މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ބޯޑަށް ހަތަރު ބޭފުޅަކު އަދި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެމްބަރު ކަމަށް ބޭފުޅަކު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
25 އޯގަސްޓް 2020
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ބޯޑަށް ހަތަރު ބޭފުޅަކު އަދި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެމްބަރު ކަމަށް ބޭފުޅަކު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މީރާގެ ޑިރެކްޓަރުންގެ ބޯޑުގެ ތިން މެމްބަރެއްގެ މަގާމު ހުސްވެފައިވާތީ އާއި އިތުރު މެމްބަރެއްގެ ދައުރު ހަމަވާތީ އެ ބޯޑަށް ހަތަރު މެމްބަރަކު އައްޔަން ކުރުމަށްޓަކައި އަށް ބޭފުޅެއްގެ ނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަޖިލީހަށް ފޮނުއްވި އެވެ. އަދި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެމްބަރެއްގެ މަގާމު ހުސްވެފައިވާތީ ދެ ބޭފުޅެއްގެ ނަން ރައީސް ފޮނުއްވި އެވެ.
މީރާގެ ބޯޑަށް އައްޔަންކުރަން ފޮނުވި ނަންތަކުގެ ތެރެއިން އިގްތިސާދީ ކޮމެޓީން މަޖިލީހުގެ ތަޅުމަށް ފޮނުވީ ފަސް ބޭފުޅެއްގެ ނަމެވެ. އަދި ޓެކްސް އެޕީލް ޓްރައިބިއުނަލަށް އައްޔަން ކުރަން ފޮނުވި ދެ ނަން ވެސް ޖުޑިޝަރީ ކޮމެޓީން ތަޅުމަށް ފޮނުވި އެވެ.
ކޮމެޓީން މާކްސް ދިން ތަރުތީބަށް އިސްކަން ދީގެން މީރާގެ ބޯޑަށް އައްޔަން ކުރަން މަޖިލީހުން މިއަދު ފާސްކުރީ ހދ. ހަނިމާދޫ މުރިނގު، މުމްތާޒް އަބްދުއްރަޝީދާއި ހ. ނީލްވިލާ، ލީނާ މުހައްމަދު ޒާހިރު ހުސައިންގެ އިތުރުން ގ. މާލެހިޔާ 15-03-2، ހުޝާމް ވަހީދާއިި ހ. އީސްޓްވާޑް އައިޝަތު އަޝާ އަލީ އެވެ.
މީރާގެ ބޯޑަށް އައްޔަން ކުރަން ކޮމެޓީން މާކްސް ދިން ތަރުތީބުން ހަތަރު ވަނައަށް އޮތް ސ. މަރަދޫފޭދޫ ޑޭލައިޓްވިލާ، އަލީ އިރުފާނުގެ ނަމާ މެދު ވޯޓަ އެހުމުން އެ ނަމާ ދެކޮޅަށް 53 މެމްބަރުން ވޯޓު ދެއްވުމުން އެ ނަން ފާހެއް ނުވި އެވެ. އައިޝަތު އަޝާގެ އަލީގެ ނަމަށް ވޯޓަށް އެހީ އެހެންވެގެންނެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެމްބަރު ކަމަށް އައްޔަން ކުރަން ފާސްކުރީ އއ. މަތިވެރި ވެސްޓްބީޗް، މުހައްމަދު މުނައްވަރު އަލީ ނަމެވެ. އޭނާގެ ނަން ފާސްވުމުން ދެވަނަ ނަމަށް ވޯޓަކަށް ނާހަ އެވެ.
ޓްރައިބިއުނަލްގެ މެމްބަރުންތަކެއް ވަކިކުރަން ލަފާ ދީފި
ޓެކްސް ޓްރައިބިއުނަލްގެ މެންބަރުންތަކެއް ވަކިކުރަން ލަފާ
މީރާގެ ބޯޑަށް އައްޔަންކުރަން ފޮނުވި ދެ ނަން ކޮމިޓީއަށް
ބައެއް މުއައްސަސާތަކުގެ ބަޖެޓު ކުޑަވެގެން ކަންބޮޑުވެއްޖެ
އިދާރާތަކުގެ މުސާރަ ކުޑަކުރަން ނުފެންނަކަމަށް ފާސްކޮށްފި
އިދާރާތަކުގެ މުސާރަ ކުޑަކުރެވެން ނެތް ކަމަށް ނިންމައިފި
ހަރަދު ކުޑަކުރަން މުސާރަތަކާ ކުޅެން ކޮމިޓީން ދެކޮޅު
އީސީގެ ރައީސަކަށް ޒާހިދު، ނާއިބަކަށް ސޮލާހު އައްޔަން
ފުރައްސާރަ މައްސަލަ ބަލަން ހުސް ފިރިހެން މެމްބަރުން!
ބްރޯޑްކޮމަށް މުހަންމާ އާއި ސަރާހަތު އައްޔަނު ކޮށްފި