Roadha Mihaaru
ބްރިޖުން ފުންމާލި މީހާ ސަލާތްކުރި ފުލުހުންނަށް ހިތްވަރު

ބްރިޖުން ފުންމާލި މީހަކު ސަލާމަތްކޮށްދިން ފުލުހުންގެ އަގު ވަޒަންކޮށްފި

15 ޖޫން 2020

މި މަހުގެ ހަ ވަނަ ދުވަހު ސިނަމާލެ ބްރިޖު މަތިން ކަނޑަށް ފުންމާލި މީހަކު ހަތް މިނެޓް ތެރޭގައި، ސަލާމަތް ކޮށްދިން ފުލުހުންގެ އަގު ވަޒަންކޮށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ހިތްވަރު ދެއްވައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މި މަހުގެ ހަ ވަނަ ދުވަހު ސިނަމާލެ ބްރިޖު މަތިން ކަނޑަށް ފުންމާލި މީހަކު ހަތް މިނެޓް ތެރޭގައި، ސަލާމަތް ކޮށްދިން ފުލުހުންގެ އަގު ވަޒަންކޮށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ހިތްވަރު ދެއްވައިފި އެވެ.

ބްރިޖު މަތިން ކަނޑަށް ފުންމައިލީ އުމުރުން 38 އަހަރުގެ އިންޑިއާގެ ފިރިހެނެކެވެ.

ފުލުހުން ބުނީ އެ މީހާ ބްރިޖުން ފުންމާލިކަން ފުލުހުންނަށް ރިޕޯޓްކުރީ އެ ދުވަހުގެ ހަވީރު 3:46 ގައި ކަމަށެވެ. އެ މައުލޫމާތު ލިބުމާއެކު، ދޫނިދޫގައި ތިބޭ މެރިން ޕޮލިސްގެ ފުލުހުން ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދަށް 3:53 ގައި ދިޔަ ކަމަށް ފުލުހުން ބުންޏެވެ.

Bridge mathin kandah fummaali meehaku salaamay koffi

Bridge mathin kandah fummaali meehaku salaamay koffi

The most trusted news source in the Maldives

Mihaaru

ބްރިޖު މަތިން ކަނޑަށް ފުންމާލި މީހަކު ސަލާމަތް ކުރުން

ފުލުހުން އެ ސަރަހައްދަށް ދިޔައިރު އެ މީހާ ފެނުނީ ބްރިޖުގެ އެންމެ އުސް ދިމާލު ކަނޑުގައި ހަރަކާތެއް ނެތި، ބަނޑުވަތަށް އޮއްވައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނިގޮތުގައ ބިދޭސީ މީހާ މޫދުން ނެގީ ޕޮލިސް ސްޓޭޝަން އިންސްޕެކްޓާ ހަނީފް ހުސައިން އާއި ސާޖަންޓް އަބްދުލް ހަސީބް އަބްދުލް ހަމީދު މޫދަށް ފުންމާލައިގެންނެވެ. އަދި ލޯންޗްގައި ދެން ތިބި ކޯޕްރަލް އާދަމް މުހައްމަދާއި ކޯޕްރަލް އާދަމް ހާނިމްގެ އެހީތެރިކަމާ އެކު އެ މީހާ ލޯންޗަށް ނަގައި އަވަސް ފަރުވާ ދިން ކަމަށް ފުލުހުން ބުންޏެވެ.

"ލޯންޗަށް މީހާ ނެގި ވަގުތު އެމީހާ ފުން ނޭވާއެއް ލި. އަދި ލޯންޗަށް ނަގައި ސީޕީއާރު ދިނުމުން، ބޮވިފައި ހުރި ލޮނުތައް ބޭރުވެ ހާލަތު ކޮންމެވެސް ވަރަކަށް ރަނގަޅުވި. އެ މީހާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ވިލިމާލެ ފެރީޓަމިނަލް އަށް ލޯންޗު ކައިރިކޮށް އެ ސަރަހައްދުގައި އޮތް ޕިކަޕެއްގެ އެހީތެރިކަމާ އެކު،" ކަން ހިނގިގޮތް ކިޔައިދެމުން ފުލުހުން ބުންޏެވެ.

އެ އޮޕަރޭޝަންގައި ހަރަކާތްތެރިވި ފުލުހުންނާ މިއަދު ބައްދަލު ކުރައްވައި ސީޕީ، ހަމީދު ވިދާޅުވީ މީހެއްގެ ފުރާނަ ސަލާމަތް ކުރުމަކީ ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ލިބޭނެ އެންމެ ބޮޑު އެއް ޝަރަފާއި ފަހުރު ކަމަށެވެ.

ހުރިހާ ފުލުހުން ވެސް، ރައްޔިތުންނަށް ހިދުމަތް ކުރުމުގައި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތް ކުރުމަކީ އެންމެ އިސް ވާޖިބު ކަމުގައި ދެކުމަށް ހަމީދު އެދިވަޑައިގަތެވެ.

މީގެކުރިން ވެސް ބްރިޖްމަތިން ބައެއް މީހުން ކަނޑަށް ފުންމާލުމުން އެ މީހުން ސަލާމަތްކޮށްފައި ވެ އެވެ.