Roadha Mihaaru
ސްޓޫޑެންޓް ލޯނު ދެއްކުން މިއަހަރުގެ ނިޔަލަށް ފަސްކޮށްފި

ސްޓޫޑެންޓް ލޯން ދެއްކުން މި އަހަރުގެ ނިޔަލަށް ފަސްކޮށްފި

01 ސެޕްޓެމްބަރ 2020

މަތީ ތައުލީމް ހާސިލްކުރަން ސަރުކާރުން ދޫކޮށްފައިވާ ސްޓޫޑެންޓް ލޯނު އަނބުރާ ދެއްކުމުގެ މުއްދަތު މި މަހުގެ ނިޔަލަށް ހަމަވީ ނަމަވެސް، އެކަމުގައި އިތުރު ފަސޭހައެއް ސަރުކާރުން ދީފި އެވެ. ލޯނު ދެއްކުމުގެ މުއްދަތު މި އަހަރުގެ ނިޔަލަށް ވަނީ އިތުރުކޮށްދީފަ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މަތީ ތައުލީމް ހާސިލްކުރަން ސަރުކާރުން ދޫކޮށްފައިވާ ސްޓޫޑެންޓް ލޯނު އަނބުރާ ދެއްކުމުގެ މުއްދަތު މި މަހުގެ ނިޔަލަށް ހަމަވީ ނަމަވެސް، އެކަމުގައި އިތުރު ފަސޭހައެއް ސަރުކާރުން ދީފި އެވެ. ލޯނު ދެއްކުމުގެ މުއްދަތު މި އަހަރުގެ ނިޔަލަށް ވަނީ އިތުރުކޮށްދީފަ އެވެ.

ކޮވިޑް-19އާ ގުޅިގެން ސަރުކާރުން ވަނީ މިދިޔަ މާޗު މަހު، އެ ލޯނު ދެއްކުމުގައި ދަރިވަރުންނަށް ލުއިދީ، މި މަހުގެ ނިޔަލަށް ލޯޯނު ދެއްކުން ފަސްކޮށްފަ އެވެ. އެ ލޯނު ދައްކަން ޖެހޭ 4،000އަށް ވުރެ ގިނަ ދަރިވަރުން އެބަތިއްބެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނީ ކޮވިޑްގެ ބަލިމަޑުކަމުގެ މި ހާލަތުގައި ގިނަ ބައެއްގެ އާމްދަނީއަށް އަސަރުކޮށްފައިވުމާ އެކު، އާއްމު ހާލަތަކަށް ރުޖޫއަވުމަށް ވަގުތު ނަގާނެ ކަމަށެވެ. އެހެންވެ، ދަރިވަރުންނަށް ދޫކޮށްފައިވާ ލޯނު ދެއްކުން މި އަހަރުގެ ނިޔަލަށް ފަސްކޮށްފައިވާ އެތަނުން ބުންޏެވެ.

ސަރުކާރުން ވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ ސްޓޫޑެންޓް ލޯނު އަނބުރާ ދެއްކުމުގައި ވެސް ލުއި ގޮތްތަކެއް ހަމަޖައްސައިދޭނެ ކަމަށް ބުނެފަ އެވެ.

މަތީ ތައުލީމް ހާސިލްކުރުމަށް ސަރުކާރުން ކޮންމެ އަހަރަކު ވެސް ގިނަ އަދަދެއްގެ ދަރިވަރުންނަށް ލޯނު ދޫކުރެ އެވެ. ސްޓޫޑެންޓް ލޯނާއި ސްކޮލަޝިޕްގެ އެކި ފުރުސަތުތައް ފަހިކޮށްދިނުމަށް ވެސް މިހާތަނަށް 205.2 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ.