ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކޮވިޑް 19 އަށް މިރޭ ޕޮޒިޓިވް ވެއްޖެ އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކޮވިޑް 19 އަށް މިރޭ ޕޮޒިޓިވް ވެއްޖެ އެވެ.
އެކަން އިއުލާން ކުރައްވާފައި ވަނީ އެ މަނިކުފާނު ދެންމެ ކުރެއްވި ޓްވީޓެއްގަ އެވެ. އެ ޓުވީޓުގައި މައުމޫން ވިދާޅުވީ، އެ މަނިކުފާނާއި އެ ބަލި ޖެހިފައިވާ އެހެން ހުރިހާ އެންމެންނަށް ރަހުމަތް ލައްވައި، އަވަސް ޝިފާއަކަށާއި ފުރިހަމަ ސިއްހަތެއް ދެއްވުން އެދި ދުއާ ކުރައްވާ ކަމަށެވެ.
قل لن يصيبنا إلا ما كتب الله لنا. I have tested positive for Covid-19. May Almighty Allah bless me and all other sick people with a speedy recovery and good health! Aameen!
— Maumoon Abdul Gayoom (@maumoonagayoom) August 25, 2020
މައުމޫންގެ ޓުވީޓް
މިއީ، ރާއްޖޭގައި ކޮވިޑް ފެތުރެމުން ދާތާ ގާތްގަނޑަކަށް ހައެއްކަ މަހުގެ ތެރޭގައި ދައުލަތުގެ މިހާ އިސްބޭފުޅަކު ކޮވިޑަށް ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ. މައުމޫންގެ ޓްވީޓާ އެކު ވަރަށް ގިނަ ބަޔަކު އަވަސް ޝިފާއަކަށް އެދި ވަނީ ދުއާ ކޮށްފަ އެވެ.
މައުމޫން 81، ގެ އާއިލާގެ ބޭފުޅަކު ވިދާޅުވީ، މައުމޫން ކޮވިޑަށް ޕޮޒިޓިވްވިކަން އެނގިވަޑައިގަތީ ހުމުގެ އާލާސްކަންފުޅެއްގައި އުޅުއްވާތީ މިއަދު ހެނދުނު ޓްރީ ޓޮޕް ހޮސްޕިޓަލަށް ވަޑައިގެން ޓެސްޓު ކުރެއްވުމުން ކަމަށެވެ. ޓެސްޓުގެ ނަތީޖާ ލިބުނީ މިރެ އެވެ. މައުމޫން ރެއިން ފެށިގެން އުޅުއްވަނީ ހުމުގެ އާލާސްކަންފުޅެއްގަ އެވެ.
އާއިލާ އިން ބުނީ، މައުމޫން ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓް ކުރުމާ ގުޅޭ ކަންކަން ކުރިއަށް ގެންދާ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ ހާލު ރަނގަޅު،" އޭނާ ވިދާޅުވި އެވެ.
ރާއްޖެ އިން ކޮވިޑް ފެނުނު ފަހުން މައުމޫން އާންމުކޮށް ބޭރަށް ނުކުމެވަޑައިގެން ނޫޅުއްވާ ކަމަށް ވެ އެވެ. އެ މަނިކުފާނު މިއަދު ހެނދުނު ވެސް ވަނީ ބަރުލަމާނީ ނިޒާމުގެ މައްސަލައިގައި ޓްވީޓް ކުރައްވައިފަ އެވެ.
މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ވެސް އާލާސްކަންފުޅާ އުޅުއްވާތީ، މި މަހުގެ ކުރީކޮޅު ޓްރީ ޓޮޕް ހޮސްޕިޓަލްގައި އެޑްމިޓްކޮށް، ކޮވިޑަށް ޓެސްޓުކުރި އެވެ. އެ ކަމަނާގެ އެ ޓެސްޓު ވަނީ ނެގެޓިވް ވެފަ އެވެ.
ރާއްޖޭގައި ވަރަށް ހަލުއިކޮށް މިހާރު ދަނީ ކޮވިޑް ފެތުރެމުންނެވެ. މިރޭގެ ނަތީޖާތަކާ އެކު ރާއްޖެ އިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 7،000 ފަހަނައަޅައިފަ އެވެ. މި ބަލީގައި ރާއްޖޭގައި މިހާތަނަށް 27 މީހަކު ވަނީ ދުނިޔެ ދޫކޮށްފަ އެވެ. އޭގެ ތެރޭގައި ގިނައީ އުމުރުން ދުވަސްވީ މީހުންނެވެ.
މައުމޫން، ނަސްރީނާ އަށް: ވަރަށް އަވަހަށް ބައްދަލުވާނެ
މައުމޫނަށް އަވަސް ޝިފާއަކަށް އެދި ހެޔޮ ދުއާ
މައުމޫންގެ ހާލުކޮޅު ރަނގަޅު: އާއިލާ
ކޮވިޑް-19: ތިން މީހެއްގެ ހާލު ސީރިއަސް
އިތުރު 12 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
ޓްރީ ޓޮޕް އަށް ކޮވިޑް ބަލީގެ މީހުން ގެންދަން ފަށައިފި
ކޮވިޑް ފަރުވާ އަށް ޓްރީ ޓޮޕް ސަރުކާރަށް ދޫކޮށްލައިފި
ކުރީގެ ފަސްޓް ލޭޑީ ނަސްރީނާ ކޮވިޑަށް ޕޮޒިޓިވްވެއްޖެ
500 މީހުންގެ ސާމްޕަލަށް ފަހު ސިޑިމައްޗަށް ދެމުނީ!
ކޮވިޑުގައި ހާލުބޮޑުވާމީހުންނަށް ހާއްސަ އައިސީޔޫ ފުރިއްޖެ