުގެ ރަައްޔިތުން ގެންދިއުމަށް ސްރީ ލަންކަން އެއާލައިންސުން ޚާއްސަ ފްލައިޓްތަކެއް ބާއްވަން ނިންމައިފި އެވެ.

ކޮވިޑް-19 ގެ ސަބަބުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާއިރު، ރާއްޖޭގައި ތިބި ފަތުރުވެރިންނާއި އެހެން ގައުމުތަކުގެ ރަައްޔިތުން އަނބުރާ ގައުމަށް ގެންދަން ޚާއްސަ ފްލައިޓްތަކެއް މިހާރު އަންނަނީ ބާއްވަމުންނެވެ.

ރާއްޖޭގައި ތިބި ޕާކިސްތާނު މީހުން އެ ގައުމަށް އަނބުރާ ގެންދިއުމަށް ސްރީ ލަންކަން އެއާލައިންސްގެ ފްލައިޓެއް މާދަމާ ބާއްވަން ހަމަޖެހިފައި ވާއިރު، އިނގިރޭސިވިލާތާއި އެމެރިކާ މީހުން ގެންދިއުމަށް ވެސް އެ އެއާލައިންގެ ޚާއްސަ ފްލައިޓެއް އަންނަ ބުދަ ދުވަހު ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ. އަދި ޗައިނާ މީހުން ގެންދިއުމަށް އަންނަ ހުކުރު ދުވަހު ވެސް ސްރީ ލަންކަން އެއާލައިންސްގެ ފްލައިޓެއް ރާއްޖެއަށް ބާއްވަން މިހާރު ވަނީ ހަމަޖައްސައިފަ އެވެ.

އެކި ގައުމުތަކުގެ ރައްޔިތުން ގެންދަން ސަރުކާރާއި އެކި އެއާލައިންތައް މެދުވެރިވެގެން ރާއްޖެއަށް ފްލައިޓްތައް ބާއްވަމުން ދާއިރު، ރާއްޖޭގައި ތިބި އިންޑިއާގެ 700 އަށް ވުރެ ގިިނަ މީހުން އެ ގައުމުގެ އަސްކަރީ މަނަވަރެއްގައި އިއްޔެ ވަނީ ރާއްޖެއިން ގެންގޮސްފަ އެވެ. އިންޑިއާއިން ދަނީ އެހެން ގައުމުތަކުގައި ތިބި އެ ގައުމުގެ ރައްޔިތުން ވެސް އަނބުރާ ގެންދަން ޚާއްސަ އޮޕަރޭޝަނެއް ފަށައިފަ އެވެ.

ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް 766 މީހަކު ޕޮޒިޓިވް ވެފައިވާއިރު، އޭގެ ތެރޭގައި ގިނަ އަދަދެއްގެ ބިދޭސީން ވެސް ހިމެނެ އެވެ.