Roadha Mihaaru
އިންޑިއާގައި ތިބި 235 ދިވެއްސަކު ރާއްޖެ ގެނެސްފި

އިންޑިއާގައި ތިބި 235 ދިވެއްސަކު ރާއްޖެ ގެނެސްފި

12 މެއި 2020

ކޮވިޑް-19 ފެތުރެން ފެށުމުން އިއުލާނުކުރި ލޮކްޑައުންއާ ހެދި އިންޑިއާގައި ތާށިވެފައިި ތިބި 235 ދިވެއްސަކު މިއަދު ރާއްޖެ ގެނެސްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކޮވިޑް-19 ފެތުރެން ފެށުމުން އިއުލާނުކުރި ލޮކްޑައުންއާ ހެދި އިންޑިއާގައި ތާށިވެފައިި ތިބި 235 ދިވެއްސަކު މިއަދު ރާއްޖެ ގެނެސްފި އެވެ.

ކޮވިޑް-19 އާ ހެދި ގިނަ ގައުމުތަކެއް ލޮކްޑައުން ކުރުމުން ވައިގެ ދަތުރުތައް ހުއްޓާލިއިރު އެކި ބޭނުންތަކުގައި އެ ގައުމުތަކުގައި ތިބި ދިވެހިން ތާށިވި އެވެ. އޭގެ ތެރެއިން ބައެއް ދިވެހިން ކުރިން ވަނީ ރާއްޖެ ގެނެސްފަ އެވެ.

އިންޑިއާގެ އެކި ސިޓީތަކުގައި ތިބި 235 މީހަކު މިއަދު ރާއްޖެ ގެނައީ ފޮރިން މިނިސްޓްރީ މެދުވެރިވެގެން ބޭއްވި ގައުމީ އެއާލައިން މޯލްޑިވިއަންގެ ދެ ފްލައިޓެއްގަ އެވެ. އިންޑިއާގެ ނިއު ދިއްލީން މިރޭ އައި ފްލައިޓްގައި 185 މީހަކު ގެނައިއިރު، މިއަދު މެންދުރު އައި ފްލައިޓްގައި 50 ދިވެއްސަކު ރާއްޖެ ގެނެސްފައިވާ ކަމަށް މޯލްޑިވިއަން އިން ބުންޏެވެ.

މޯލްޑިވިއަންގެ ޓްވީޓް

ރާއްޖެއިން ބޭރުން އަންނަ ދިވެހިން ކަރަންޓީގައި 14 ދުވަސް ހޭދަކުރަން ޖެހޭތީ މިއަދު ރާއްޖެ އައި ދިވެހިން ވެސް ކަރަންޓީގައި މަޑުކުރަން ޖެހޭނެ އެވެ.

މީގެ ކުރިން ވެސް އިންޑިއާ އާއި ލަންކާގެ އިތުރުން އެކި ގައުމުތަކުގައި ތިބި ގިނަ އަދަދެއްގެ ދިވެހިން ސަރުކާރު މެދުވެރިވެގެން ރާއްޖެ ގެނެސްފައި ވާއިރު، އިތުރު ފްލައިޓްތަކެއް ކުރިއަށް އޮތް ތަނުގައި ވެސް އެކަމަށް ބޭއްވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ.