Roadha Mihaaru
ރުފިޔާ އެކައުންޓުން ފައިސާ ފޮނުވޭ މުއްދަތު އިތުރުކޮށްފި

ބީއެމްއެލްގެ ރުފިޔާ އެކައުންޓުން ބޭރަށް ފައިސާ ފޮނުވޭ މުއްދަތު އަންނަ މަހުގެ 5 އަށް އިތުރުކޮށްފި

15 ޖޫން 2020

ރުފިޔާ އެކައުންޓުން މަހަކު 500 ޑޮލަރާ ހަމައަށް ރާއްޖޭން ބޭރަށް ފައިސާ ފޮނުވޭނެ މުއްދަތު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލު) އިން ހަދައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރުފިޔާ އެކައުންޓުން މަހަކު 500 ޑޮލަރާ ހަމައަށް ރާއްޖޭން ބޭރަށް ފައިސާ ފޮނުވޭނެ މުއްދަތު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލު) އިން ހަދައިފި އެވެ.

އެ ބޭންކުން ކުރިން ހަމަޖައްސާފައިވާ ގޮތުން ނަމަ، މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ ގުޅިގެން އެ އުސޫލުން ފައިސާ ފޮނުުވުމުގެ މުއްދަތު އޮތީ މިއަދުގެ ނިޔަލަށެވެ. އެކަމަކު، މިހާރު ވަނީ ރުފިޔާ އެކައުންޓުން މަހަކު 500 ޑޮލަރާ ހަމައަށް ރާއްޖޭން ބޭރަށް ފައިސާ ފޮނުވޭނެ މުއްދަތު އަންނަ މަހުގެ ފަހަކާ ހަމައަށް އިތުރު ކޮށްފައި ކަމަށް ބީއެލްއެލް އިން މިއަދު ބުންޏެވެ.

އެ ބޭންކުން ބުނީ، ކަސްޓަމަރުންނަށް މިއަދުން ފެށިގެން މޯބައިލް ޕޭ މެދުވެރިކޮށް ވެސް ފައިސާ ފޮނުވޭނެ ކަމަށެވެ. މިގޮތަށް ފައިސާ ފޮނުވާއިރު ބޭންކުން އެއްވެސް ޗާޖެއް ނުނަގާނެ އެވެ.

ރުފިޔާ އެކައުންޓު ބޭނުން ކޮށްގެން ބޭރަށް ފައިސާ ފޮނުވާ މީހުންގެ އަތުން އިތުރު ޗާޖެއް ނުނެގިޔަސް ފޮރިން ބޭންކް ޗާޖު ނަގާނެ އެވެ.

މި ހިދުމަތް ލިބޭނީ ފިނޭންސް މިނިސްޓްރީގެ އުސޫލުތަކާ އެއްގޮތަށް އެމްބަސީތަކުގައި ރަޖިސްޓަރީ ކޮށްފައިވާ މީހުންނަށް އެކަންޏެވެ.

ބީއެމްއެލުން ވަނީ ބޭރުގައި ތިބި ދިވެހިންނަށް އެ ބޭންކުގެ ޑެބިޓް ކާޑު ބޭނުންކޮށްގެން ފައިސާ ނެގޭ އަދަދު ވެސް އިތުރު ކޮށްފަ އެވެ. އެގޮތުން، މިހާރު ދުވާލެއްގެ މައްޗަށް 1،000 ޑޮޮލަރު އޭޓީއެމް މެދުވެރިކޮށް ނެގޭނެ އެވެ.

މީގެ އިތުރުން އޭޓީއެމް މެދުވެރިކޮށް ފައިސާ ނެގުމުން ކުރިން ނަގަމުން އައި ފީ 15ރ. އަށް މިހާރު ކުޑަކޮށްފައިވާ ކަމަށް ވެސް ބޭންކުން ބުންޏެވެ. މިއީ ކާޑު ނެޓްވޯކުތަކަށް ދައްކަން ޖެހޭ ފީއެކެވެ.