Roadha Mihaaru
އިބްރަހިމޮވިޗުގެ އަނިޔާ ސީރިއަސް އެއް ނޫން

އިބްރަހިމޮވިޗުގެ އަނިޔާ ސީރިއަސް އެއް ނޫން

27 މެއި 2020

މިލާން (މޭ 27) – އޭސީ މިލާނުގެ ސްވިޑަން ފޯވާޑް ޒަލަޓަން އިބްރަހިމޮވިޗުގެ ފައިގެ އާކިލެސް ޓެންޑަން އިރައިގެން ގޮސް ސީޒަން ނިމި އަދި ފަހަރެއްގައި ކެރިއަރު ވެސް ނިންމާލަން ޖެހިދާނެ ކަމަށް ކަމަށް ހީވި ބިރު ފިލައިފި އެވެ.

މިލާން (މޭ 27) – އޭސީ މިލާނުގެ ސްވިޑަން ފޯވާޑް ޒަލަޓަން އިބްރަހިމޮވިޗުގެ ފައިގެ އާކިލެސް ޓެންޑަން އިރައިގެން ގޮސް ސީޒަން ނިމި އަދި ފަހަރެއްގައި ކެރިއަރު ވެސް ނިންމާލަން ޖެހިދާނެ ކަމަށް ކަމަށް ހީވި ބިރު ފިލައިފި އެވެ.

މިލާނުން ބުނި ގޮތުގައި ހޯމަ ދުވަހު ތަމްރީންތަކުގެ ތެރެއިން އަނިޔާވީ އޭނާގެ ކަނާތު ފައިގެ ކުޑަކަޅުވާ އަށެވެ. މިލާނުން ބުނި ގޮތުގައި ކުޑަކަޅުވާ އާއި ފުންނާބުގެ ގުޅުވައިދޭ އާކިލެސް ޓެންޑަން އަށް އެއްވެސް ގެއްލުމެއް ނުވާ ކަމަށާއި މިހާރު ލިބިފައިވާ އަނިޔާގެ ތަފްސީލް ބަލަން 10 ދުވަސް ތެރޭ ސްކޭނެއް ހަދާނެ ކަމަށެވެ.

ކުޑަކަޅުވާ އަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ އަށް ހަތަރު ހަފުތާ ނުކުޅެ ހުންނަން ޖެހިދާނެ އެވެ. އިޓާލިއަން ލީގު އަންނަ މަހުގެ މެދުތެރޭގައި ފަށާނެ ކަމަށް ބެލެވޭތީ، އެ އަނިޔާގެ ސަބަބުން އޭނާ އަށް ފަށައިގެން ފުރަތަމަ ދެ ހަފުތާއެއްގައި ނުކުޅެވިދާނެ އެވެ.

އޭނާގެ އާކިލެސް ޓެންޑަން އިރައިގެން ދިޔަ ނަމަ މި ސީޒަނުގައި ދެން ކުޅެވުމުގެ ފުރުސަތު ނޯންނާނެ އެވެ. އަދި އުމުރުން 38 އަހަރުވެފައިވުމާ އެކު އަލުން ފިޓްވެގެން އޭނާ އަށް ނުނުކުމެވުމުގެ ފުރުސަތު ވެސް އޮތީހެވެ.

ކޮވިޑް-19 އާ ގުޅިގެން ލީގު މެދުކަނޑާލައި ޕްރެކްޓިސް ހުއްޓާލުމަށް ފަހު އަލުން ފެށިއިރު އެންމެ ފިޓް އެއް ކުޅުންތެރިޔަކީ ވެސް އިބްރަހިމޮވިޗެވެ. އެއީ އިޓަލީ ލޮކްޑައުންކޮށްފައި އޮތް ދުވަސްވަރު ސްވިޑަންގައި ހުރެ ހަމާބީ އެފްސީއާ އެކު ތަމްރީންތައް ހަދާފައިވާތީވެ އެވެ. އެއީ އޭނާގެ ހިއްސާ އޮންނަ ކްލަބެކެވެ.

އިބްރަހިމޮވިޗް 2010-2012 އަށް ކުޅުނު މިލާނާ އަލުން ޖެނުއަރީ މަހު ގުޅުނީ މި ސީޒަނުގެ ނިޔަލަށެވެ. އެކަމަކު އޭނާގެ ކުޅުން ރަނގަޅުވުމާ އެކު އަދި އިތުރު އެއް އަހަރަށް ކޮންޓްރެކްޓް އާކުރަން ފުރުސަތު އޮތުމުން ބެލެވިފައި އޮތީ އަންނަ ސީޒަން ވެސް ކުޅޭނެ ކަމަށެވެ. އެހެންވިޔަސް، އޭނާ މިލާނަށް އަލުން ގެނައުމުގައި މުހިއްމު ދައުރެއް އަދާކުރި ޑިރެކްޓަރު ވޮނިމިރް ބޮބާން، މެނޭޖްމަންޓާ މައްސަލައެއް އުފެދި ކްލަބް ދޫކޮށްފާއިވާތީ އިބްރަހިމޮވިޗް ވެސް މަޑުނުކުރާނެ ކަމަށް ވަނީ ބެލެވެން ފަށައިފަ އެވެ. އޭނާ އަންނަ ސީޒަނުގައި ހަމާބީ އަށް ނުވަތަ އިޓަލީގެ ބޮލޯނިއާ އަށް ބަދަލުވެދާނެ ކަމަށް ވެސް ވާހަކަތައް ދެކެވެ އެވެ.

ސްވިޑަންގެ މަލްމޯ އިން ކެރިއަރު ފެށި އިބްރަހިމޮވިޗް ވަނީ ނެދަލެންޑްސްގެ އަޔަކްސް އާއި އިޓަލީގެ ޔުވެންޓަސް އާއި އިންޓަ މިލާނާއި ސްޕެއިނުގެ ބާސެލޯނާ އާއި ފްރާންސްގެ ޕީއެސްޖީ އާއި އިންގްލެންޑުފެ މެންޗެސްޓާ ޔުނައިޓެޑް އަދި އެމެރިކާގެ އެލްއޭ ގެލެކްސީ އަށް ކުޅެފަ އެވެ.