16 ސެޕްޓެމްބަރ 2020
ލަންޑަން (ސެޕްޓެމްބަރު 16) - ލިޔޯންގެ ނެދަލެންޑްސް ފޯވާޑް މެމްފިސް ޑިޕާއި ބާސެލޯނާ އަށް ވިއްކާލަން އެއްބަސްވުމަކަށް އައިސްފައިވާއިރު، ރެއާލް މެޑްރިޑްގެ ވޭލްސް ތަރި ގަރެތު ބޭލް އެނބުރި އިނގިރޭސި ޕްރިމިއާ ލީގަށް ބަދަލުވުމުގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ލަންޑަން (ސެޕްޓެމްބަރު 16) - ލިޔޯންގެ ނެދަލެންޑްސް ފޯވާޑް މެމްފިސް ޑިޕާއި ބާސެލޯނާ އަށް ވިއްކާލަން އެއްބަސްވުމަކަށް އައިސްފައިވާއިރު، ރެއާލް މެޑްރިޑްގެ ވޭލްސް ތަރި ގަރެތު ބޭލް އެނބުރި އިނގިރޭސި ޕްރިމިއާ ލީގަށް ބަދަލުވުމުގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ބާސެލޯނާގެ އާ ކޯޗު ރޮނާލްޑް ކޫމަން ވަނީ އޭނާއާ އެކު ނެދަލެންޑްސްގެ ގައުމީ ޓީމުގައި މަސައްކަތްކުރި ޑިޕާއި ގަންނަން އެ ކްލަބްގެ ބޯޑުގައި އެދިފަ އެވެ. އުމުރުން 26 އަހަރުގެ ޑިޕާއި ހޯދަން ބާސެލޯނާ އިން އެންމެ ފުރަތަމަ ކުރި 20 މިލިއަން ޕައުންޑްގެ ބިޑަށް ލިޔޯނުން ވަނީ ނޫނެކޭ ބުނެފަ އެވެ. އެކަމަކު ނެދަލެންޑްސްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ބާސެލޯނާ އިން އިއްޔެ ހުށަހެޅި ބިޑަށް ލިޔޯނުން ވަނީ ރުހުން ދީފަ އެވެ. އެއީ މި ވަގުތު 25 މިލިއަން ޕައުންޑް ދިނުމަށް ފަހު ޑިޕާއި ބާސެލޯނާގައި ދައްކާ ކުޅުމަށް ބަލާފައި އިތުރު ފަސް މިލިއަން ޕައުންޑް ދޭ ގޮތަށެވެ.
ކުރިން ޕީއެސްވީ އާއި މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ޑިޕާއި ލިޔޯން ދޫކޮށްލަން ނިންމީ މި ފަހަރުގެ ސީޒަނުގައި އެ ޓީމު ޔޫރަޕުގެ މުބާރާތެއްގައި ވާދަނުކުރާތީ އެވެ. އަންނަ އަހަރަކީ ޔޫރޯ ފުޓްބޯޅަ މުބާރާތް އޮންނަ އަހަރު ކަމަށްވާއިރު، މި ސީޒަނުގައި ޗެމްޕިއަންސް ލީގުގައި ކުޅެ ރަނގަޅު ފޯމެއްގައި ހުންނަން ބޭނުންވާ ކަމަށް ޑިޕާއި ވަނީ ބުނެފަ އެވެ. ރަނގަޅު ހުށަހެޅުމެއް ލިބިއްޖެނަމަ ޑިޕާއި ވިއްކާލާނެ ކަމަށް މީގެ ކުރިން ލިޔޯނުން ވެސް ވަނީ ބުނެފަ އެވެ.
ޓޮޓެންހަމަށް 2013 ވަނަ އަހަރު އޭރު ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 100 މިލިއަން ޑޮލަރު ދެއްކުމަށް ފަހު ރެއާލުން ބޭލް ގަތް ފަހުން އޭނާ އެ ޓީމާ އެކު ވަނީ ފާހަގަކޮށްލެވޭ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. މި ސީޒަން ފެށުމުގެ ކުރިން މުސާރައިގެ ގޮތުގައި ހަފުތާ އަކު އެއް މިލިއަން ޕައުންޑް (1.1 މިލިއަން ޑޮލަރު) ލިބޭ ގޮތަށް ޗައިނާގެ ޖިއާންސޫ ސަނިން އަށް ބޭލް ސޮއިކުރަން ނިންމާފައިވަނިކޮށް ފަހު ވަގުތު ރެއާލުން ވަނީ އެ ޑީލް ހުއްޓުވައިފަ އެވެ. އެއީ ރެއާލުގެ ކޯޗު ޒިނެދިން ޒިދާންގެ ނިންމުމެކެވެ. މި ފަހަރުގެ ސީޒަން ނިމުމާ އެކު ބޭލް ރެއާލް ދޫކޮށްލާނެ ކަމަށް ދެކެވޭ ވާހަކަ އޭނާގެ އޭޖެންޓް ޖޮނަތަން ބާނެޓް ވަނީ ދޮގުކޮށްފަ އެވެ. އެކަމަކު ދާދި ފަހުން ބާނެޓް ރެއާލާ އެކު ބޭއްވި މަޝްވަރާތަކަށް ފަހު ވަނީ ބޭލް އެ ޓީމުން ދޫކޮށްލެވޭނެ ގޮތްތަކަކާ ބެހޭގޮތުން މަޝްވަރާކޮށްފަ އެވެ.
އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން ރެެއާލުން އޮތީ އެ ކްލަބުން ދެ ބައި ކުޅެ އެއްބައި މުސާރަ ދޭ ގޮތަށް ބޭލް ލޯނަކަށް ދޫކޮށްލަން ތައްޔާރަށެވެ. އެއީ ލޯން ފީގެ ގޮތުގައި 15 މިލިއަން ޕައުންޑް ދައްކާ ގޮތަށެވެ. އަދި އެއްކޮށް ބޭލް ގަންނަނަމަ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި 30 މިލިއަން ޕައުންޑަށް ބޭލް ވިއްކާލުމުގެ ފުރުސަތު ވެސް އެބައޮތެވެ.
ރިޕޯޓްތައް ބުނާގޮތުން ބޭލް ހޯދަން އެންމެ ބޮޑަށް މަސައްކަތްކުރާ ދެ ކްލަބަކީ އޭނާގެ ކުރީގެ ޓީމު ޓޮޓެންހަމް އަދި މެންޗެސްޓާ ޔުނައިޓެޑް އެވެ. ޔުނައިޓެޑުން ބޭލް އަށް ފާރަލާން ފެށީ ބޮރޫޝިއާ ޑޯޓްމަންޑުގެ ޖޭޑަން ސަންޗޯ ހޯދަން ކުރާ މަސައްކަތުގައި ކުރިއެރުމެއް ނުލިބުމުންނެވެ.
ރެއާލް ބަލިކޮށް ބާސެލޯނާ 6 ޕޮއިންޓުގެ ލީޑެއްގައި
އެމްބާޕޭއަކީ އަހަރެން ކަހަލަ ފޯވާޑެއްނޫން: ލެވަންޑޯސްކީ
ލީގުގެ ޗެމްޕިއަންކަން ރެއާލަށް، ބާސާއަށް ހުސް ސީޒަނެއް
ލަޕޯޓާ ބޭނުންވަނީ އެލް ކްލެސިކޯ މެޗު އަލުން ކުޅެން
ރެއާލް އަތުން ބަލިވުމުން ޒަވީއަށް ގޯސްވީ ރެފްރީ
ރެއާލް މެޑްރިޑުން ކުރަނީ ލަދުވެތިކަމެއް: ލަޕޯޓާ
އާސެނަލަށް ބެޔާން، ރެއާލަށް ސިޓީ، ބާސާއަށް ޕީއެސްޖީ
ކުޅުންތެރިން ޑިވެލޮޕްކުރަން ބާސާއަށްވުރެ ރެއާލް ރަނގަޅު
ވިލިއަމްސްގެ ދެބެއިން ބާސެލޯނާ ކަޓުވާލައިފި
ފަހަތުން އަރައި މޮޅުވެ ރެއާލަށް މުހިއްމު ތިން ޕޮއިންޓް