Roadha Mihaaru
ގުޅިފަޅުން 6،000 ފްލެޓަށް ބިން ޚާއްސަކުރަން އެދެފި

ގުޅިފަޅު ހިއްކާ ސަރަހައްދުން 6،000 ފްލެޓަށް ބިމެއް ކަނޑައަޅަން ކޮމިޓީން ހުށަހަޅައިފި

17 ޖޫން 2020

ގުޅިފަޅުން އަލަށް ހިއްކާ ސަރަހައްދު އިގްތިސާދީ ކަންކަމަށް ޚާއްސަ ކުރުމުގެ ބަދަލުގައި، އެ ތަނުގައި މަދުވެގެން 6،000 ހައުސިން ޔުނިޓު އިމާރާތް ކުރެވޭ ވަރުގެ ބިމެއް ކަނޑައަޅަން ސަރުކާރަށް ހުށަހަޅަން ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރްމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ގުޅިފަޅުން އަލަށް ހިއްކާ ސަރަހައްދު އިގްތިސާދީ ކަންކަމަށް ޚާއްސަ ކުރުމުގެ ބަދަލުގައި، އެ ތަނުގައި މަދުވެގެން 6،000 ހައުސިން ޔުނިޓު އިމާރާތް ކުރެވޭ ވަރުގެ ބިމެއް ކަނޑައަޅަން ސަރުކާރަށް ހުށަހަޅަން ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރްމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ނިންމައިފި އެވެ.

ގުޅީފަޅުގައި މިހާރު ހިއްކަމުން ދަނީ މާލޭގެ ވިޔަފާރި ބަނދަރު އެ ރަށަށް ބަދަލު ކުރަން ބޭނުންވާ ސަރަހައްދެވެ. އެކަމަކު އެ ތަން ހިއްކަމުންދާ ގޮތުން ވިލިމާލޭގެ ފަރަށް ގެއްލުންވާތީ، އެ މައްސަލަ މަޖިލީހުގެ އެންވަޔަރްމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ދިޔައީ ބަލަމުންނެވެ. އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނެފައި ވަނީ އެ މަޝްރޫއުގެ ކަންކަން ގާތުން ބަލަމުންދާ ކަމަށާއި މަޝްރޫއު ހުއްޓުވަންޖެހޭ ސަބަބެއް އަދި ނެތް ކަމަށެވެ.

އެ މައްސަލަ ބެލުމަށް ފަހު، އެންވަޔަރްމަންޓް ކޮމިޓީން ފާސްކުރި ރިޕޯޓުގައި ސަރުކާރަށް ހުށަހެޅި ކަންކަމުގެ ތެރޭގައި ވަނީ އެއީ ތިމާވެށްޓަށް ބޮޑު ބަދަލެއް އަންނާނެ މަޝްރޫއުއެއް ކަމަށް ވާތީ، އިޖުތިމާއީ އަދި އިގްތިސާދީ ފައިދާ އިތުރު ކުރުން މުހިންމު ކަމަށެވެ. މާލެ އަކީ ތޮއްޖެހިފައިވާ ސަރަހައްދަކަށް ވާތީ، ގުޅިފަޅު ހިއްކާ ސަރަހައްދު އިގްތިސާދީ ކަންކަމަށް އެކަނި ޚާއްސަ ކުރުމުގެ ބަދަލުގައި އެ ބިމުގެ 15 ޕަސެންޓު ދިރިއުޅުމުގެ ބޭނުމަށް ދޫކުރާ ގޮތަށް ހަމަޖައްސައި، މަދުވެގެން 6،000 ހައުސިން ޔުނިޓު އިމާރާތް ކުރެވޭ ވަރުގެ ބިމެއް ކަނޑައަޅަން ކޮމިޓީން ވަނީ ހުށަހަޅައިފަ އެވެ.

ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަ ކުރުމަށްޓަކައި އީޕީއޭގެ ފިޔަވަޅުތައް، ގުޅިފަޅުގެ މަޝްރޫއު ހިންގާ ފަރާތުން އަޅަމުން ގެންދިއުމަށާއި އެކަންކަން ހިނގާ ގޮތް ބެލުމަށްޓަކައި ކަމާބެހޭ ފަރާތްތައް ހިމެނޭ ވަގުތީ ކޮމިޓީއެއް އެކުލަވާލައި، ހަފުތާއަކު އެއްފަހަރު ބައްދަލުވުންތައް ބާއްވަން ވެސް ހުށަހަޅާފައިވެ އެވެ. ވިލިމާލޭ ފަރަށް ލިބޭ ގެއްލުންތައް ކޮންމެ ދުވަހަކު ބަލައި، އާންމު ކުރުމަށާއި އެކަމާބެހޭ ރިޕޯޓެއް ކޮންމެ ހަފުތާއަކު އީޕީއޭއިން އާންމު ކުރުމާއި އެކަމާ ބެހޭ މައުލޫމާތު މީޑިއާ މެދުވެރިކޮށް އާންމުކުރުން ވެސް ކޮމިޓީގެ ހުށަހެޅުންތަކުގެ ތެރޭގައި ހިމެނެ އެވެ.

މާލެ އަކީ ތޮއްޖެހިފައިވާ ސަރަހައްދަކަށް ވާތީ، ގުޅިފަޅު ހިއްކާ ސަރަހައްދު އިގްތިސާދީ ކަންކަމަށް އެކަނި ޚާއްސަ ކުރުމުގެ ބަދަލުގައި އެ ބިމުގެ 15 ޕަސެންޓު ދިރިއުޅުމުގެ ބޭނުމަށް ދޫކުރާ ގޮތަށް ހަމަޖައްސައި، މަދުވެގެން 6،000 ހައުސިން ޔުނިޓު އިމާރާތް ކުރެވޭ ވަރުގެ ބިމެއް ކަނޑައަޅަން ކޮމިޓީން ވަނީ ހުށަހަޅައިފަ އެވެ.

މީގެ އިތުރުން، ދިޔަވަރު ބޮޑުވާ ދުވަސްވަރު ބިން ހިއްކުމުގެ މަސައްކަތް މަޑުޖައްސާލުމަކީ ވެސް ތިމާވެއްޓާ ބެހޭ ކޮމިޓީގެ އެއް ހުށަހެޅުމެކެވެ. އެ މަޝްރޫއާ ގުޅޭ ކަންބޮޑުވުމެއް އޮތް ނަމަ، އެކަން ފަސޭހައިން ކަމާބެހޭ އިދާރާތަކަށް ހުށަހެޅޭނެ ނިޒާމެއް ގާއިމް ކުރަން ސަރުކާރަށް ހުށަހަޅަން ވެސް ކޮމިޓީގެ ރިޕޯޓުގައިވެ އެވެ.

ކުރިއަށް އޮތް ތަނުގައި އެފަދަ މަޝްރޫއުތައް ހިންގުމުގައި، ބައެއް ކަންކަން ކުރުމަށް ވެސް ކޮމިޓީން ހުށަހަޅާފައިވެ އެވެ. އޭގެ ތެރޭގައި، ރާއްޖޭގައި އެންމެ ފުންކޮށް ހިއްކޭނެ މިންވަރުގެ ތްރެޝް ހޯލްޑެއް ސަރުކާރުން ކަނޑައެޅުމާއި މަޝްރޫއުތަކަށް ބަޖެޓު ކަނޑައެޅުމުގައި ތިމާވެށީގެ ރައްކާތެރިކަމަށް ބަޖެޓު ހަމަޖެހިފައިވާ ކަން ކަށަވަރު ނުވާ ނަމަ، އެ މަޝްރޫއު ކުރިއަށް ގެންދަން ހުއްދަ ނުދިނުމަށް ހުށަހަޅާފައިވެ އެވެ. އީއައިއޭ އަށް އަމަލު ނުކުރާ ނަމަ، އެކަށީގެންވާ ފިޔަވަޅު އެޅުމާއި އީޕީއޭއަށް މިނިވަން މުއައްސަސާއެއްގެ ހައިސިއްޔަތު ދޭން ވެސް ކޮމިޓީން ހުށަހަޅާފައިވެ އެވެ.

ގުޅިފަޅު ހިއްކާ ސަރަހައްދުން ދިރިއުޅުމުގެ ބޭނުމަށް ސަރަހައްދެއް ޚާއްސަކުރަން ކޮމިޓީން ހުށަހެޅިއިރު، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ މާލެ ސަރަހައްދު އިތުރަށް ހިއްކަން ޖެހޭނީ ދިރިއުޅުމުގެ ބޭނުމަށާއި ބޯހިޔާވަހި ކަމަށް އެކަނި ކަމަށް ވިދާޅުވެފަ އެވެ. ނަޝީދު އެގޮތަށް ވިދާޅުވީ ވެސް ގުޅިފަޅު ހިއްކުމުގެ މަޝްރޫއުއާ ގުޅޭ ކަންބޮޑުވުންތައް މަޖިލީހުން ބަލަމުން ގެންދަނިކޮށެވެ.