10 ޖޫން 2020
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް) މުވައްޒަފުންގެ މުސާރަ އާއި އިނާޔަތުގެ 50 ޕަސެންޓް ކުރިން ޑޮލަރުން ދިން ނަމަވެސް، ކޮވިޑް-19 އާ ގުޅިގެން އެ ކުންފުންޏަށް ކުރިމަތިވެފައިވާ މާލީ ދަތިތަކާ ހެދި، ޑޮލަރުން މުސާރަ ދިނުން ހުއްޓާލައިފި އެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް) މުވައްޒަފުންގެ މުސާރަ އާއި އިނާޔަތުގެ 50 ޕަސެންޓް ކުރިން ޑޮލަރުން ދިން ނަމަވެސް، ކޮވިޑް-19 އާ ގުޅިގެން އެ ކުންފުންޏަށް ކުރިމަތިވެފައިވާ މާލީ ދަތިތަކާ ހެދި، ޑޮލަރުން މުސާރަ ދިނުން ހުއްޓާލައިފި އެވެ.
ރާއްޖޭގެ މައި އެއާޕޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އެމްއޭސީއެލްގެ މުވައްޒަފުންނަށް މިއަދު ނެރުނު އިންޓާނަލް ނޯޓިސްއެއްގައި ބުނީ ކޮވިޑް-19 އާ ގުޅިގެން ދިމާވެފައިވާ މާލީ ގެއްލުންތަކުން އަރައިގަތުމަށްޓަކައި އެ ކުންފުނިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެކަމަކު، އެ ކުންފުންޏަށް ވަނީ މާލީ ދަތިތަކާއި ބޭރު ފައިސާ ލިބުމުގައި ދަތިތައް ކުރިމަތިވެފައި ކަމަށް ނޯޓިސްގައި ވެ އެވެ.
މިކަން މިގޮތަށް ހުރުމާ އެކު، ކުންފުނީގެ ބޯޑުގެ ލަފާގެ މަތިން މި މަހުން ފެށިގެން މުވައްޒަފުންގެ މުސާރަ ދޭނީ ދިވެހި ފައިސާ އިން ކަމަށް އެމްއޭސީއެލްގެ ހިއުމަން ރިސޯސަސް ޑިޕާޓްމެންޓުން މުވައްޒަފުންނަށް ފޮނުވާފައިވާ ނޯޓިސްގައި ބުނެފައިވެ އެވެ.
ކޮވިޑް-19 އާ ގުޅިގެން އެންމެ ބޮޑު ގެއްލުމެއް ލިބޭނެ އެއް ކުންފުންޏަކީ އެމްއޭސީއެލް އެވެ. މިދިޔަ ދެ އަހަރު ދުވަހު އެންމެ ބޮޑު އާމްދަނީއެއް ހޯދަމުން އަންނަ އެ ކުންފުންޏަށް ބޯޑަރު ބަންދުކުރުމާ ގުޅިގެން އާމްދަނީ ލިބޭނެ ގޮތްތައް ވަނީ ބަންދުވެފަ އެވެ. މި ބަލިމަޑުކަމާ ގުޅިގެން މާޗް މަހުގެ 27 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވި އެވެ. އެއަށްފަހު އެއާޕޯޓުގެ ޝެޑިއުލް ދަތުރުތައް ވަނީ ހުއްޓާލައިފަ އެވެ.
ސަރުކާރުން ވަނީ އަންނަ ޖުލައި މަހު އަނެއްކާ ވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވާނެ ކަމަށް އިއުލާނުކޮށްފަ އެވެ.
އެމްއޭސީއެލްގެ އެމްޑީއަކަށް މަހުޖޫބު ހަމަޖައްސައިފި
އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑަށް އާ ދެ ބޭފުޅެއް
އެއާޕޯޓް ވާނީ ރައްކާތެރި ތަނަކަށް: އެމްއޭސީއެލް
ފަޒީލް ޒިންމާއިން ވަކިކުރި މެމޯ ފޮނުވާފައި ބާތިލްކޮށްފި
ފަޒީލްގެ ވާހަކަތަކުން ވެސް ގޯސްވީ އެމްއޭސީއެލްގެ ބޯޑު
ޓީއެމްއޭ އުދުއްސަން އެމްއޭސީއެލްގެ ބޮޑެތި ގޯސްތައް!
އެމްޔޫ މަނިކު މަންޓާއަށް ފޭވާކުރައްވާފައެއް ނެތް
އެމްއޭސީއެލްގެ މުވައްޒަފުންނަށް ގިނަ ކަންތައްތަކެއް
އަޒަރުބައިޖާން އެއާލައިނުން ރާއްޖެއަށް ސީދާ ދަތުރުތައް
އެއާ އަރަބިއާގެ ޝެޑިއުލް ދަތުރުތައް ފަށައިފި