Roadha Mihaaru
އެއާއިންޑިއާގެ ބޯޓެއް ކެރަލާއަށް ޖައްސަނިކޮށް ވެއްޓިއްޖެ

އެއާ އިންޑިއާގެ ބޯޓެއް ކެރަލާ އަށް ޖައްސަނިކޮށް ވެއްޓިއްޖެ

07 އޯގަސްޓް 2020

ކެރެލާ (އޮގަސްޓް 7) - އެއާ އިންޑިއާ އެކްސްޕްރެސްގެ މަތިންދާ ބޯޓެއްގެ ކެރަލާގެ ކާލިކަޓަށް ޖައްސަނިކޮށް މިރޭ ވެއްޓިއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކެރެލާ (އޮގަސްޓް 7) - އެއާ އިންޑިއާ އެކްސްޕްރެސްގެ މަތިންދާ ބޯޓެއްގެ ކެރަލާގެ ކާލިކަޓަށް ޖައްސަނިކޮށް މިރޭ ވެއްޓިއްޖެ އެވެ.

އިންޑިއާގެ މީޑިއާތަކުން ބުނި ގޮތުގައި ދުބާއީން ފުރައިގެން 191 މީހުންނާ އެކު ދަތުރުކުރި ބޯޓު ވެއްޓިފައި ވަނީ ކާލިކަޓުގެ އެއާޕޯޓަށް ޖައްސަނިކޮށެވެ. ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި ބޯޓު ވަނީ ރަންވޭ އަށް ޖެއްސި ވަގުތު ކަހާލައިގެން ގޮސް ވަނީ ވާދީ އަކަށް ވެއްޓިފަ އެވެ. ބޯޓުން ދަތުރުކޮށްފައި ވަނީ 10 ކުޑަކުދިން ހިމެނޭ ގޮތަށް 184 ފަސިންޖަރުންނާއި ދެ ޕައިލެޓުންނާއި ފަސް ކެބިން ކްރޫންނެވެ. ވެއްޓިފައި ވަނީ ކޮރޯނާވައިރަހާ ގުޅިގެން ދުބާއީގައި ތާށިވެފައި ތިބި އިންޑިއާ މީހުން ގޮވައިގެން ދަތުރުކުރި ބޯޓެކެވެ.

މީހުން ސަލާމަތް ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. ބޯޓުން ދަތުރުކުރި މީހުންގެ ތެރޭން ތިން މީހުން މިހާތަނަށް މަރުވެ 50 މީހުން ވަނީ ޒަޚަމްވެފައި ކަމަށް ޚަބަރުތައް ބުނެ އެވެ. މަރުވި މީހުންގެ ތެރޭގައި ޕައިލެޓަކު ވެސް ހިމެނޭ ކަމަށްވެ އެވެ. ސޯޝަލް މީޑިއާގައި ދައުރުވާ ފޮރޯތަކުން ފެންނަ ގޮތުގައި ބޯޓު ވަނީ ދެބުރިވެފަ އެވެ. ވެއްޓިފައި ވަނީ ބޯއިން 737 ގެ ބޯޓެކެވެ. ބޯޓު ޖެއްސަން ދިޔައިރު ބޯކޮށް ވާރޭވެހެމުން ދިޔަ އެވެ.