ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި މަސްތުވެގެން ތިބެ ކެންޔާގެ އަންހެނަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތު ބައެއް މީޑިއާތަކުން ރިޕޯޓްކުރި ގޮތާ މެދު ހިތްހަމަނުޖެހިގެން، މީޑިއާތައް ޖޫރިމަނާކުރެވޭނެ ގޮތް ހަދަން، މޯލްޑިވްސް މީޑިއާ ކައުންސިލަށް، ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީއަކުން ބާރު އަޅަން ފަށައިފި އެވެ.
09 ޖުލައި 2020
ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި މަސްތުވެގެން ތިބެ ކެންޔާގެ އަންހެނަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތު ބައެއް މީޑިއާތަކުން ރިޕޯޓްކުރި ގޮތާ މެދު ހިތްހަމަނުޖެހިގެން، މީޑިއާތައް ޖޫރިމަނާކުރެވޭނެ ގޮތް ހަދަން، މޯލްޑިވްސް މީޑިއާ ކައުންސިލަށް، ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީއަކުން ބާރު އަޅަން ފަށައިފި އެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ކަންބޮޑުވުން ހާމަކޮށް، ރައްޔިތުންގެ މަޖިލިހުން، އެމްއެމްސީއަށް ފޮނުވި ސިޓީއެއްގައި އަންގާފައި ވަނީ، އެ މައްސަލާގައި "ހަގީގަތާ ހިލާފު ހަބަރުތައް އެއްވެސް މީޑިއާއަކުން ފަތުރާފައިވާ ނަމަ އެކަން ބައްލަވައި ދެއްވުމަށް އެ ކޮމިޓީން" އެދޭ ކަމަށެވެ.
ރައްޔިތުންގެ މަޖިލިހުގައި އެމްޑީޕީއަށް ނިސްބަތްވާ މެމްބަރެއްގެ އާއިލީ ބޭފުޅަކު ވަނީ، އަންހެން މީހާއަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފަ އެވެ. އެކަމަކު އެފަދަ ބޮޑު ތުހުމަތެއް ކުރެވުނަސް، ހުޅުމާލޭ ފުލުހުން އޭނާ ކޯޓަށް ނުގެންގޮސް، ދޫކޮށްލި އެވެ. އޭނާގެ އިތުރުން އެހެން ފިރިހެނަކު ވެސް، ހައްޔަރުކުރި އެވެ.
ކަން ވީ ގޮތުގެ ހަގީގަތް އަދިވެސް ނޭނގެ އެވެ. އެ އަންހެންމީހާ ދެ މީޑިއާއަކާ ދެއްކި ކަމަށް، އެ ދެ މީޑިއާއިން ބުނާ ވާހަކާގައި ވަރަށް ބޮޑު ތަފާތުތަކެއް ހުއްޓެވެ. އެކަމަކު ބަނގުރާ ބުއިމުގެ ޕާޓީއެއް ބޭއްވި ސަފާރީއަށް ފުލުހުން އެ ވަގުތު ގޮސް ތަހުގީގު ނުހިންގުމާއި ހައްޔަރުކުރި ދެ މީހުންގެ ޔޫރިން ސާމްޕަލް ނަގާފައި ނުވާތީ، ފުލުހުން ކަން ކޮށްފައި ވަނީ ގޯސްކޮށްކަން، އާންމުންގެ ގިނަ ބަޔަކު ވެސް ގަބޫލުކުރެ އެވެ.
ފުލުހުން ގެންދަނީ، އެ މައްސަލަ ދިފާއުކުރަމުންނެވެ. އަދި ފުލުހުން އަމަލްކުރި ގޮތާ ބެހޭ ތަހުގީގުތައް ކަމާ ބެހޭ ފަރާތްތަކުން މިހާރު އަންނަނީ ކުރަމުންނެވެ.
ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީން ސިޓީގައި އެދިފައި ވަނީ މީޑިއާތަކުގެ ހަމަތަކާއި އަހުލާގީ މިންގަނޑާ ހިލާފަށް އަމަލްކުރާ މީޑިއާތަކާ މެދު ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެ އިޖުރާއަތުތައް ބަޔާންކުރާ ގަވާއިދު އެކުލަވާލައި އިއްޔެގެ ކުރިން މަޖިލިހަށް ފޮނުވުމަށެވެ. އެކަމަކު 15 މެމްބަރުން ތިބޭ މީޑިއާ ކައުންސިލްގެ ބައްދަލުން ހޫނުވެ، އެގޮތަށް ފާސްނުވި ކަމަށް، މައުލޫމާތު ހުރި ބައެއް ފަރާތްތަކުން ބުނެ އެވެ. އެހެންކަމުން އެފަދަ ގަވާއިދެއް މަޖިލިހަށް ފޮނުވިކަން އަދި އެނގޭކަށް ނެތެވެ.
މީޑިއާތަކުގެ އެޑިޓަރުންގެ ގްރޫޕްގައި މިއަދު ވަރަށް ހޫނުކޮށް ބަހުސް ހިނގި އެވެ. ހުރިހާ އެޑިޓަރުންގެ ވެސް މައްސަލައަކަށް ވީ، ރައްޔިތުންގެ މަޖިލިހުން މީޑިއާގެ މިނިވަންކަމުގެ ތެރެއަށް ވެސް ވަންނަން އުޅޭތީ އެވެ. އެމްއެމްސީން ވަކި ގަވާއިދެއް ހަދާފައި މަޖިލިހަށް ފޮނުވަން ޖެހޭނެ ކަމަކަށް، އެޑިޓަރުން ގަބޫލެއް ނުކުރެ އެވެ.
އަހުލާގީ މިންގަނޑާ ހިލާފުވާ މީޑިއާތައް ޖުރިމަނާކުރެވިދާނެ އަދަދެއް ވެސް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ، މީޑިއާ ކައުންސިލުގެ ސަމާލުކަމަށް ގެނެސްފަ އެވެ. އެގޮތުން މާނަކުރުމުގެ ހަމަތައް ބަޔާންކުރާ ގާނޫނާ ހަވާލާދީ، ސިޓީގައި ބުނެފައި ވަނީ 2،000ރ އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރެވިދާނެކަން، ގަވާއިދުގައި ކަނޑައެޅިދާނެ ކަމަށް، ސިޓީގައި ބުނެ އެވެ.
ޖިންސީ ގޯނާގެ އެ މައްސަލައިގެ "ކޮޅެއް މެދެއް" އެނގޭ ގޮތެއް އަދި ނުވެ އެވެ. އެހެންކަމުން އެހާ އަވަހަށް، އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް، އަދި ނޫސްވެރިކަމުގެ މިނިވަންކަމަށް އަބަދުވެސް ވަކާލާތުކުރާ ޕާޓީއެއްގެ މެމްބަރުން، މީޑިއާތަކާ ދެކޮޅަށް ފިޔަވަޅު އަޅަން އަވަސްވެގަތުމަކީ، އެޑިޓަރުންގެ ކަންބޮޑުވުމެއްކަން، އެޑިޓަރުންގެ ގްރޫޕްގައި ހިނގި ބަހުސްތަކުން ސާފުވެ އެވެ.
ޖޫރިމަނާކުރަން އުޅެނީ ބިރުދައްކަން: އެޑިޓަރުން
ހިނގީ ރޭޕެއް ނޫން ކަމަށް ބުނެ "މެންދުރު"ން މައާފަށް
ޖިންސީ ގޯނާ: ޗެނަލް13ގެ މައްސަލަ ބަލަން ފަށައިފި
ތަހުގީގަށް ސަފާރީއަށް އެރީ މެންދުރެއްހާއިރު: ޕޮލިސް
ތުހުމަތު ކުރެވޭ ދެ މީހުން ބަނގުރަލަށް ޓެސްޓެއް ނުކުރޭ
ޖިންސީގޯނާ: އެންއައިސީއަށް ބައެއް ލިއުންތައް އަދި ނުދޭ
"ގޯނާގެ މައްސަލައަށް މަޖިލިސް ވަންނާތީ ކަންބޮޑުވޭ"
ވިކްޓިމް ބޭނުން ނަމަ ކޮމިޓީ އަށް ހާޒިރުކުރަނީ
ޖިންސީ ގޯނާގެ ތުހުމަތާ ގުޅިގެން ކުއްލި މައްސަލައެއް
ޖިންސީ ގޯނާ: ފުލުހުން އިހުމާލުވިތޯ ކޮމިޓީން ބަލަނީ