Roadha Mihaaru
ހިތަދޫގައި މީހަކަށް ހަމަލަދީ، ސީރިއަސް އަނިޔާތަކެއް

ހިތަދޫގައި ތޫނު އެއްޗަކުން ހަމަލަދީ މީހަކު ޒަހަމްކޮށްލައިފި

19 އޮކްޓޯބަރ 2020

އަައްޑޫ ހިތަދޫގައި ރޭ ދަންވަރު ގުރޫޕްތަކެއްގެ މެދުގައި ހިންގި މާރާމާރީއެއްގައި ވަރަށް ބޮޑަށް މީހަކު ޒަހަމް ކޮށްލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަައްޑޫ ހިތަދޫގައި ރޭ ދަންވަރު ގުރޫޕްތަކެއްގެ މެދުގައި ހިންގި މާރާމާރީއެއްގައި ވަރަށް ބޮޑަށް މީހަކު ޒަހަމް ކޮށްލައިފި އެވެ.

އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ފަރުވާ ދެމުން އަންނަ އެ މީހާއާ ގުޅޭ މާރާމާރީ ހިންގި މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ ދަންވަރު 12:30 ގެ ފަހުން ކަަމަށާއި އޭނާ އަށް ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް ލިބުނު ގެއްލުމުގެ މާ ބޮޑު ތަފުސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ. އަނިޔާއާ ބެހޭ ތަފުސީލެއް އައްޑޫ ހޮސްޕިޓަލަކުން ވެސް އަދިއެއް ނުދެ އެވެ.

އެކަމަކު ބައެއް މީހުން ބުނާ ގޮތުގައި ކަތިވަޅިއެއް ކަހަލަ އެއްޗަކުން ދިން ހަމަލާގައި ޒަހަމްކޮށްލި އުމުރުން ގާތްގަނޑަކަށް 24 އަހަރުގެ އެ ޒުވާނާގެ ވާތުގެ ބައެއް އިނގިލިތައް ވެސް ވަނީ ބުރިކޮށްލައިފަ އެވެ. ހަށިގަނޑުގެ އެހެން ތަންތަނަށް ވެސް ހަމަލަދީފައިވާ ކަމަށް ވެ އެވެ.

ފުލުހުން ބުނިގޮތުގައި އެ މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ.