ކޯޓުތަކުގެ އިސް ފަނޑިޔާރުން ކަނޑައެޅުމުގެ އާ ގަވާއިދެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެކުލަވާލައި، އަމަލުކުރަން ފަށައިފި އެވެ.
23 ސެޕްޓެމްބަރ 2020
ކޯޓުތަކުގެ އިސް ފަނޑިޔާރުން ކަނޑައެޅުމުގެ އާ ގަވާއިދެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެކުލަވާލައި، އަމަލުކުރަން ފަށައިފި އެވެ.
ޖޭއެސްސީން އިއްޔެ އާންމުކޮށް، އަމަލުކުރަން ފެށި އިސް ފަނޑިޔާރުން އައްޔަން ކުރުމުގެ ގަވާއިދު ބުނާގޮތުން އިސް ފަނޑިޔާރުން އައްޔަން ކުރާނީ އެ މަގާމަށް ކުރިމަތިލާން އެ ކޯޓެއްގެ ފަނޑިޔާރުންނަށް ފުރުސަތު ދިނުމަށް ފަހު އަދި ކުރިމަތިލާ ބޭފުޅުންނާ އިންޓަވިއު ކުރުމަށް ފަހު އެވެ.
އެ ގަވާއިދު ބުނާގޮތުން އިސް ފަނޑިޔާރު ކަމަށް އައްޔަން ކުރާނެ ބޭފުޅުން ކަނޑައަޅާނީ ކުރިމަތިލާ ބޭފުޅުންނާ އިންޓަވިއު ކުރުމަށް ފަހު ޖޭއެސްސީގެ ބައްދަލުވުމެއްގައި މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްގެންނެވެ. އަދި ނަންތަކާ މެދު ވޯޓަށް އަހާނީ އެންމެ މަތިން މާކްސް ލިބޭ ބޭފުޅުންނަށް އިސްކަން ދޭ ތަރުތީބުން ކަމަށާއި ދެ ބޭފުޅެއްގެ މާކްސް އެއްވަރު ވެއްޖެ ނަމަ، ފުރަތަމަ ވޯޓަށް އަހާނީ ފަނޑިޔާރުކަމުގައި ޚިދުމަތް ކުރި މުއްދަތަށް ބަލައިގެން ކަމަށް ވެސް އެ ގަވާއިދުގައިވެ އެވެ.
އިސް ފަނޑިޔާރުން އައްޔަން ކުރުމުގެ ގަވާއިދެއް ޖޭއެސްސީން އެކުލަވާލިއިރު، ކްރިމިނަލް ކޯޓު ވަގުތީ ގޮތުން ހިންގުން އެ ކޯޓުގެ ގާޒީ އާދަމް މުހައްމަދާ ހަވާލުކުރީ އުސޫލާ ޚިލާފަށް ކަމަށް ބުނެ އެ ކޮމިޝަނަށް ދާދިފަހުން ފާޑުކިޔުންތައް އަމާޒުވި އެވެ. އެކަމަކު އެ ކޮމިޝަނުން ބުނެފައިވަނީ އެއީ އުސޫލާ އެއްގޮތަށް ނިންމި ނިންމުމެއް ކަމަށެވެ.
އާ ގަވާއިދެއް ޖޭއެސްސީން އެކުލަވާލިއިރު ކްރިމިނަލް ކޯޓާއި ފެމިލީ ކޯޓާއި ހައި ކޯޓުގެ އިސް ފަނޑިޔާރު ކަން މިވަގުތު އޮތީ ހުސްކޮށެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް 10 ބޭފުޅެއް
ޖޭއެސްސީގެ ތަހުގީގަށް އެހީތެރިކަން ދޭނަން: ސުއޫދު
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް މާނިއު އައްޔަންކޮށްފި
ހައިކޯޓަށް ފަނޑިޔާރަކު އައްޔަންކުރުން ހުއްޓުވަން އެދެފި
އިސް ފަނޑިޔާރު ކަމަށް ކުރިމަތިލީ އެެންމެ ބޭފުޅެއް
ފަނޑިޔާރުންނަށް ހުކުރު ނަމާދުގެ އިމާމުކަން ކުރެވޭނެ
ފަނޑިޔާރު ކަމަށް ކުރިމަތިލާއިރު އިމްތިހާނެއް ދެނީ
ޝަރުއީ ދާއިރާގެ އިސް މަގާމުތަކަށް ޝައުގެއް ނެތް!
ކްރިމިނަލް ކޯޓާއި ސިވިލް ކޯޓަށް އިސްގާޒީން ނަގައިފި
ހައިކޯޓުގެ އިސް ފަނޑިޔާރުކަން ކުރާނެ ބޭފުޅަކު ނުވި