މިހާރު ބައެއް ސިނަމާތަކުގައި ދައްކަމުން އަންނަ، ޑައިރެކްޓަރު ކްރިސްޓޯފާ ނޯލާންގެ ފިލްމު "ޓެނެޓް" ގެ މުހިއްމު ރޯލެއް ކުޅެފައިވާ ޒުވާން އެކްޓަރު ރޮބަޓް ޕެޓިންސަން ކޮވިޑް-19 އަށް ޕޮޒިޓިވްވެ އޭނާ މަސައްކަތްކުރަމުން ދިޔަ ޕްރޮޖެކްޓްތަކެއް ވަގުތީ ގޮތުން މެދުކަނޑާލަން ޖެހިއްޖެ އެވެ.
04 ސެޕްޓެމްބަރ 2020
މިހާރު ބައެއް ސިނަމާތަކުގައި ދައްކަމުން އަންނަ، ޑައިރެކްޓަރު ކްރިސްޓޯފާ ނޯލާންގެ ފިލްމު "ޓެނެޓް" ގެ މުހިއްމު ރޯލެއް ކުޅެފައިވާ ޒުވާން އެކްޓަރު ރޮބަޓް ޕެޓިންސަން ކޮވިޑް-19 އަށް ޕޮޒިޓިވްވެ އޭނާ މަސައްކަތްކުރަމުން ދިޔަ ޕްރޮޖެކްޓްތަކެއް ވަގުތީ ގޮތުން މެދުކަނޑާލަން ޖެހިއްޖެ އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިނގިރޭސިވިލާތަށް އުފަން 34 އަހަރުގެ އެކްޓަރު ކޮވިޑަށް ޕޮޒިޓްވީ ޑައިރެކްޓަރު މެޓް ރީވްސްގެ "ދަ ބެޓްމޭން" ގެ ޝޫޓިން ލަންޑަނުގައި ކުރިއަށް ދަނިކޮށެވެ. އޭނާ ބައްޔަށް ޕޮޒިޓިވްވުމާ ގުޅިގެން މިހާރު އެ ފިލްމުގެ މަސައްކަތް ވަނީ ވަގުތީ ގޮތުން މެދުކަނޑާލައިފަ އެވެ. ފިލްމުގެ ޝޫޓިން މިދިޔަ މަހުގެ މެދު ތެރޭގައި އަލުން ފެށީ ވެސް ކޮވިޑާ ހެދި ހައެއްކަ މަސްވަންދެން ޝޫޓިން މެދުކަނޑާފައި އޮތުމަށް ފަހު އެވެ.
Actor Robert Pattinson tests positive for Covid-19, pausing production of 'The Batman': U.S. media https://t.co/StqwDIICjC pic.twitter.com/FNmZ5lxFga
— Reuters (@Reuters) September 3, 2020
"ބެޓްމޭން" އާ ބެހޭ ގޮތުން ވޯނާ ބްރަދާޒުން ބުނީ ޕެޓިންސަން ޕޮޒިޓްވްވެ، ފަރުވާ ހޯދަމުން އަންނަ އިރު ފިލްމުގެ ކްރޫގެ މެމްބަރަކު ވެސް މި ވަގުތު ހުރީ ސެލްފް-އައިސޮލޭޝަނުގައި ކަމަށެވެ. އެކަމަކު އެއީ ކާކުކަމެއް ހާމައެއްނުކުރެ އެވެ.
ބެޓްމޭންގެ ރޯލް މުޅިން އަލަށް ޕެޓިންސަން ކުޅޭ ފިލްމުގެ ޝޫޓިން އޭނާ ބަލިވެގެން މެދުކަނޑައިލަން ޖެހުނު އިރު، ކޮވިޑާ ހެދި ޝޫޓިން ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފައިވާ ފިލްމު ރިލީޒްކުރުން ވެސް އޮތީ ފަސްކޮށްފަ އެވެ. ކުރިން އަންނަ އަހަރުގެ ޖޫންގައި ގެނެސްދޭން ނިންމި "ބެޓްމޭން" މިހާރު ތާވަލުކޮށްފައި އޮތީ އަންނަ އަހަރުގެ އޮކްޓޯބަރަށެވެ.
"ޓްވައިލައިޓް" ސާގާ އިން މަޝްހޫރުކަން ހޯދި ޕެޓިންސަން ކޮވިޑަށް ޕޮޒިޓިވްވެ ފަރުވާ ހޯދަން ފެށި އިރު އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ދަ ޑެވިލް އޯލް ދަ ޓައިމް" ހިމެނެ އެވެ. އެންޓޯނިއޯ ކެމްޕޯސް ޑައިރެކްޓްކޮށްފައިވާ ސައިކޮލޮޖިކަލް ތުރިލާ އަކީ މިހާރު ރިލީޒްކުރަން ތައްޔާރުވަމުން އަންނަ ފިލްމެކެވެ.
ހޮލީވުޑްގެ މަޝްހޫރު އެކްޓަރުންގެ ތެރެއިން މި ވަގުތު ކޮވިޑަށް ފަރުވާ ހޯދާ ތަރިންގެ ތެރޭގައި ޑްވޭން (ރޮކް) ޖޯންސަން ހިމެނެ އެވެ. އެ ބަލި ޖެހިގެން ފަރުވާ ހޯދި މަޝްހޫރު ތަރިންގެ ތެރޭގައި ޓޮމް ހޭންކްސް އާއި އެންޓޯނިއާ ބަންޑާރެސް ފަދަ ތަރިން ހިމެނެ އެވެ.
އެކްޓަރު ލޯރެންސް ލަންޑަންގެ މޭޔަރަކަށް ވާދަކުރަނީ
ބްރިޓިޝް ފެޝަން އެމްބެސެޑަރަކަށް ޕްރިޔަންކާ
"ޓެނެޓް" ބަލާފައި ޓްވިންކަލްގެ ތައުރީފު މަންމަ އަށް
ރޮބަޓް ޕެޓިންސަން އެންގޭޖްވީ؟
"ބެޓްމޭން" ގެ ޝޫޓިން މެދުކަނޑާލައިފި
އަލްބާ އަށް ސިއެރެ ލިއޯންގެ ރަށްވެހިކަން
މީން ގާލްސްގެ 15 ވަނަ އަހަރަށް ފިޔާތޮށި ދުވަހެއް
ބަފްޓާގެ މޮޅު ފިލްމަކަށް "ރޯމާ"
ބަފްޓާ: "ދަ ފެވަރިޓް" އަށް 12 ނޮމިނޭޝަން
"ބޮހީމިއަން ރާޕްސޮޑީ" ގެ ކާމިޔާބީ ޝާހީ ގަނޑުވަރުން