25 މެއި 2020
މަތިންދާބޯޓުގައި ރަށްރަށަށް އާއްމުކޮށް ކުރައްވާ ދަތުރުތަކުގައި، އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަސީރަށް ވަރަށް އާދަޔާހިލާފު މަންޒަރެއް ފެނިވަޑައިގެންނެވި އެވެ. އެއީ ފ. އާއި ދ. އަތޮޅުގެ މަތިން، ބައެއް ފަޅުތަކުގައި، ބޮޑު ވީ އަކުރެއްގެ ބައްޓަމަށް އެތުރިފައިވާ ގާތަކެކެވެ. ޝައުގުވެރިކަން މާ ބޮޑުވުމުން ސެޓެލައިޓް ފޮޓޯތަކުން އެ ގާތަކުގެ ތަފްސީލު އޭނާ ނެންގެވި އެވެ. އަދި އަތޮޅުގެ ރަށްރަށަށް ވަޑައިގެން އޭގެ މައުލޫމާތު ހޯއްދަވަން ފެއްޓެވި އެވެ.
މަތިންދާބޯޓުގައި ރަށްރަށަށް އާއްމުކޮށް ކުރައްވާ ދަތުރުތަކުގައި، އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަސީރަށް ވަރަށް އާދަޔާހިލާފު މަންޒަރެއް ފެނިވަޑައިގެންނެވި އެވެ. އެއީ ފ. އާއި ދ. އަތޮޅުގެ މަތިން، ބައެއް ފަޅުތަކުގައި، ބޮޑު ވީ އަކުރެއްގެ ބައްޓަމަށް އެތުރިފައިވާ ގާތަކެކެވެ. ޝައުގުވެރިކަން މާ ބޮޑުވުމުން ސެޓެލައިޓް ފޮޓޯތަކުން އެ ގާތަކުގެ ތަފްސީލު އޭނާ ނެންގެވި އެވެ. އަދި އަތޮޅުގެ ރަށްރަށަށް ވަޑައިގެން އޭގެ މައުލޫމާތު ހޯއްދަވަން ފެއްޓެވި އެވެ.
ފ. އަތޮޅުގެ ބައެއް މަސްވެރިންނާއި ދުވަސްވީ މީހުންނާ ވާހަކަ ދައްކާލުމުން ނަސީރަށް އެނގިވަޑައިގަތީ އެއީ، މުށިމަސް ހިފަން ފަޅުތެރޭގައި ގަލުން ހަދާފައި ހުންނަ ބިޔަ، "މަޅިފަތިތަކެއް" ކަމެވެ. އެކަމަކު އެ ގާތަށް ހާއްސަވަނީ، އެއީ މީގެ ގަރުނެއް ކުރިން ހަދާފައިވާ އެއްޗިއްސަށް ވުމެވެ. މުށިމަހުގެ އާދަތައް ވަރަށް ރަނގަޅަށް އެނގިގެން، ބުރަ މަސައްކަތުން އަތުރާފައި ހުރި ބޮޑެތި ހިރިގާތަކަކަށް ވުމެވެ. މުޅި ރާއްޖޭގައި ވެސް، އެ ދެ އަތޮޅުގައި ނޫނީ، މަހަށް ހާއްސަކޮށްގެން އެފަދަ މަޅިތަކެއް ނެތުމެވެ.
"ބައެއް ޓްރެޕްތައް ހަދާފައި ހުންނަލެއް ބޮޑުކަމުން އެނގޭ މިއީ ވަރަށް ގިނަ ބައެއްގެ ވަރަށް ބުރަ މަސައްކަތްކަން. ވަރަށް ޝައުގުކުރަނިވި، އަދި އެހެން އަތޮޅަކުން ނުފެންނަ ތަންތަން އެއީ،" ދިރުންތަކާ ގުޅޭ ގޮތުން ޕީއެޗްޑީއަށް ކިޔަވާ ވިދާޅުވަމުން ގެންދަވާ ނަސީރު ވިދާޅުވި އެވެ.
ސެޓެލައިޓް ފޮޓޯތަކުން ފެންނަ ގޮތުގައި މަޅިތައް ހަދާފައި ހުރީ ވިލު ހުންނަ ފަޅުތަކުގަ އެވެ. ރާއްޖޭގައި ވަރަށް އާއްމު އަދި މިހާރު ވެސް ބައެއް މޫސުމުގައި ރަށްރަށުގެ ފަޅުތެރެއަށް ވަދެ ފުރާލާފައި އޮންނަ މުށިމަހުގެ އާދަތައް ވެސް ތަފާތެވެ. ދުވާލުގެ ވަގުތުގައި މަސްތައް އުޅޭނީ ވިލުތެރޭގަ އެވެ. ރޭގަނޑު ކާނާ ހޯދަން ނުކުންނާނީ ކަނޑަށެވެ.
ފ. އަތޮޅު ފަޅެއްގައި ގަލުން ހަދާފައި ހުރި މަޅިތަކެއް
ފަޅުތެރޭގެ އެތެރެވަރީގެ އަރިމަތީގައި، މަޅިތައް ހަދާފައި ހުރީ މަސްތައް ކަނޑަށް ނުކުންނަ ކަމާއި ނުކުންނަ ވަގުތު ވެސް އެނގިގެންނެވެ. އެކަން އެނގެނީ، ވީ އަކުރުގެ ބައްޓަމަށް މަޅި ހަދާފައި ހުންނައިރު އޭގެ ކޮޅު ނުބައްދައި، މަސްތަކަށް ނުކުމެވޭނެހެން ނެރެއް ކަނޑާފައި އޮތުމުންނެވެ. އެތަނުން މަސް ހިފަނީ، ނެރުގެ ކައިރިއަށް ދަލެއް އަޅައިގެންނެވެ.
ދެ އަތޮޅު މަތިން ފަޅުތަކުން ގާތްގަނޑަކަށް 50-100އާ ދެމެދުގެ މި ފަދަ މަޅިތައް ނަސީރަށް ފެނިވަޑައިގެންނެވި އެވެ. މަޅިތަކުގެ ކޮންމެ ފައެއްގައި 200-300 ފޫޓު ހުރެ އެވެ.
ފ. އާއި ދ. އަތޮޅު މީހުންގެ ބަހުން ނަމަ އެއީ "ކަރު" ނުވަތަ "މަސްކަރު" އެވެ. ބައެއް މަސްވެރިން އެއަށް "ގާގެ" ވެސް ކިޔަ އެވެ.
ރޮދު އަޅައިގެން ފަރުމަހުގެ މަސްވެރިކަން ކުރަނީ ވެސް ހަމަ މިފަދަ ގޮތަކަށެވެ. އެކަމަކު މިތަންތަން ތަފާތުވީ މިއީ ހަމައެކަނި މުށިމަހަށް ހާއްސަކޮށްފައިވާ ތަންތަނަށް ވެފައި، އެ ދެ އަތޮޅުގައި ނޫން އެހެން އަތޮޅެއްގައި މި ފަދަ މަޅި ޖަހާފައި ނެތުމުންނެވެ.
ދާއިރާގައި ކިތަންމެ ތަޖުރިބާތަކެއް ހުންނެވި ނަމަވެސް ނަސީރަށް މިއީ އާ ކަމެކެވެ. އެކަމަކު ޔުނިވަސިޓީގެ ބައެއް ޕްރޮފެސަރުންނާ މަޝްވަރާ ކުރެއްވުމުން، މިއީ ވަރަށް އިހުގައި ބައެއް ގައުމުތަކުގައި މަސްވެރިކަން ކުރި ގޮތެއްކަން އެނގިވަޑައިގެންނެވި އެވެ. އެކަމަކު ގިނައިން މިހެން މަސް ހިފަނީ ކޯރުތަކުގަ އެވެ.
"އެހެންވެ، މިއީ ބޭރުން ދިވެހިންނަށް ދަސްވި ކަމަކަށް ވެސް ވެދާނެ،" ޑރ. ނަސީރު ވިދާޅުވި އެވެ.
ގަލުން ހަދާފައިވާ މަޅީގެ ކޮޅުގައި ނެރެއް ކަނޑާފައި: ދާ އަޅަނީ މި ނެރު ކައިރީގައި
އޭނާއާ ވާހަކަ ދެއްކި ދުވަސްވީ މީހުން ބުނާ ގޮތުން، އެ ގާތަށް ފަޅުތަކުގައި ނުހުންނަ ހަނދާނެއް އެ މީހުންގެ ވެސް ނެތެވެ. އެހެންވެ، އެ ގާތަކަށް ގަރުނަކަށް ވުރެ ގިނަ ދުވަސް ވެދާނެ ކަމަށް ބެލެވެ އެވެ. މީގެ ތިރީހަކަށް އަހަރު ކުރިއާ ޖެހެންދެން ވެސް މުށިމަސް ހިފުމުގައި އެތަންތަން ބޭނުންކުރި އެވެ. އެކަމަކު މިހާރު އޭގެ ބޭނުން ހިފާކަމެއް އެނގިފައެއް ނުވެ އެވެ. ފ. އަތޮޅުގެ ބައެއް މަސްވެރިން ބުނާ ގޮތުން، ގާތަށް ހަލާކުވިޔަނުދީ އަދިވެސް އެ މީހުން އެތަންތަން ބަލަހައްޓަ އެވެ.
ސެޓެލައިޓް ފޮޓޯތަކުން ޑރ. ނަސީރަށް ފާހަގަކުރެއްވުނު އަނެއް ކަމަކީ، އެއްވެސް ރަށެއްގެ އިހްތިސޯސްގައި ނުހިމެނޭ ފަޅުތަކުގައި ބިޔަ މަޅިތައް ހަދާފައިވުމެވެ. އެހެންވެ، އޭނާ ބޮޑަށް ގަބޫލުކުރައްވަނީ މިއީ އަތޮޅުގެ މީހުން ގުޅިގެން، އިޖްތިމާއީ ކަމެއްގެ ގޮތުގައި ދެކިގެން ކޮށްފައިވާ މަސައްކަތެއް ކަމަށެވެ. އެކަމަށް އޭނާ ބާރު ދެއްވީ، އެ ސަރަހައްދުގެ ބައެއް އަތޮޅުގައި މިހާރު ވެސް މަސް ހިފާއިރު ރައްޔިތުންގެ ދާ ބޭނުން ކުރުމެވެ.
"އެ ދާ ގިނައިން އޮންނާނީ އަތިރިމަތީގައި. މަސްއައިނެއް ވަދެގެން އެ ދަލުން މަސް ނަގާއިރު ހުރިހާ ރައްޔިތުންނަށް ވެސް ލިބޭނެ،" ޑރ. ނަސީރު ވިދާޅުވި އެވެ.
"އެހެންވެ، އަޅުގަނޑު ބޮޑަށް ޔަގީންކުރަނީ މަޅިތައް ވެސް ހަދާފައި މިހިރީ އިޖްތިމާއީ ކަމެއްގެ ގޮތުގައި ދެކިގެން ކަމަށް."
އޭނާ ގަބޫލުކުރައްވާ ގޮތުގައި ފަޅުުތަކުގައި، ބިޔަކޮށް ބޮޑެތި ގާ ނަގައިގެން އެތުރޭނީ ވަރަށް ގިނަ ބައެއްގެ މަސައްކަތުން، ވަރަށް ބުރައިގަ އެވެ. އެހެންވެ އެއް ރަށަކުން ކުރާ ކަމަކަށް ވުރެ އަތޮޅުގެ ރަށްތަކުން ގުޅިގެން ކުރި ކަމެއް ކަމަށް ލަފާކުރެވެ އެވެ.
މަޅި ހެދުމަށް ބޭނުންކޮށްފައިވާ ބޮޑެތި ހިރިގާ
ދާ ޖަހައިގެން ވަކި ވައްތަރެއްގެ މަސް ހިފުމަކީ މިހާރު މަނާކަމެކެވެ. ހާއްސަކޮށް ފަޅުތެރެއަށް ވަންނަ މަސްއައިންތައް ބޭނުން ކުރަން ހުއްދަ ދެނީ ދޮށިން ބާނައިގެންނެވެ. އެއީ ދާ އަޅައިގެން މަސްވެރިކަން ކުރުމަކީ މަސް ހުސްވާން މެދުވެރިވާ ކަމަކަށް ވާތީ އެވެ.
ފަޅުތަކުގައި ބޮޑެތި މަޅި ޖަހައިގެން، އެތަނަށް ވަންނަ ހުރިހާ މަސްތަކެއް ހިފުމަކީ ޔަގީނުން ވެސް މިހާރަށް އެންމެ އެދެވޭ މަސްވެރިކަމެއް ނޫނެވެ.
މި އާދަޔާހިލާފު މަޅިތަކާ ގުޅޭ ގޮތުން ޑރ. ނަސީރު ވަނީ ދިރާސާއެއް ހައްދަވައިފަ އެވެ. އެކަމަކު އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އަދިވެސް މިކަން އިތުރަށް ހޯދާ ބަލަން ޖެހެ އެވެ. މަޅިތަކުގެ އުމުރާއި އެ މަސައްކަތް ކުރި ގޮތް ސާފުވާނީ އޭރުންނެވެ.
18 ޖަމިއްޔާއެއްގެ ބޮޑެތި ކަންބޮޑުވުމާއި އިންޒާރު!
މިޔަރު ބޭނުމުން ލިބޭނެ ގެއްލުން މާ ބޮޑު: ޖަމިއްޔާތައް
ބޭނި ބިޔަ ފާނައާ އެކު އުފަލާއި ހިތާމަ!
ކަނޑުމަހުގެ ސްޓޮކް ހުސްވުމުގެ ބިރު ކުޑަވެއްޖެ
އާ ދިރާސާއެއްގައި ބުނަނީ މިޔަރާއި މަޑި ހުސްވެދާނެއޭ
މިޔަރުތައް މި އުޅެނީ ކިހިނެއް ވެގެން؟
މިޔަރުގެ ހިމާޔަތުގައި މުސްތޮފާއާ ދެކޮޅަށް އަޑުއުފުލަނީ
ސަރުކާރުން ދޯނި ބަނދެ ދޫކުރަން ހުށަހަޅައިފި
ދާޖަހާތީ ކޯމަހުގެ އާބާދީ 90 ޕަސެންޓް ދަށަށް
ވާމިލިއަންނާ ދޭތެރޭ ފިޔަވަޅެއް ނާޅާ